އިކޮނޮމިކް މިނިސްޓަރު ސައީދު
05 އޯގަސްޓް 2025 - 19:45
ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މިއުޅޭ ދަތި ހާލުގެ އެންމެ ބޮޑު ހިއްސާދާރަކީ އިދިކޮޅު އެމްޑީޕީ ކަމަށާއި އެ ޕާޓީގެ ވެރިކަން 2023 އަށް ނިންމައިލިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
"ރާއްޖެ 40 އަހަރުން އުފެއްދި ނޫނިއްޔާ 50 އަހަރުން އުފެއްދި ދަރަންޏަށް ވުރެ ބޮޑޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ [ސަރުކާރުގެ] ފަސް އަހަރުން އުފެއްދި ދަރަނި،" ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، އެ ވެރިކަން ނިންމައިލިއިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި ޔާމީންގެ ވެރިކަން 2018 އަށް ނިންމައިލިއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން ޑޮލަރު ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފަހު އަހަރު ނިންމައިލެެއްވީ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރުވައި އަދި ގާނޫނުގައި "ތަޅު އަޅުވައި" އިތުރަށް އެތައް ހާސް ޑޮލަރެއް ޗާޕްކޮށްގެން ކަމަށެވެ.
"މާނައަކީ ޗާޕްކޮށްގެން ފައިސާ މާކެޓަށް ނެރުނީމާ ރުފިޔާގެ އަގު އިންތިހާ އަށް ބަލިކަށިވެގެން ދިޔައީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވިިގޮތުގައި ޑިސެމްބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް 9.1 ބިލިއަން ރުފިޔާ ދޭން ޖެހިފައި ހުއްޓެވެ. އޭގެ ތެރޭގައި އާރުޑީސީ އާއި ފެނަކަ އާއި އައިއޭއެސް އާއި އެމްޓީސީސީ އަދި މިފްކޯ ފަދަ ކުންފުނިތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މިދިޔަ 40 އަހަރު ވެސް ދަރަނިވެރި ނުވާ ވަރަށް ސަރުކާރުގެ ހިންގުމަށް ދަރަނިވެރި ކުރުވުން ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚަރާބު
07 August 2025
އެއްބަސް. އެމް.ޑީ.ޕީ ވެރިކަމަށް އައިސް މުޅި ޤައުމު ފުނޑާލީ. ދެން ދުވަހަކުވެސް ވެރިކަން ދޭން ޙައްޤު ބައެއް ނޫން ތި އެމް.ޑީ.ޕީ އަކީ. ހުސް ،،. ރަޢީސް ނަޝީދު ނޫނީ ރައްޔިތުން ދެކެ ލޯބިން ތި އެމް.ޑީ.ޕީގަ ކަމެއް ކޮށްދިން އެކަކުވެސް ނެތް.
ގޮނުއަނގަ
06 August 2025
ސައީދު ތިޔަވާހަކަ ދެއްކުމް މިހާރު ކަމަކުނުދޭ. ތިޔަފައިސާ ދައްކަންނޫންތަ ޓެކްސްތައް ބޮޑުކުރި. ޓެކްސް ބޮޑުކޮށްގެން ލިބޭ އާމްދަނީއަށް ހިތަށް އެރި ވަރެއްގެ މުސާރަ ދީގެން ބޭކާރުނމީހުންނަށް ވަޒީފާ ދޭތަން ފެންނަނީ. ޢެކަމަކު ވަޒީފާ ދިނުމަކީ ސައީދު ކަމެއްނޫންކަންވެސް އެނގޭ
ޓިނު
06 August 2025
ތިމަންނަމެންނަށް ވާނެޔޭކިޔާފަ ކެޑިހާ ފޮނިކޮބާ. ދެންވެސް ނުވިއޭ ބުނެފަދާންވީނު
އަހުސަން
06 August 2025
ރާއްޖެއަށްކުރިމަތިވެގެންއުޅޭ ހާލަތަކީ ނުލިބޭއެއްޗެއް މިސަރުކާރުން ޚަރަދުކުރާތީ. ބޭކާރުމީހުންނަށް ވަޒީފާދިނުމާއި ސަރުކާރުން އިސްރާފުކުރުން ހުއްޓާނުލާ މަތިފަޑީގައިތިބި މީހުންނަށް ފައިސާއަކީ ކިހިނެއްވާއެއްޗެއްކަން ކުޑަކޮށްވެސްނޭގުން.
ވޯޓަރމެލަން
06 August 2025
ކީއްކުރާނީ..މާތްރަސްކަލާނގެ މީނާޔައް އެބައޮތް ބޮޑުއަނގައެއް ދެއްވާފަ.މުޅިހަޔާތް އެދުއްވާލަނީ އަނގައިން.
އެދުވަސް
06 August 2025
ކުރީ ސަރުކާރު ... ކުރީ ސަރުކާރު ... ކުރީ ސަރުކާރު ... ކުރީ ސަރުކާރު ...
ތަޅޭ
06 August 2025
ކުރިމަތިވެގެން އުޅޭ ހާލަތުގެ ހިއްސާދާރަކީ ރަނގަޅު ވާހަކައަކަށް ވެދާނެ! އޭގެ މާނައަކީ ސަރުކާރުގެ ހިއްސާއަކީ %99 އޭ! އެމް.ޑީ.ޕީ.ގެ ހިއްސާއަކީ %1 އޭ! ފިފްޓީ ފިފްޓީއެއްނުވާނެ މިހާރު އޮތް ސަރުކާރުގެ ހިއްސާ ކޮންމެގޮތެއްވިޔަސް ބޮޑުވާނީ ސަޢީދު ވާހަކަފުޅު ދައްކާއިރު "ތިންކް ޓްވައިސް" މިހެން މިބުނީ ފިނިފެންމަލޭ ކިޔައިގެންވެސް ވާހަކަ ދައްކާފައޮތީމަ! އަނެއްކޮޅުން ރޭރުވެގެން މީހުންދައްކާކަހަލަ ވާހަކަ މިނިސްޓަރުންގެ ތެރެއިން އެންމެ ގިނައިން ދައްކަވަނީ ސަޢީދު!
ފޫހި
06 August 2025
ބަލަ އެމްޑީޕީ ދުރައްލީ ކަލޭމެންނަށް ވާނޭ ކިޔައިގެން ރައްޔިތުންގާތު އާދޭސްކުރީމައޭ. ސަޢީދުހާ ނާޤާބިލު އިކޮނޮމިކް މިނިސްޓަރެއްނާދޭ. ތިޔަހެން ތިއްބާ ބިދޭސީން ކުދި ހުރިހާ ވިޔަފާރިއެއް އަތުލައިފި. ޑޮލަރު ހެދިބޮޑުވެ އުފުލެމުންގޮސް ނިކަމެތިންނަށް އަތްނުލެވޭ އެއްޗަކަށްވެއްޖެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ.
ތަކުރު ބޮންދު
06 August 2025
ކޮބަާ ސޮރާ 400 މިލިޔަން ޑޮލަރު އިހަވަން ދިއްޕޮޅު ނަކަސް ތިތަޅަނީ ބޭކަރު ވާހަކަ.....
ސިޔާތު
06 August 2025
ރާއްޖެއަށް ދިމާވެފަ އޮތީ ހަމަ އެންމެ ހާލަތެއް. އެއީ ސިޔާސީދާއިރާގައި މާބޮޑަށްވެސް ވަގުން ގިނަވުން.