ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ: ކުއްޖަކަށް އިހުމާލި ކަމުގެ ތުހުމަތުގައި އޭނާ ހޯދަން ވަނީ އިއުލާންކޮށްފައި. -- ފޮޓޯ | ޕޮލިސް
20 ޖުލައި 2025 - 11:35
ދަރިފުޅު އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލާގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
އެ މައްސަލާގައި ހޯދަން އިއުލާންކުރީ ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ 40، އެވެ. އޭނާ ހޯދަނީ، އެނގިފައިވާ ގޮތުގައި، ކުއްޖާއަށް އިހުމާލުވި މައްސަލައިގަ އެވެ.
މަސްތުވާތަކެތީގެ މިފަދަ ކޭސްތަކުގައި، އެ ކުއްޖާ ގިނަ ފަހަރަށް ދައުލަތަށް ނަގަ އެވެ. އާއިލާ އިން ޒިންމާ ނަގާނެ ބަޔަކު ތިބި ނަމަ އެ ބަޔަކާ ވެސް ހަވާލުކުރެ އެވެ.
ޝިފްޒާގެ ދަރިފުޅު ބަލަނީ ދައުލަތުން ކަމެއް ނުވަތަ އާއިލާއާ ހަވާލުކޮށްފައިވާ ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އޭނާ ހޯދަނީ ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝިފްޒާއަކީ ޑްރަގްސް ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ވިހާފައި ވަރަށް ގިނަ ފަހަރަށް އަމިއްލައަށް އެދިގެން ވެސް ދަރިފުޅު ދައުލަތާ ހަވާލުކުރެ އެވެ. މީގެ ކުރިން ވެސް މިފަދަ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިންމިމާ
20 July 2025
އައްޑޫ މީހުން މިފުރަ މާލެއިން ފައިބައިފިނަމަ އެއްކަލަަ ފުރަމާލެ ހުއްޓުމަކަށް އަންނާނެ. އޭރުން ތިބޭނެ ހަނާވެފައި. ހެ ހެ ހެ މީ ހަގީގަތް. އާބާދީ ބޮޑެތި ރަށްރަށުގެ މީހުން ހުރިހާ ކަމެއްގައި އުޅޭނެ. އެއީ ދުނިޔެ ދައްކާފައިވާ އަދި ދައްކަމުންދާ ހަގީގަތް. އެވަރު ނުވިސްނޭ މީހުން ކޮމެންޓް ކުރަނީ ހަސަދަ ވެރިކަމުން.
ފެއާރީ
20 July 2025
ތިބުނަނީ އައްޑޫއަށް މިކަހަލަ މީހުން ނިސްބަތްވާތީ ފަހުރުވެރިވެއޭތަ.. މަ ހަމަ އަޖައިބެގޭ!!
ޮެޮހަނާ
20 July 2025
ތި ކަހަލަ އައްޑޫ ބޭފުޅުން މާލެއިން ފާބައިފިނަމަ ފުރަމާލެ އިސާހިތަކު އަމާން ވެދާނެ. ހުރިހާ ކަމެއްގަ އުޅެން އަމިއްލަ ގޭގައި އޮވެބަލަ.
ރަދީފް ފޭންސް ފްރޮމް ހިތަދޫ
20 July 2025
ޔޭސް.ތިބުނީ ވަރަށް ގްރެވިޓީ ހުރި ވާހަކައެއް.މާލޭގެ ހާޑްވެއާ ވިޔަފާރި ، ޓެކްސްޓައިލް ، ފުޑް ބެވަރޭޖް ، ފެހުން ، ހެދިކާ، ބޭކަރީ ، ޓެކްސީ، ކިޔަވައިދިނުން ފަދަ ގިނަ ދާއިރާތައް އެއީ އައްޑު އަތޮޅު ރައްޔަތުން ޑޮމިނޭޓްކުރަމުން އަންނަ ވިޔަފާރިތައް.އައްޑޫގެ ރައްޔިތަކު ނޭއްގާނީ ކަމެއް ކުރާއިރަށް އެންމެންގެ ބޮލުގަ ތާކިހާ އެބަ އަޅުވާ.މިއަދު ހަބަރުތަކުން ވެސް މާލޭގެ 2 މީހެއްގ ވާހަކަ އެބަފެނޭ.ނަމަވެސް އެއީ މާލޭގެ ހުރިހާ މީހުންނަށް ބްލޭމްކުރަން ޖެހޭ ކަމެއް ނޫން.
ދަގަ
20 July 2025
އައްޑޫ މީހުން ދޭބަލަ އައްޑޫ އާރާސްތުކުރަން އެހެންވިއްޔާ. މާލޭ މީހުން ހަނާވެދާނެތީ ކީއްކުރަން ތި ތިބެނީ. ކަލޭމޭނާ ކޮން ... އެއް
ޜޯސް
21 July 2025
މާލެ ކުރީ ގައިވެސް އޮތް. މާލޭ މީހުން ނުދޭ އައްޑޫ އަކަށް މީހުން ބަލައެއް. ..
ފައިކޮ
20 July 2025
މީނަ ވިހާފަ ކުއްޖާ ބާއްވާފަ ހޮސްޕިޓަލުން ފިލީތަ ހޯދަނީމި.
ކަރުނޭޝާން
20 July 2025
ޔަގީނޭ މީ ތިއުޅޭ މާ އިނގޭ އަފީފު ދީދީ ގެ ތިމައިގެ ކުއްޖެއްކަން.
ހަލާކުުުުުުުުުުުުުުުުުުުުުުުުުުުުުުެ
20 July 2025
ނަމުގެ ކުރިއަށް އޮނަރަބަލް ލައިގެން އުޅޭ އަފީފު ދީދީ މި ކަމާއި ގުޅޭ ގޮތުން ހިޔާލު ފާޅުކޮއްލުމެއް ނެތްތޯ؟؟ ދެރަ ކަމެއް!!
ލެއްގިކޮމިޝަނަރ
20 July 2025
މީވެސް އޮނަރަބަލް އަފީފް ދީދީ އެބުނާ ކަހަލަ ތަހުޒީބު ހޭލުންތެރި އައްޑޫ މަންޖެއެއްދޯ؟ މުޅިމާލެތެރޭގަ މިކަހަލަ ކުށްކުށަށް އަރާގަންނަ އައްޑޫ މީހުނާހުރެ މަމެންގެ މާލޭގެ އަމަންއަމާންކަން އެބަގެއްލޭ. އޮނަރަބަލް އަފީފް ދީފީ މިކަންކަމަށް އަވަސް ހައްލެއް ހޯދާދީ، އައްޑޫ މީހުންގެ ކިބައިން މިފުރަމާލެ ސަލާމަތް ކޮށްދެއްވާ
ހަރީފާ
20 July 2025
ކަލޭތި މާރަންދޫ މީހެއް.ދެން ކޮން މާލެއެއް؟؟
އެކޮއި
20 July 2025
މި ޤައުމުގައި ފެނާއި ލޮނަށްވުރެ ޑްރަގްސް ގިނަވެއްޖެ. ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. ޅަދަރީން ތިޔަމަޅީގައި ބެދި ފިތިއްޖެ. ސަރުކާރުން އެޅޭނެ ފިޔަވަޅެއްނެތް. މަގުމަތިންވެސް ޑްރަގްސް ހޮވަނީ. ޒިންމާވާނެ މީހަކުނެތް. އެއީ ރާއްޖޭގައި އަމިއްލައަށް އުފެދޭއެއްޗެއްބާއޭ ހިތަށްއަރާވަރު ވެއްޖެ. ފުލުހުން އަތުލައިގަންނަ ޑްރަގްސް އެމީހުން ވިޔަފާރިއަށް ބޭނުންކުރާވާހަކައަކީ ހަމަ ހަޤީޤަތުގައިވެސް ތެދެއްބާއޭ ހިތަށްއަރާވަރު ވެއްޖެ.
މާމަފ
20 July 2025
މަންމަ ހޯދުމަކީ މިކަމަށް އޮތް ހައްލެއްނޫން. މަންމަ ހޯދާފަ މަަންމައަށް އެހީތެރިކަން ބޭނުންވާނަމަ އެ އެހީތެރިކަން ލިބޭނެ ފަސޭހަ ގޮތްތަކެއްވެސް ހުންނަންޖެހޭ. ގާނޫނީ ކުށެއް ކޮށްފައިވާނަމަ އެކަމަށް އަދަބުދެވޭނެ އިންސާފުވެރި ގޮތްތަކެއްވެސް ހުންނަންޖެހޭ. ދަރިފުޅަށާ މަންމައަށް މަސްތުވާތަކެތީގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމްވެސް ހަމަޖެހެންވާނެ. މަންމަ ހޯދާފަ ދައުވާއެއް ކޮށްފަ މަގުމައްޗަށް ދޫކޮށްލުން އިންސާފެއްނޫން
އަހުމަދު ނަޒްމީ
20 July 2025
ބޭކާރު ކޮމެންޓް
ށސ11
20 July 2025
ހައްދުޖަހއިގެން މައިތިރިވާނީ. އެއަށްފަހު ނަސޭހަތް