ހއ. ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲ.
20 ޖުލައި 2025 - 09:59
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު، ހއ. ތުރާކުނުގެ ކުރީގެ ކުޑަކަތީބު ސައީދު އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ.
ސައީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ކޮޗިންގަ އެވެ.
ތުރާކުނުގެ ކުޑަ ކަތީބެއްގެ ގޮތުގައި ދައުލަތަށް 20 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހިދުމަތްކުރައްވާފައިވެ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ހއ. ދިއްދޫގައި ހުރި އަތޮޅު ފިހާރައިގެ މެނޭޖަރުކަމާއި އުލިގަމު ކުޑަކަތީބުކަމުގެ އިތުރުން ވެސް ބައެއް މަގާމުތައް އަދާކުރައްވައިފަ އެވެ.
ސައީދު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ސައީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކުގަ އެވެ.
"ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހުސިއްޔަތެކެވެ،" ރައީސް ވިދާޅުވި އެވެ.
"މަރުހޫމްގެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫގގގހޖ
20 July 2025
މި ފެންނަނީ ދިވެހިންގެ އަޚުލާޤު ފާސިދު ވެފައިވާ މިންވަރު. ހިތާމައިގެ ވަގުތުވެސް ފުރައްސާރަޔާ ލަޢުނަތްދިނުން
ރަމަ
20 July 2025
މިދެން ޚަބަރަކަށްޖަހަންޖެހޭ ވަރުގެ މުހިންމު ޚަބަރެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.
ރަދިފްއޮފިޝަލް /
20 July 2025
ނޫނޭ ބްރަދާ ތި ވިސްނުން ވަރަށް ހަނި.އަދި ރަނގަޅުކޮށްލާ.ސައީދުގެ ބައްޕަގެ އިތުރުން މިކަން މުހިންމުވާ އަނެއް ސަބަބަކީ މަރްހޫމް ސައީދު އަބްދުއްﷲ އެއީ ދައުލަތަށް ދިގު މުއްދަތަކަށް ހިދްމަތްކުރި ބޭފުޅެއް.
އަލިދީދީ
20 July 2025
ދަޢުލަތުގެ ވަޒީރެއްގެ ބައްޕާފުޅު. ތުރާކުނުގެ ކުޑަކަތީބެއް ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއް. އަތޮޅު ފިހާރާގައި ވެސް މެނޭޖަރުކަން ކުރެއްވި. އަނެއްކާ އުލިގަމު ކުޑަކަތީބުކަންވެސް ކުރެއްވި. މިވަރުން ދެން ޚަބަރަކަށް ނުވަންޏާ ދެން ޚަބަރަކަށް ވަނީ ކިހާވަރެއް ވީމަތޯ؟ ރައީސުލްޖުމްހުރީއްޔާކަން ކުރެއްވީމަތަ؟ ލަދުވެސްނެތީ ދޯ. ބޮޑުވަރު
ވެންގަބޯ
20 July 2025
ދެން އަވަހަށް ރާއްޖެ ގެނެސް ގަލޮޅު ގަބުރުސްތާނުގައި ވަޅުލައްވާ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވުމަށް ވީހާ ވެސް ގިނައިން ހެޔޮ ދުޢާ ކުރައްވާށެވެ. آمیـــــــــــــن یارب العالمين
ދޮންތުއްކަލާ
20 July 2025
މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕާފުޅު، ގެ ފުރާނައަށް ސުވަރުގޭގެ އެންމެމަތީދަރަޖަ ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. މިނިސްޓަރު މުހައްމަދު ސައީދުއާއި އަދި މުޅި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.