ވިނަރެސް ޓަވަރެއްގައި އެޗްޑީސީން ހުޅުވި އާ އޮފީސް.--- ފޮޓޯ/އެޗްޑީސީ
05 އޯގަސްޓް 2025 - 15:05
އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން އެ މީހުންގެ މަގާމުގެ ޒިންމާތަކުން މިއަދުން ފެށިގެން އެކަހެރި ކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ފަސް ވެރިއަކު މިހާރު ވަނީ މަގާމުން އެކަހެރި ކޮށްފަ އެވެ.
އެ ކުންފުނީގެ އިސްވެރިއަކު މިއަދު ވިދާޅުވީ، ބައެއް ޕޯސްޓުތަކުގައި ތިބި މީހުން ޒިންމާތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
"އެކަމަކު އެއީ ސަސްޕެންޝަނެއް ނޫން. އެ މީހުންގެ އަތުން މަގާމު އަތުލާފައި ގެއަށް ފޮނުވާލީކީ ނޫން. ހަމައެކަނި ކުރި ކަމަކީ ޕޯސްޓުތަކުން އެކަހެރި ކޮށްލީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެ ފިޔަވަޅު އެޅި ސަބަބެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.
އެނގިފައިވާ ގޮތުގައި މަގާމުތަކުން އެކަހެރި ކުރި މީހުންގެ އެކްސެސްތައް ވެސް މިހާރު ވަނީ ކަނޑާލައިފަ އެވެ.
އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ޒިންމާތަކުން މި ވަގުތަށް އެކަހެރި ކުރިއިރު، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ގައި އައްޔަންކޮށްފަ އެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާރުޑީސީގައި ހަމަ އެ މަގާމު ފުރުއްވި މުހައްމަދު އަސްބާހު އަލީ ވަނީ މިދިޔަ އާދިއްތަ ދުވަހު އައްޔަންކޮށްފަ އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމު އެންމެ ފަހުން ފުރުއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 22 އިން ފެށިގެން މިދިޔަ މަހުގެ 30 އާ ހަމައަށް އޭނާ އެ މަގާމު ފުރުއްވި އެވެ.
މައުރޫފު މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ. އެކަމަކު، އޭނާ ނިންމަވައިގެން ހުރީ މި މަހުގެ 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުސަން
06 August 2025
ކުންފުނިތަށް ހިންގުމަކީ ތަނަކުން މީހަކު އެމްޑީކަމަށް ލެއްވުމެއްނޫން. ކުންފުނިތަށް ސުންނާފަތިނުވެ ހިންގޭނީ ކުންފުނިތަކުގެ ބެލެންސްޝީޓް ރީޑްކުރަންއިގޭ ތަޖްރިބާހުރި މެނެޖީރިއަލް ލެވެލްގެބަޔަކު ލެއްވިގެން. ދިވެހިގައުމު މިހާރުމިދަނީ ކޮންމެރައްޔިތަކުވެސްދެރަވެ ހިތާމަކުރަންޖެހޭ ދަރަޖައަށް.
އިތުރު
06 August 2025
ބުނާތީ އަޑުއިވޭ ތީގެން ސީނިއަރ އަަންހެން ކަނބަލެއްގެވެސް 4 އެޕާރޓްމަންޓް ހުޅުމާލެގަ ހުންނަވާހަކަ. މީގެ ކިތައްމީހުން އުޅޭބާ.
ވައްކަންކޮށްކޮށްކުރަލައިފި
06 August 2025
ގައުމުގަ ހުސްމުޅަ ވައްކަން ކޮށްކޮށް ގައުމު ފުޅައަޅައިފި. އެމްޑީޕީ ޕީޕީއެމް ޕީއެންސީ ކިޔާނެ ކަމެއް ނެތް. ރައްޔިތުން މިއަދު މިދެކޭ ތަދު މަޑުކަމުގެ އެންމެ ބޮޑު ހިއްސާދާރަކީ ވައްކަން. ދައުލަތުން ބޮޑެތި ޕްރޮޖެކްޓް ތަކަށް ނެގި ލޯނުތަކުގެ 50% އަށް އެލޯނުތަކުން އިމާރަތް ކުރި ހަރުމުދަލުގެ އަސްލު ވެލިއުއަށްވީމާ އިޤްތިސާދު ހީނަރު ނުވިއްޔާ ދެރަ.ބޭރު މީހުން މިޤައުމަށް މިހާރު ހަޖޫޖަހާ މީތެދުވާހަކަ މިތަންުގެ ހާލަތު ކުންފުނި ތަކުގެ ސްޓާފުން ގުނީލީމާ އިނގޭ
ކޮދު
06 August 2025
ތީވަރަށްރަގަޅު ނިންމުމެއް. ކުންފުނިތަކުގެ އިސްވެރިންގެގޮތުގައި ގިނަދުވަހުތިބުމަކީ ކޯޕޮރޭޓް އުސޫލާ ޚިލާފުކަމެއް. މަގާމުގެ ނުފޫޒާއި ނާޖާއިޒު މަންފާތަކައް މަގުފަހިވާކަމެއް. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ ޚިލާފުކަމެއް.
މުޅިްޤައުމު ހަލާކު
06 August 2025
ހުރިހާތަނެއް ސިޔާސީކޮށް ނިންމައިފި.މުލީ އެއަރޕޯޓްވެސް މަގާމުތަކަށް އިއުލާނުކޮށް ކުރިމަތިލި މީހުން ތިބިގޮތަށް ތިއްބާ ޕީއެންސީގެ އިސްކޮށް އުޅޭމީހާއާއި އެމީހާގެ އަންހެނުންގެ ފެމެލީމީހުންލާ ފުރާލައިފި. ނުވީތާކަށް ކައިރި ރަށްރަށުން އެމީހުންނަށް ސަޕޯޓުރުރާމީހުން ނުވެސް ދެނެހުރުތުއްބާ އެ ލިބުނީ ވަޒީފާ. ބަލަ މީ ޕާޓީގެ ވަޒީފާއެއްނޫނޭ. މީ ރައްޔަތުންގެ ފައިސާއޭ. ދެން އަންނަ ސަރުކާރަކުން އަލުނަްއިޢުލާނުކޮށް ޙައްޤުން އެ ލިބެންވާ ބަޔަކަށް އަލުން ވަޒީފާދިނުމަށް
ީޮެލކސ
06 August 2025
ޥަރަަަ ރަނގަލު ހަބަރު
ކަނޑިކި
06 August 2025
ތިވެސް މިހާރުދެން ފާޑެއްގެ ކުޅިވަރެއް. ދުވަހަކުވެސް ދަޢުވާއެއްކޮށް ޖަލައްލެވޭވަރެއްނުވޭ... ޑުރާމާކުޅެންތިބެނީ.. ސަސްޕެންޑުކޮށްލާނޭ އަނެއްކާ ވަޒީފާގެ ކުރިއެރުންދޭނެޔޭ...
ައަހުމަދު2
06 August 2025
ދައުލަތުގެ ހުރިހާ އެސް އޯ އީ (ކުންފުނި ) ތަކަކީ އޭރަކު އޮންނަ ސަރުކާރެއްގެ ކުޅެކުޅެން ގެންގުޅޭ ފުއްގަޑަކަށް ހަދައިފި ، ހުރިހާތަނެއް ސިޔާސީކޮށް މުޅިގައުމު ފަސާދަ ކޮށްފި
ޠުއިމަނކު
06 August 2025
މިލިޓަރީ މީހުން ހުރިހާ ކުންފުނިތައްހިންގަން ލައިގެން މިކަމެއްނުވާނެ. ކުންފުނި ހިންގުމުގެ ތަޖުރިބާހުރި ތަޢުލީމީ މީހުން ލާންޖެހޭނީ. ޕޮލިސް ނޫނީ އެމް. އެން. ޑީއެފް މީހުންނަށް ކުންފުނިތައް ހިންގަންވާގޮތައް ހިންގަން ނޭނގޭކަން މިހާރު ވަރަށް ސާފު. އަދި މިހާތަނަށްބއެދެވޭ ކުރިއެރުމެއް ގެނެވިފައެއް ނެތް އެެއްވެސް ކުންފުންޏަކަށް
ސަދޫމު ސިޓީ
06 August 2025
މިހާރު އެޗްޑީސީއަކީ އޭރަކުއޮންނަ ސަރުކާރަކުން މޮޑޭ ފުއްގަނޑަކައް ހަދައިފި ގިނަދުވަސް ވާ މުވައްޒަފުންގެވެސް އެތްވެސް ވަޒީފާގެ އުންމީދެއްނެތްތަނަކައްވެއްޖެ އޭރަކު އޮންނަ ސަރުކާރަކުން ބޭކާރު ހަރަދަު ކުރާތަނަކަށްވެއްޖެ ނާގާބިލު މީހުންލާ ރަނގަޅު މުވައްޒަފުންނައް ޖެއްސުންކުރާތަނަކައް ވެއްޖެ ރައީތުން އިތުބާރު ގެއްލޭ ތަނަކައްވެއްޖެ ކީއްކުރާނީ މިއޮތީ ގައުމެތް އެތްވެސް ހަމައެތް ލަމައެތްނެތް ހަމަ ވެރިމާހާ ހިތައްއެރި ގިތޮތެއް ހަދަންވީ
ޒައިކް23
06 August 2025
ތަނަށް މޫލާ ކަރަޕްޓް ހާއްޔަކަށް ވީމަ އެހެންވާނީ…ކިތަށް ލަގްޒަރީ އެޕާޓުމަންޓު އެބަހިރިބާ އެއިން ކޮންމެ މީހެއްގެ؟ ބައެއް މީހުން 2 ތަން އަނެއް ބަޔަކު 3 ނޫނީ 4 އެޕާޓުމަންޓު އަތްދަށު ލާފަ ހުރީ… މި ދެން ބޮޑުވަރު ދޯ