ޗައިނާއިން އައި ޓޫރިސްޓުންތަކަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމަށް ދިވެހި ސަގާފީ ހަރަކާތެއް ހުށަހަޅައިދެނީ.---ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 18:15
ޓޫރިޒަމް ދާއިރާ އަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ދީ އަދި އެ ދާއިރާ ކުރިއެރުވުމަށްޓަކައި އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީކޮށް، އެ ދާއިރާގެ ފެންވަރު ދަމަހައްޓައި އަދި އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތަކަށް ހޯދައިދިނުން ކަމަށެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ސިނާއަތު ތަރައްގީ ކުރުމަށް އިންވެސްޓް ކުރުމަކީ ވެސް ފަންޑުގެ މަގުސަދެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ:
1- ޓޫރިޒަމް މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާ އާއި އެ ނޫން ވެސް ފައިސާ.
2- ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާ.
3- ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ.
4- އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ.
ޓްރަސްޓް ފަންޑު ހިންގަން ހަތް މެމްބަރުންގެ ހާއްސަ ކޮމިޓީއެއް ވެސް އުފައްދަން ޖެހެ އެވެ. މިނިސްޓަރު އެ ކޮމިޓީ އެކުލަވައިލައްވަން ޖެހެނީ ހާއްސަ ދާއިރާތަކަކަށް އިސްކަން ދެއްވައިގެންނެވެ. އެއީ:
1- ރައީސް އޮފީސް.
2- ޓޫރިޒަމް މިނިސްޓްރީ.
3- ފިނޭންސް މިނިސްޓްރީ.
4- އިކޮނޮމިކް މިނިސްޓްރީ.
5- ބަންޑާރަ ނައިބުގެ އޮފީސް.
6- ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ.
7- ޓެކްސް އިދާރާ، މީރާ
އެ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް މިނިސްޓްރީންނެވެ. އެހެންވެ، ކޮމިޓީ އަށް ހާއްސަ ސެކްރެޓޭރިއޭޓެއް ޓޫރިޒަމް މިނިސްޓްރީން ގާއިމްކޮށްދޭން ޖެހެ އެވެ.
ފަސް އަހަރުގެ މުއްދަތަށް އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ޒިންމާތަކެއް ވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ. އޭގެ އިތުރުން ފަންޑަށް ޖަމާކުރާ ފައިސާ ހަރަދު ކުރަންޖެހޭ ގޮތް ގަވާއިދުގައި ހިމަނާފައި ވެ އެވެ. އެއީ:
1- ޓޫރިޒަމް ސިނާއަތް ތަރައްގީ ކުރުމުގެ ހަރަކާތްތަކަށް.
2- ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓް ކުރުން.
3- ޓޫރިޒަމް ދާއިރާގެ މީހުންގެ ގާބިލްކަން އިތުރު ކުރަން ތައުލީމާއި ތަމްރީނު ޕްރޮގްރާމް ހިންގުން.
4- އާންމު އިޖުތިމާއީ ފައިދާ ލިބޭ ހަރަކާތްތައް ހިންގުން.
5- ފަންޑު ބޭނުންކުރަން ޖެހޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން.
ގަވާއިދުގައިވާ ގޮތުުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސަށާއި ރައްޔިތުންގެ މަޖިލިހަށާއި ފިނޭންސް މިނިސްޓްރީ އަށާއި އޮޑިޓަ ޖެނެރަލަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅަން ޖެހެ އެވެ. އެ ފަރާތްތަކަށް އެ ރިޕޯޓުތައް ހުށަހަޅާތާ ދެ މަސް ދުވަހުގެ ތެރޭގައި ފަންޑު އޮޑިޓަ ޖެނެރަލް އޮޑިޓްކޮށް، އެ ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ވެސް ފޮނުވަން ވާނެ ކަމަށް ގަވާއިދުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒައީންަ
05 August 2025
ވިޔަފާރި ކުރަން ދަސްކޮށްދޭން ވެއްޖެއެއްނުން ދިވެހި ކިޔަވާ ކުދިންނަށް
ނޫރުﷲ އިސްމާއިލް
05 August 2025
މީ ރަނގަޅު ކަމެއް. މީގެ ސަބަބުން ހަމަ ގައިމުވެސް ޓޫރިޒަމަށް އިންވެސްޓް ކުރަން އެކި ފަރާތްތަކުން ބޭނުންވާނެ. ހިތް ޖެހޭނެ. ކުރާނެ. ރަށްރަށުގައި ޓޫރިޒަމް އިތުރަށް ކުރިއަރާނެ
ނިހާލް މުހައްމަދު
05 August 2025
ޓޫރިޒމް އެކި ގޮތްގޮތަށް ކުރިއަރުވަން މިސަރުކާރުން ކުރާ މަސައްކަތް ވަރަށް ރަނގަޅު
ރަނާވަތު
05 August 2025
ޢެންމެ ނިކަމެތިން ނަކީ ރިސޯޓް އޯނަރުން. ޢެމީހުންނަށް އެހީވާން ފަންޑެއް ހުޅުވިގެންދިއުމަކީ ނުހަނު އިފާވެރިކަމެއް
އޮނަރަބްލް އަފީފު ދީދީ
04 August 2025
މަތީގައި ދެންނެވިގޮތަށް ހަނިމާދޫ އާއި GAN International Airport ވެސް އަގު ނަގަން މާލޭސަރުކާރުން ޤާނޫނުގައި ހިމެނީ މާލެ ސަރަޙައްދުގައި ރިސޯޓް ހިންގާ ސައުދާޤަރުން ބޭނުން ވެގެން. އައްޑުއާއި ހަނިމާދޫ އެއަރޕޯޓްގައި އަޅުވާފައިވާ "މަރުތަޅު" ވަރުގަދަކޮށްލުމަށް މިފުރުސަތުގެ ބޭނުން ވެސް ކުރަންވެގެން. މިއީ ބޭރުގެ މަންޒިލްތަކުން ހަމިމާދުއާއި އައްޑުއަށް ކުރާ ދަތުރު ހުއްޓުވުމަށް ކުރިކަމެއް. މާލޭސަރުކާރުވެސް ބޭނުމެއްނުވޭ އައްޑުއަށް ޔޫއެލް ވެސް ދަތުރު ކުރަން.
އަލީމް.
04 August 2025
ހަތް މެންބަރުންގެ ކޮމިތީގައި ވިޔަފާރި ކުންފުންޏެއް ވެސް ބޭއްވުން ރަނގަޅު. ޝުޖާގެ އެޑަވަޓައިޒިން ކުންފުނި ތިކަމުގައި ބައިވެރިކޮށްލާ.
އޮނަރަބްލް އަފީފު ދީދީ
04 August 2025
ކަނަމަދެއްވަރުގެ ފައިސާކޮޅެއްދީފައި، ރައްޔިތުންގެ ފަޅުރަށްތަކުގެ މިލްކްވެރިކަން 99 އަހަރަށް ނަގައިގެންތިބެ އެތަންތަނުގެ ރޫމެއް ރެއަކަށް ފަންސަވީސް 30 ހާސް ޑޮލަރަށް ވިއްކާ ސައުދާޤަރުންގެ ވިޔަފާރި އިސްތިހާރު ކުރަން ދައުލަތަށްލިބޭ ޓެކްސް ފައިސާ އާއި އެކިއެކި ފަރާތްތަކުން ދައުލަތަށް ދެމުންގެންދާ އެހީތައް އެމީހުނަށް ޙަރަދުކުރާއިރު ހަނިމާދުއާއި އައްޑޫ GAN International Airport ގައި ސަރުކާރުން އަޅުވާފައިއޮތް މަރުތަޅު ވަރުގަދަކުރަނީ ކީއްވެގެންތޯ؟
އޮނަރަބްލް އަފީފު ދީދީ
04 August 2025
ރާއްޖެއިން ބޭރަށް ފުރާ މީހުންގެއަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީއާއި ޑިޕާޗަރޗާޖް އަދި އެއަރޕޯޓުގެ އެހެނިހެން ފީތަކަށް ނަގާ އަދަދު ބޮޑުކުރީ އެތައް ބިލިޔަން ޑޮލަރުގެ ލޯނުން ތަރައްޤީ ކުރަމުންދާ މާލޭ އެއަރޕޯޓަށް ހިގި ޚަރަދު ހޯދުމަށް. އެކަމަކު ވަކިން ތާރުގަނޑެއް އަޅާފައި އެއްލާލާފައި އޮތް އައްޑޫ ގޭން އެއަރޕޯޓުންވެސް އެ އަގުނަގާން ވަނީ ކަޑައަޅާ ގެޒަޓް ކޮށްފައި. މިއީތޯ ޓްއަރިޒަމް ޕްރޮމޯޓްކުރަން ކަންކުރާ ގޮތަކީ؟! ދުނިޔޭގެ ކޮން ޤައުމަކު އޮތްނަގޮތެއް މިއީ!
އެޗް އެމް
04 August 2025
ފަންޑު ނަގައި %10 ވަރު ހަރަދުކޮށްފަ ބާކީ އެތިކޮޅުން އެންޖޯއި ކުރަންވީ. އާއްމުކޮށް ފެންނަ ސުރުޚީތަކަށް ބަލާފަ ކަން ހިގާނެ ކަމަށް ލަފާ ކުރެވޭ ގޮތް މި ބުނެލީ.