ލ. މާވަށުގެ މަގެއް: މާވަށުގައި މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފައި.-- ފޮޓޯ: މިހާރު
28 ޖުލައި 2025 - 11:16
ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި އެވެ.
ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ.
ފުލުހުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުން ކަމަށެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "މިހާރު"އަށް ވިދާޅުވީ އެ ރަށުގެ ޒުވާނަކަށް ހަމަލާދިނީ ރަށުން ބޭރުން އައިސްގެން އުޅުނު އެހެން ރަށެއްގެ މީހެއް ކަމަށެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، ހަމަލާދިން ކަމަށް މިހާތަނަށް ބެލެވެނީ އެ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. ވަޅި ހެރީ އޭނާގެ ކަރަށެވެ.
"ޑޮކްޓަރުން މިހާރު ވަނީ ޑެތު ޑިކްލެއާ ކޮށްފައި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
މާވަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، މި ހަމަލާދިން މީހާއަކީ މަސްތުގެ މާހައުލުގައި އުޅޭ މީހެކެވެ. އަދި އޭނާއަކީ ދޭތެރެއަކުން އެ ރަށަށް ގޮސް އުޅޭ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
29 July 2025
ބަލިގަނޑު ހިލުނީ އުތަ.
raajje
28 July 2025
މިފަދަ އާޓިކަލްތަކަށް ފުލުހުންވެއްޖެދޯ ކޮންމެވެސްބޭނުމެއްހިފޭ މައުލޫމާތެއްދޭންދަސްކުރަން، މިއާޓިކަލްއަށް ބަލާއިރުވެސް ކައުންސިލްގެ ރައީސްގެވާހަކަ މާމުހިންމު ފުލުހުންބުނެފަވާ އެއްޗަކަށްވުރެން، މިފަދަ ހާދިސާތަކާގުޅިގެން ފުލުހުންގެ މިއޮންނަނީ ރެޑީމޭޑުޖަވާބެއް މީޑިއާއަށްދޭ، ތަހުގީގުދަނީކުރިޔަށް، ރިޕޯޓެއްލިބިފައިވޭ، މިފަދަހުރިހާއާޓިކަލްއަކަށްބަލާއިރުވެސް އެއްވެސްތާކުންތާކުޖެހޭ ވާހަކައެއްފުލުހުން މިފަދަ ހާދިސާތަކުގެ ދަނޑިވަޅުގައި ހާމަކޮށްފައިނުހުރޭ
raajje
28 July 2025
ހަމައިންނެއްޓޭމީހުނާ މިހެންއުޅޭއިރު ބައެއްފަހަރު އަޅުގަނޑާވެސްދިމާވޭ އަދި ބައެއްކަންކަމުގައި ދެބަސްވެ މިފަދަމީހުން ޒުވާބުވެސްކުރޭ، މިފަދަ ވަގުތުތަކުގައި އަޅުގަނޑު މައްސަލަހޫނެއްނުކުރަން، ހަމައިންނެއްޓިފަހުންނަމީހާގެ ހަރަކާތާކަންކަމަށްބަލާ ސަމާލުވެ އެވަގުތަށްމައްސަލަ ހައްލުކުރަން، އަދި އެޓޭކެއްދީފިނަމަ ދިފާއުވާނެގޮތް އަދި ރައްދުގައި ކަމެއްކުރަންޖެހިދާނެކަމަށްވެސް ވިސްނައިގެން ވާހަކަދަށްކަނީ! ޒުވާބުކޮށްގެން ގަދަވުމެއްނޫން މުހިންމީދޯ؟
މުޑަހަންޖާ
28 July 2025
ތިކަންކުރިމީހަކު ސަރީއަތުން ސާބިތުވެގެން ޖަލަށްލިއަސް އޭނަލާ ވޯޓުވެސް ގުނަން އެބަޖެހޭ އިންތިހާބުތަކުގަ ވެރިން ހޮވާއިރު. ދެން ގައުމަށްވާނެ ހައެތި ވަމުން މިދަނީ.
ހޮލޖބބހބ
28 July 2025
100% ތެދު
ކަނބިލި
28 July 2025
ކުއްވެރިންނަށް އަދަބުނުލިބޭ ގައުމެއް ވީމާ އެއްވެސް މީހަކު ޖެހިލުމެއް ނުވޭ ކޮންމެފަދަ ބޮޑު ޖަރީމާއެއް ވެސް ހިނަގާކަށް
ާސައްޔާރާ
28 July 2025
ޕޮލިސް ކަމިޝަނަރު އުޅުއްވަނީ މަގާމުގައި ހުރެވޭނީ ކިހިނެއްތޯ ބަލާ ޢޮފީހަށް ނުދާ އިންސްޕެކުޓަރު ރުއްސޭތޯ. ކޮންމެ ވީކެންޑެއްގަ ސީޕީ އާ ޑީސީ ފަރުހާދާ ، ޢޭނަގެ ބޯއިސް ގޮވައިގެން ރިސޯޓްތަކުން ބޮޑު އަގުގައި އެކަމަޑޭޝަން ހަމަޖައްސައިގެން ނާޗަރަންގީ ކުޅުމުގައި. ގައުމެއްނެތް.
ބިސްރިހަ
28 July 2025
ވަރަށް ކަންނެތް ފާޑު ޖަހަނީ.
ނޯގުޑް
28 July 2025
އިންސާފު ނުލިބޭ ތަނެއްގަ މިކަހަލަ ޖަރީމާ ހިންގާ ކަށް ބިރެއްނެތެއްނު. ގައުމީ ސަލާމް ކީމަ ނިމުނީ.
ސަލީމު އިދުރީސް
28 July 2025
ރައްތަކުގަ އެޖެއްޓުއް ބައިތިނައިގެން ޑުރަގު ވިއަފާރިކުރޭ! ފުލުހުންގެ ތެރެއިން ގިނަބައަކު މިކަމުގަ ބައިވެެރި ވާކަމައް ރައްޔިތުން ގަބޫލު ކުރަނީ މިކުދި ރައްތަކުގަ މިނިވަންމާއެކު އެކަން ކިކުރެވޭތިއާ ބޮޑެރި ކުއްތަކުގަ ފުލުހުން ކުރަނިކޮއް ފަޅާއަރާތި! މިވަގުތު ޑުރަގުގެ ވަބާގަ ނުޖެހޭ މަދުރަށެއް ހުއްޓަސް ހުރިހާ ރަށަކައް ފުލުހުންގެ ހިމަތް ދޭއިރު އެއްރައްވެސް ސަލާމަތް ނުވާނެ
789ސަލީމް
28 July 2025
ސަލީމް އިދުރީސް މިއީ ދިވެހި މާއްދާ ކިޔަވައިދިންއިރު، ކުލާހަށް ހާޒިރުނުވާ މީހެއްހެން ހާދަހީވޭ ފިލިޖެހުމާއި، ހަމައަށް އަކުރުތަށް ނުލިޔާތި އެކަން މި އެނގުނީ،، ދެން ވަރަށް ސަލާމް
ޛެޖސޖޖސ
28 July 2025
ނޫނޭ ދިވެހި ކުލާސް ހިންގަންވީ.
އެޗް އެމް
28 July 2025
ދެން އޮނާނީ އިންސާފު ހޯދަދިނުމަށް މުޒާހިކުރުމާއި އަޑުއުފުލުން. މަރުވިގޮތް ދެނެގަތުމަށް ޕޯސަޓަމޯޓަމް ހެދުން، ރައީސުގެ ތައުޒިޔާ، އަށްފަހު ކަށަކަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން. ތަހުގީގުން މަރުވިގޮތް ސާބިތުކުރުމާއި ހަމަލާދިން ފަރާތް ކަށަވަރު ކުރުމާއި ގަސްދުގަތޯ ނޫނީ އެކްސިޑެމްޓަލްތޯ ބެލުމާއި ހަމަލާދިންމީހާގެ ސިއްޚީ މިންގަޑު ހުރީ ކިހިނެތްތޯ ދިރާސާ ކުރުންފަދަ އަހަރުތަކަށް ދެމިގެންދާނެ ެއެތަކެއް ކަންކަން. މީގެ ކޭހަކަށް މިލިއަނުން ހަރަދުވޭ.