ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
06 އޯގަސްޓް 2025 - 10:48
ފެންނަމުން ދަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުހައްގު މުއްސަނދިކަން އެކި ފަށަލަތަކަށް ބަހައި، އާއިލާގެ މެމްބަރުންނަށް ވެސް އެ މުއްސަނދިކަން ފަތުރަމުންދާ ކަމަށެވެ.
މީރާގެ ގާނޫނަށް މިހާރު ގެންނަ އިސްލާހާ އެކު، މީރާގެ މެމްބަރުންގެ މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ގޮތަށް ފަހިވެފައި އޮތް ކަމީ ރަނގަޅެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، މުސްތަގިއްލު މަގާމުތަކުގައިި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހެޅުމަކީ މިހާރު ކުރަން ވެއްޖެ ކަމެކެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އަންނަ ބައެއް މައްސަލަތަކުން ވެސް ފާހަގަވަނީ ނުހައްގު މުއްސަނދިކަން ހޯދައި، އެޕާޓުމަންޓުތައް ގަނެ އެކި މީސްމީހުންގެ ނަންމަތީގައި ރަޖިސްޓަރީކޮށް، ފޮރުވާފައިވާ ތަން ކަމަށެވެ.
އެކަމަކު، މީރާގެ ގާނޫނަށް ގެންނަ އިސްލާހަކީ އެ ފަދަ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ.--- ނާޒިމް
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ. އޭގެ ތަފުސީލްތައް ބިލްގައި ވެ އެވެ.
ނާޒިމް ވިދާޅުވީ، މިދިޔަ ވެރިކަމުގެ ދުވަސްވަރު ފެނުނީ ދައުލަތަށް ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ ދެއްކުން ފަސްކޮށްދީ އަދި ޓެކްސް މާފުކޮށްދިނުމާއި ލުއިކޮށްދިން މަންޒަރު ކަމަށެވެ. އެއީ އިގުތިސާދު ރަނގަޅު ކުރަން އެޅި ފިޔަވަޅުތަކެއް ކަމަށް ވިޔަސް އެކަން ކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ. މިހާރު ވެސް ދައުލަތަށް ލިބެން އޮތް ވަރަށް ގިނަ އަދަދެެއްގެ ފައިސާ ވަނީ ލަސްކޮށްދީފައި، ފަސްކޮށްދީފައި، ލުއިގޮތަކަށް ދެއްކޭނެ ގޮތް ހަމަޖައްސައިދީފައި،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް މީރާގެ ގާނޫނަށް ގެންނަ އިސްލާހާ އެކު، އެފަދަ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއިއްޒު
06 August 2025
މަވައްކަންކުރީމަ އޯކޭ. އޭނަ ވައްކަންކުރީމަ ގޯސް. މީކޮންކަހަލަ ހަމައެއް? ވައްކަން ނުކޮށް މުއްސަނދިވި މީހަކު މިކަހަލަ ވާހަކަ ދެއްކިއްޔާ ބަލައިގަނެވިދާނެ. އެކަމަކު ވަގަކު ދެއްކީމަ ތަންކޮޅެއް އުނދަގޫ.
ހުދުގަމީސް
06 August 2025
ހުދުގަމީހެއް ލިޔަކަސް، ނުވާނޭ ކަށަވަރޭ މީހާ ހުދު ފޮއްޗަށް، ހައްޕުނޑު ރަތްކުލާގައި ހުންނަހާ ހިނދަކު.
ޑެބީ
06 August 2025
މިވަކި ކިހިނެއް މުއްސަނދިވި މީހެއް؟
ހެޕީ ކޮރަޕްސަން
06 August 2025
ބާރަށު ހެޕީ ބުރޯ އަށް ތިބުނި އެއްޗެއް އަޑުއިވުނު ބާ؟
ބުރުގާ
06 August 2025
ރައްޔިތުންގެ މަޖިލިހަކީ ކީއްކުރާތަނެއް؟
ސޮބީހާ
06 August 2025
ވަކީލުކުރަނީ މާތް ﷲ އަށް، އަހަރެން ހަމަގައިމުވެސް ނުހައްގު ފައިސާ މުދަލުގައި ނުޖެހެން ނުވެސް ޖެހޭނަ،
އާބަކުރު
06 August 2025
ހެޔޮނިޔަތެއް މިކަމުގެ ފަހަތުގައި އޮވެގެން، ކޮރަޕްޝަނާއި ނުޙައްގުން ހޯދާ ފައިސާއިން ލިބިފައިވާ ނުވަތަ ލިބޭ ތަނަވަސްކަން ނައްތާލުމަށް ޙަގީގީ މާނާގައި ކުރަމުންދާ މަސައްކަތެއްނަމަ މަރުޙަބާ ކިޔަން! މިރާއްޖެއިން ނުފެންނަކަމަކީ މިބުނާ ކޮރަޕްޝަނާއި ފަސާދައިން ދައުލަތް ދަވާލައިގެން އުޅޭ ފަރާތްތަކަށް ފިޔަވަޅު ނޭޅޭތަން! އެފަދަ ފަރާތްތަށް އަގުބޮޑެތި ބިންތަކާއި އަގުބޮޑެތި މުދާތަށް ހޯދައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިނިވަންކަމާއެކު އުދުހޭތަން ފެންނަނީ!
އަފްރާސިޔާބު
06 August 2025
މުސްތަގިއްލު މަގާމެއް އޮވޭތަ؟ އޮތްނަމަ އެމަގާމުގައި ހުރީ މިގައުމުގެ ވެރިމީހާ.
މަކަރުވެރި
06 August 2025
މިރަށުގަ ވެސް އެބައުޅޭ ނުހައްގުން ވާނުވާއެއް ނޭންގި މުއްސަނދިވެގެން އުޅޭ ސޮރެއް ލޯންޗުތަކާ ގެސްޓް ހައުސްތަކާ ފިހާރަތައް އިރުއަރާފަ އިރު އޮއްސޭއިރު ހީވަނީ މަތިންފަިބާފަ ހުންނަ އެއްޗެހިހެން އެގޮލާގެ މައިންބަފައިންވެސް ފިސާރެ ފަހުރުވެރިވެލާފަ ތިބެނީ އެކަމާ އާދައިގެ ވަޒީފާއެއްގަ އުޅުނު ސޮރެއް ލާރިހޯދީ ކޮންތާކުނަ ކަމެއްވެސް ނޭންގެ ލޮލް ވެދާނެ ކިއްލި ތެޅީކަމައްވެސް
ކުރަނގިދެ
06 August 2025
ގުދުކޮށް އޮންނަ މީހާއަށް ގުދޭ ބުނެ އޭނާއަށް މަލާތްމާތްކުރުމަކީ ހުތުރު ސިފައެއް. ނަމަވެސް އަދި އެއަށްވުރެ ހުތުރުކަންބޮޑު ޢަމަލަކީ، ހަތްގުދު އޮންނަ މީހާ އެއްގުދު އޮންނަ މީހާއަށް ގުދުމީހެއްކަމުގައި ބުނުން.