ޖޫރިމަނާ ބޮޑުކޮށް، ޓެކް ޖަލަށްލެވޭ ގޮތަށް ޓެކްސް ފައިސާ ހޯދަން މީރާ އަށް ބޮޑެތި ބާރުތަކެއް ދެނީ
05 އޯގަސްޓް 2025 - 11:16
ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ.
މިގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަދި ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ހަ މަސް ދުވަހާ ހަމައަށް ގޭބަންދުކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނައިފަ އެވެ.
އެ ބިލުގައިވާ ގޮތުން، މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން، މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފަ އެވެ.
މިގޮތުން، ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅައިފަ އެވެ.
މީރާ އިން ފޮނުވާ ނޯޓިސްތައް ރައްދުކުރުމުގައި މިހާރު ދިމާވާ ދަތިތައް ވެސް މި އިސްލާހުގެ ދަށުން ވަނީ ހައްލުކޮށްދީފަ އެވެ. މީރާއަށް ދީފައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެ ނޯޓިހެއް ނުވަތަ ލިޔުމެއް ފޮނުވާ ތާރީހުން ފެށިގެން، އެ ލިޔުން ފޮނުވާ ފަރާތަށް ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަމީނާ
07 August 2025
ހުރިހާ ވިޔަފާރިވެރިން ޓެކްސް ދެއްކުން ހުއްޓާލައިފިއްޔާ ވައްކަންކުރަން ދައުލަތުގަ ލާރިއެއް ނުހުންނާނެ.
އައްސަދު
06 August 2025
ރައްޔިތުންތަ? ނޫނީ ހަމަ އެންމެން ވެސް ތަ?
ކަޑަބޮއް ސައީދު
06 August 2025
ސަރުކާރު ކުންފުނި ތަކުން ނުދައްކާ ހުރި ފައިސާ ގެ ޓެކްސް ނުދައްކާގެން ޖަލަށް ލެވޭނެތަ؟ އަހުރެން ނުދައްކާ ހުރީ ހަމަ އެކަނި ސަރުކާރުން ނުދައްކާ ހުރި ފައިސާގެ ޓެކްސް.
ހަޔާތްކުޑަ
06 August 2025
ހެޕީ ބުރޯ މެން ނަށް ފުރަތަމަ އަދަބު ދީ!!!!. އަހަރުމެން ރައްޔިތުން ދައްކާ ޓެކުސް ފައިސާއަށް ހިޔާނަތް ތެރި ވީތީ. ލަދު ހަޔާތުގެ ކަންފުޅެއްވެސް މުއިއްޒާ މުއިއްޒު އައުވާނުންގެ ހަމަ ނެތީތަ؟
އުސްމާނުބެ
06 August 2025
އަދި ގިނަ ފަހަރު ތިބެނީ ތަންދޮރު ރަގަޅައް ނުދަންނަ ކުދިން ، އެމީހުންގެ ނަޒަރުގައި އާ ގަަވާއިދުގަ މިއޮތީ މިހެން ދެން އެހިސާބުން ނިމުނީ ހުރިހާކަމެއް ، ރައްޔިތު މީހާ ފެލާލާފައި ގޮސް ކާޑު ޖަހާލަފަ މަސައްކަތް ނިންމާފަ ގެޔައްދިޔާއިމަ ނިމުނީ ، މަސް ނިމޭއިރު މުސާރަ ޖަމާވާނެ އެއްކަލަ ފެލާލި ވިޔަފާރި ވެރިޔާ އެތައް ދުވަހަކު ބުރަ މަސައްކަތް ކޮންގެން ހޯދި ލާރި ކޮޅު ދިޔައީ ހަވަޔައް
ބީވާ
06 August 2025
ގާނޫނު ހެދިދާނެ، މިހާރުވެސް ގާނޫނު މަދެއް ނޫން. ތަންފީޒު ކުރެވޭ؟ ނުކުރެވޭނެ. އެތިބީ ރޯމާ ދުވާލު ދައުލަތުން ވައްކަން ކުރާ ބޮޑެތި ވަގުން. އެމީހުން ފަހާ ދުވިއްޔާ މާތާހިރެއްނު؟
ވަރަ
05 August 2025
ޓެކްސް ގާނޫނު އިސްލާހު ކުރާއިރު ދައުލަތުގެ ވެރިޔާއަށް ވެސް އެއްވެސް ފަރާތަކަށް ޓެކްސް މާފުނުކުރެވޭ ގޮތަށާއި ދައުލަތުން ވިޔަސް އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުންވެސް އެގްރީމަންޓުގައިވާ މުއްދަތަށް ހޯދާ ޚިދުމަތްތަކަށް ބަރާބަރަށް ފައިސާ ދެއްކުން. އެފައިސާ ނުދައްކައިފިނަމަ ޖިނާއީ ކުށަކަށް ހެދުން އަދި ކުންފުނީގެ ވެރިޔާއަށް 1 މަހާއި 3 މަހުގެ ޖަލުހުކުމް އައުމެވެ.
އެޅަބެއްޔާ
05 August 2025
ތިޔަ ބާރު ގެ ބޭނުން ހިފާނީ އާދައިގެ ނިކަމެތިން ނަށް
ބަލާވެރިކަން
05 August 2025
ފުރަތަމަ ދަޢުލަތް ލޫޓުވާލާ ސަރުކާރުގެ ވެރިންގެ މުދާ ދަޢުލަތައްނަގާބަލަ ވިޔަފާރިތަކަށް ނޮހޮރުއްޕާންނުކޮށް!
އަންދާ ޤާނޫނު
05 August 2025
އުޅެން ހެޔޮވާވަރު ގައުމެއްނޫން މީކީ މިހާރު.