އިކޮނޮމިކް މިނިސްޓަރު ސައީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު.
07 އޯގަސްޓް 2025 - 09:28
ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މި އުޅޭ މާލީ ދަތިކަމުގެ ޒިންމާ އިދިކޮޅު އެމްޑީޕީން ނަގަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ވިދާޅުވެފައިވާތީ، އެކަން ރައްޔިތުންނަށް ސާފުކޮށްދޭން، އެ ޕާޓީގެ ކަމާގުޅޭ ބޭފުޅުންނާ އެކު ބަހުސަކަށް ވަޑައިގަތުމުގެ ދައުވަތު ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަރުވައިފި އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދީ، ރައްޔިތުންގެ ޕްރެޝަރު ބޮޑުވާ ކޮންމެ ފަހަރަކު، އޮޅުވައިލުމުގެ ބޭނުމުގައި އެމްޑީޕީ ސަރުކާރާ ގުޅުވައި ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑު މިއަދުގެ އިކޮނޮމިކް މިނިސްޓަރަށް އަދި މާލީ ވަޒީރަށް މި ގޮވާލަނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ ފައިނޭންސް މިނިސްޓަރާ އެކީ ދަރަނީގެ ވާހަކަ ވަރަށް ރަނގަޅަށް ދައްކާލަން ވަޑައިގަންނަވާށޭ،" ފައްޔާޒް ވިދާޅުވި އެވެ.
"ކެރިވަޑައިގަންނަވާ ވަޑައިގަންނަވާށޭ، އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަރަނީގެ ވާހަކަ އަޅުގަނޑުމެން ދައްކާލަދޭނަމޭ."
ފައްޔާޒް ވިދާޅުވި ގޮތުގައި، ދަރަނީގެ އިތުރުން، އެމްޑީޕީގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ގެދޮރުވެރިކަމުގެ ވާހަކަތައް ވެސް މި ސަރުކާރުގެ ވަޒީރުންނާ އެކު ދައްކާލަން އެމްޑީޕީ އޮތީ ތައްޔާރަށެވެ.
އަދި މި ބަހުސަށް އެމްޑީޕީގެ ފަރާތުން ރަސްމީކޮށް ދައުވަތު އަރުވާނެ ކަމަށް ވެސް މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް މިފަދަ ދައުވަތެއް ދެއްވާފައިމިވަނީ، ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މިއުޅޭ ދަތި ހާލުގެ އެންމެ ބޮޑު ހިއްސާދާރަކީ އިދިކޮޅު އެމްޑީޕީ ކަމަށާއި އެ ޕާޓީގެ ވެރިކަން 2023 އަށް ނިންމައިލިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ސައީދު ވިދާޅުވެފައިވަނިކޮށެވެ.
"ރާއްޖެ 40 އަހަރުން އުފެއްދި ނޫނިއްޔާ 50 އަހަރުން އުފެއްދި ދަރަންޏަށް ވުރެ ބޮޑޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ [ސަރުކާރުގެ] ފަސް އަހަރުން އުފެއްދި ދަރަނި،" ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، އެ ވެރިކަން ނިންމައިލިއިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި ޔާމީންގެ ވެރިކަން 2018 އަށް ނިންމައިލިއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން ޑޮލަރު ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފަހު އަހަރު ނިންމައިލެެއްވީ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރުވައި އަދި ގާނޫނުގައި "ތަޅު އަޅުވައި" އިތުރަށް އެތައް ހާސް ޑޮލަރެއް ޗާޕްކޮށްގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުރޯ1
09 August 2025
ފަޔާމެން އެމްޑީޕީކުދިން ޖަރުމަނުން ޔަހޫދީން ގެނެސްގެން ކީއްތިކުރަނީ؟ ޔަހޫދީން ނުލާ ހަމައެއްވެސްކަމެއްހަމަނުވޭދޯ. މިހަރޫ އެޖަރުމަނު މީހުން ތިބީ އައްޑޫ މޭޔަރާ ބައްދަލުކުރަން ގޮސްސަ! ސަރުކާރަށް މިކަންތައް އިނގޭތާ؟
އައްބާސް
07 August 2025
ފައްޔާޒަކީ ފައިސާގެ ކަންކަމުގަ ބަހުސް ކުރެވޭނެ ފެންވަރެއް ހުރި މީހެއް ނޫން
ގުދޯ ގުދޯ ކިޔާފަ ނިދާމީހާ
07 August 2025
އެކަކީ ޤާނޫނީ ވަކީލެއް. އަނެކަކީ ރޫމް ބޯއި އެއް. ދެން އެ ދެވެރިންގެ މެދުގައި ޤައުމުގެ އިޤްތިޞާދާ ދަރަންޏާ ބެހޭ ގޮތުން ކުރާ ބަހުޘް އެއް ވަރަށް ފެންވަރުގަ ހުންނާނީ. އިޤްތިޞާދީ ދާއިރާއިން ތަޢުލީމު ހޯދައިގެންތިބި ދިވެހިންނަށް ކުރާ މަލާމާތެއް ހެން ހީވަނީ. ވާން ބޭނުންވަނީ ސިންގަޕޯރަކަށް ކަމުގައިވާނަމަ އެތަން ނަމޫނާ އަށް ބަލައިގެން މިނިިސްޓަރުންނާ އެފެންވަރުގަ ބޮޑު މުސާރާގަ މަޤާމުދޭ މީހުންނަކީ ޓެކްނޮކްރެޓްސް އަށް ވާންޖެހޭ. މިހާރުތިބީ ސަޅިބައިސާ ވަޒީރުން
ގޮނުއަނގަ
07 August 2025
ކޮންކަހަލަނބަހުސެއްތޯ ކުރަންޖެހެނީ. ބަހުސަކީ ކޯންޗެއްކަން ނޭނގި ބަހުސެއް ނުކުރެވޭނެ. ޙަޤީޤަތަކީ 50 އަހަރުން ނުކުރޭ ވަރުގެ ބޮޑު ދަރަނި ގަގާފައި ދައުލަތަށް ލިބެނުރި އެތައް ިލިޔަން ފައިސާއެއް އެމްޑީޕީ މެމްބަރުންނަށް މާފުކޮށްދިނީ ވެރިކަމުން ނިކުތުމުގެ އެންމެ ތިންދުބަހަށް ވުމުން. މިއަށްވުރެ ބޮޑު ޚިޔާނާތެއް ނޯންނާނެ. އަނގަ ނުތާހިރުވީމާ އަނގައިން ނުބައިވަސް ދުވާނީ.
ރާއްޖެ
07 August 2025
ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރުކަން 5 އަހަރު ނިމުނު އިރު 120 ބިލިޔަން ދަރަނި. މިތާގަ އެބައޮތްތަ މީހަކު ކަލޭމެންނާއި ބަހުސް ކުރަން ޖެހޭ ސަބަބެއް. ؟
ރައުސް މާލު
07 August 2025
ތި މީހުން ކޮމެންޓު ކުރުމުގެ ބަދަލުގައި ލާރި އެއް އޮތިއްޔާމޫ ދީ ދަރަނި ޚަލާސް ކުރެވޭތޯ ބަލާ ބަލަ
އަސަފަފަ
07 August 2025
މީހަކު ކުރި ސުވާލަކަށް ފައްޔާޒުއަށް ބުނެދޭކަށް ނޭނގުނު ޖީ.ޑީ.ޕީ އަކީ ކޮބާ ކަމެއް. އެވަރުގެ މީހުން މިއުޅެނީ. ސައީދު ދެންތީ ބަންކަރިން ހަދައިގެން 400 މިލިއަން ޑޮލަރު ވައްދަންކީ މީހަ. އެހެންވީމަ ދެމީހުންވެސް އެއްކަހަލަ ވިޔާ ނުދާ ދެމީހުން. ހެހެހެ
އަޖާއިބުގެ ޖަވާބު
07 August 2025
ފައްޔާޒަކީ އެ ފެންވަރު ހުރި މީހެއް ނޫން.
ޛޯޖޫ
07 August 2025
ފައްޔާޒު ދައުވަތު ދިނީ ކަލެއަކަށް ނޫން ސައީދުއަށް
ސަރީފާއްތަ
07 August 2025
ފައްޔާޒު މެން ގައުމުދޮވެލައގެން ދިޔައީމާ ވީގޮތްމީ. މިހާރު ތިބި ކެޔޮޅުން ގަދަކަން އެފެއްނަނީ.އަހަރެމެން މިތިބީ ގައުމުގެ ހާލަތު ރަގަޅުވާން ތަން ބަލަން ކެއްތެރިކަމާއިއެކު. 2027 ގައި ބޭރުގެ ދަރަނި ދެއްކިގެން ގައުމަށް ހަމަޖެހުމެއްލިބި އުދުއްސައިގަނެވޭނީ.
ދޯޖު
07 August 2025
ކެތްކޮއްކެން އޮވޭ ވާކަމެއް ހަރާން
އަންތަރީސް999
07 August 2025
މީގެން މި އެނގެނީ ޔާމިން އިރުގަވެސް އިގްތިޞާދީ ކަންކަން ނިންމީ މީނަ ނޫންކަން.