ހަސަން ޔާމީން
22 ޖުލައި 2025 - 18:24
މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ގެއިން ނުކުމެގެން ދިޔަ ގޮތަށް ގެއްލިފައިވާ ހަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާތަން ފެންނަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:24 ގައި ކަމަށެވެ.
ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ 14 ވަނަ ދުވަހު އެވެ. އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޔާމީން ގެއިން ނުކުމެގެން ދަނީ 11 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ބެލުމުގެ ތެރޭ، ޔާމީން ފުންމާލާ މަންޒަރު ފެނިފައި ވާތީ އެކަން އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަށް ލިބުނު މި މައުލޫމާތާ ގުޅިގެން، މެރިން ޕޮލިހާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑު ގުޅިގެން ހަސަން ޔާމީން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ މި މައްސަލައާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
24 July 2025
ސައްހަނޫންމައުލޫމާތު ނުފަތުރާށޭކިޔާފަ އިލުތިމާސްތައްކުރާއިރު ސައްހަނޫންމައުލޫމާތު ފެތުރުމަށް ފުރުސަތުދެނީ ފުލުހުންނޭއިނގޭތޯ، މިހެންމިބުނީ ފުލުހުންކުރާތަހުގީގެއްދުވަހަކުވެސް އެކަށީގެންވާ ސުޕީޑެއްގައިކުރިޔަށް ނުދާތީއާއި ސައްހަމައުލޫމޫތުހާމަކުރަންޖެހޭމީހުން އާދެ ފުލުހުންރައްޔިތުންނާ މައުލޫމާތު ހިއްސާނުކުރާތީ އެހެންދިދިމާއިން އެބަޔަކަށް ހީވާއެއްޗެއް ނުވަތަ މީހަކުބުނާ ހަބަރެއްފަތުރަނީ، ފުލުހުންގެޒިންމާ ރަނގަޅަށްއަދާކޮށްފަ އިލްތިމާސްކުރުންރީތިގޮތަކީދޯ
ހޮހޯ
23 July 2025
ފުލުހުނަކަށް ތިކަމެއް ނުބެލޭނެ، ގާބިލުކަމެއް ނެތް. މިފަދަ ބޮޑެތި މައްސަލަތައް ތަޙްޤީޤުކޮށް ޙައްލުކުރުމުގެ ޤާބިލުކަން ފުލުހުންގެ އިދާރާއަށް ލިބިފައިނުވޭ.
raajje
24 July 2025
ހޮހޯ: ތިޔަބުނާ ގާބިލިކަމެއްލިބުމާގާތައްވެސް ފުލުހުންމީންޒަމާނަކުވެސްނުދާނެ، ސަބަބަކީ ރަނގަޅަށް ތައުލީމީހަޔާތް ފުރިހަމަކުރާ މަދުކުށްޖަކުނޫނީ ފުލުހުންގެހިދުމަތަކާނުގުޅޭ، އެއްވެސް މާއްދާއަކުން ރަނގަޅަށްފާސްނުވެ ވަޒީފާއެއްނުލިބޭ ކުދިން ގިނައިން ފުލުހުންގެ ހިދުމަތާމިގުޅެނީ، އަދި އޮންނައުސޫލުގެބޭރުން ވަރަށް ފެންވަރުދަށް ތާކުންތާކުނުޖެހޭ ބޭނުމެއްނުހިފޭ ކުދިންނަށްވެސް ޕޮލިހުން ނުވަތަ ފުލުހުންގެ ތެރޭންވަޒީފާއެބަހަމަޖެހޭ ކޮންމެވެސްވެރިޔަކާގުޅައިގެން
ތިމާވެށި
23 July 2025
ނޫ ޔުނީފޯމް ކުދީންގެ ކޮމެންޓް ގިނަ ހެން ހީވެ އެވެ. ބޮޑު ގްރިޖް އެއް ނޫނެވެ. ބްރިޖް ބާރަށް ދުއްވާ މީހަކު ކެމެރާ އިން ބަލާ ނުހުއްޓުވެން ވީ އެއްވެސް ސަބަބެއް ނެތެ. ބްރިޖް އަށް އަރާ އިރު ލައިޓް ހުރެ އެވެ. ފައިބާ އިރު ޓްރެފިކް ލައިޓް ހުރެ އެވެ. ވަށައިގެން އޮތީ ކަނޑެވެ. ވީމާ ބާރަށް ދުއްވާ މީހުން ހުއްޓުވުމަކީ ފަސޭހަ ކަމެކެވެ. ބްރިޖް އިން ފުނަމާލާނަމަ އެކަން ވެސް ބެލުމަކީ އުނދަގޫކަމެއް ނޫނެވެ. މާބައިވަރު މީޙުން ދަން ވަރު ހިނގާފަ ބްރިޖް އަށް ނާރަ އެވެ.
ކާޖަލް
23 July 2025
އޭ ޔުމްނު ކޮބާތަ؟ ޝޮޕިންގ ގަ ތަ؟
ޝޮޕަރ
23 July 2025
ކަލޭ ހީކުރީ ތީ މާމަޖާވާހަކައެއް ކަމަށްދޯ؟
އަބްޑޫޅް +
24 July 2025
ޙޫމް، ޝޮޕަރ.
މަބަލްދީބް
24 July 2025
ހަމަ ވަރަށް މަޖާ. ޝޮފަރ އަށް މަޖާނުވިޔަސް އަހަރުންނަށް ހަމަ ވަރަށް މަޖާ.
ފުރޭތަ1
22 July 2025
މިޒަމާނުގަ އަބަދު ކެމެރާ އަށް ބަލަން އިންނާކަށް ނުޖެހޭނެ. އެކްސިޑެންޓެއް ނުވަތަ އާދަޔާ ޚިލާފު ކަމެއް ވެއްޖެނަމަ އެލާމް ދޭނެ ގޮތް ހެދޭނެ. ދެންވެސް ބުރިޖާ ހައިވޭ މޮނިޓަރިން ރަނގަޅު ކުރޭ
ލޮލްސް
23 July 2025
ރަނގަޅު ކުރަންވީ މިނިޓަރިން އެއްނޫން، ރަނގަޅު ކުރަންވީ ކުދިނގެ އަހްލާގް.
ރަނގަޅު
23 July 2025
ބުރިޖުގައި ސެކިއުރިޓީ ބަލަހައްޓާނެ މީހުން ތިބެންޖެހޭ.
ޑރ ވާންޗޯ
22 July 2025
ސުވާލަކީ އާއިލާދޫކޮށް ގެއިންނިކުމެގެންދާންޖެހުނީ ކޮންކަމެއް ދިމާވެގެންހޭ؟. އެއްވެސް އިންސާނަކު ހަމަހޭގައިހުރެ އަމިއްލަޔަކަށް މަރެއްނުވާނެ. މިބުނީކީނީ ބޮއެގެން ހަމަހޭނެތޭވާހަކައެއްނޫން، އެކަމަކު ދިމާވިހިއްދަތިކަމެއްގެ ސަބަބުން ބޯގޮވައިގެންވެސް މިފަދަކަންކަންހިނގާ. ފުރަތަމަ ތަހުގީގުކުރަންވީ މިކަން. ގޭތެރެއިން އޭނަޔަށް ދިމަވެދާނެކަންކަން.
ފަހި
22 July 2025
ބުރިޖުމަތީގެ ކެމެރާތައް ރަނގަޅަށް ބަލަންވެއްޖެ ޑިއުޓީ ބަހައިގެންވެސް
ކޮރަލް
22 July 2025
ބްރިޖް ގަ ހަރު ކޮށްފަ ހުންނަ ކެމެރާ ތައް ރަނގަޅަށް ބެލޭނަމަ ބާރަށް ދުއްވާ މީހުން ހޯދާ ހިފެހެއްޓޭނެ އެވެ. އަދި ދަންވަރު އެކަނި ބްރިޖް އަށް އަރާ ފައިބާ މީހުންވެސް އެނގޭނެ އެވެ. މާބޮޑު ބްރިޖް އެއް ނޫނެވެ.
ަސަށދދ
22 July 2025
ޢާއްމު ރައްޔިތުން ފަހަތުން ކުރާ ހުރިހާ ކަމެއް ބަލަމުން ދުވާކަށް ނުޖެހޭނެ. މީކީ ކުޑަކުދިންނެއްނޫނޭ
ދިވެހިންގެ ހާލު
22 July 2025
ދަންވަރު އެކަނި ބުރިޖަށް އެރުން މަނާވީތަ؟ އުސް އިމާރާތަކުން މީހަކު ފުންމާލައިފިއްޔާ، އިމާރާތުގެ ކުޑަ ދޮރު ލުން މަނާކޮށް، ނޫނީ އެންދާ ޖަހައި، މި ދެން އުޅޭ ގޮތެއް ނޫންދޯ.. މީހަކު ބުރިޖަށް އަރާހާ ފަހަރަކު އެ މީހަކު ފުލުން ޕޮލިހުން ދުވެ، ކޮންމެ މީހަކީ އަމިއްލައަށް މަރުވާން ބުރިޖަށް އަރާ މީހެއް ކަމަށް ބަލަން ވެއްޖިއްޔާ ނެތެއްނު ސަލާމަތެއް..
މާލު
23 July 2025
ފަރުދީ ޒިންމާތަކުން ެކި މުއައްސަސާތަކާ އެހެން މީހުންގެ ބޮލުގަ ޒިންމާތަށް އަޅުވާ ތަން މިފެންނަނީ، އިސްލާމީ އަގީދާ ވަރުގަދަކުރަންވީ، އަމިއްލަޔށް މަރުވުމަކީ ބޮޑުކުފުރެއްކަން ބުނެދެންވީ
ކޮރަލް
23 July 2025
ހިޔާ ފްލެޓް ހުރި ކުޑަ ތަންކޮޅުގަ އެތައް ސަތޭކަ ކެމެރާ އެއް ހުރި އިރު މާލޭގަ ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން އާދޭސް ކުރަމުން ގޭގެ އަށް ދާނެ އެވެ. ރަނގަޅަށް ހުރި ފުލުހުންގެ ކެމެރާ އެއް ނަމަ ސިޔާސީ ބޮޑު މީހެއްގެ ގޭގެ ދޮރާ ނޫނީ ގަރާޖާ ދިމާ އަށެވެ.
ބަބްސް
22 July 2025
" މެރިން ޕޮލިހާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑު ގުޅިގެން ހަސަން ޔާމީން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." .... އަދި މާއަވަސް ހޯދަން އުޅެން.
އިއްބެސެ
23 July 2025
ބަލަ މީހާ ގެއްލުނު ކަމަށް އާއިލާ އިން އެންގީމަ ތަހްގީގް ފެއްޓީ. ބުރިޖުން ފުންމާލިތަން ސީސީޓީވީން ފެނުނުނީމަ އެތަން ހޯދޭނީ. ދިވެހިން މިތިބެނީ ބޮލުރޮދި ގޮސްފައިހެން ހީވަނީ.
އެމީލިއޯ
22 July 2025
ފުލުހުންވެސް ވެއްޖެ ތިޔަ ބުރިޖް ޕުރޮއެކްޓިވް ކޮށް ބަލަހައްޓަން.
މުރާސިލް
22 July 2025
އިމާރާތަކުން މީހަކު ފުންމާލާއަށް އިމާރާތްތަށް ޕްރޮއެކްޓިވްކޮށް ބަލަހައްޓައި ހަދަންވެސް ވާނެ.. ބްރިޖު މިހާރުވެސް ބަލަހައްޓާ.. އާއްމު ކޮންމެ ރައްޔިތެއްގެ ފުލުގައި ޕޮލިހެއް ބަހައްޓައިގެން ނޫނީ، ނުވާނެ.. ސިޔާސަތު ހަދަން ވާނީ ގައުމުގައި އުޅޭ ހާހަކުން މީހަކަށް ވިސްނާފައެއް ނޫން..