ޚަބަރު / ލ. މާވަށް

އޮޓޮޕްސީ ހަދަން މޫސަގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

މާވަށުގައި މަރާލި މޫސަ: އޭނާގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހީމް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި.

މިދިޔަ މަހުގެ 28 ގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމް ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް އިއްޔެ ފޮނުވާލައިފި އެވެ.

މޫސަ 29، ގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފޮނުވީ އޭނާ މަރާލިތާ 10 ދުވަސް ފަހުންނެވެ.

މޫސައަށް ހަމަލާދިނީ އެ ރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. އެ ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު އަތުގައި އޮތް ވަޅި ނަގައި މޫސައަށް ހަމަލާދިނީ ކަމަށް މާވަށު ބައެއް މީހުން ބުންޏެވެ.

އެ ހަމަލާއާ ގުޅިގެން ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ހަމަ އެ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.

މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

މާވަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މި މަރާ ގުޅިފައި ވަނީ މަސްތުވާތަކެއްޗެވެ. ދެ މީހުންގެ ޒުވާބު އަޑު އިވުނު ބައެއް މީހުން ބުނާ ގޮތުގައި، މައްސަލަ އުފެދުނީ މޫސަގެ އަތުން ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދިނުމާއި ވައްކަމުގެ ތުހުމަތު މުހައްމަދަށް ކުރުމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.

14 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިޒްނަސް

07 August 2025

މިގައުމުގަ މީހުން މެރުން ގިނަވީ ވަރަކަށް އިންޑިއާއަށް ހުރިހާ ފައިދާއެއް.

The name is already taken The name is available. Register?

ދސޗދސ

07 August 2025

އެންމެންގެ ކުރިމަތީގައި ކަރަށް ވަޅި ޖަހާ މަރާލީ. ޤާތިލު އަމިއްލައަށް ފުލުހަށް ގޮސް ހަވާލުވީ. ކޯޓުގައި ކުށަށް އިޢުތިރާފު ވެއްޖެ.... ދެން ކޮން ކަމެއް ސާބިތު ކުރަންބާ މި ޕޯސްޓްމޯޓަން މިހަދަނީ... އެމީހާ މަރުވިތޯ ބަލަންބާ؟ ނޫނީ ބަޔަކަށް މަންފާއެއް ހޯދަދޭންބާ؟

The name is already taken The name is available. Register?

ވެންގަބޯ

07 August 2025

ޕޯސްޓްމޯޓަމް ކަޓުނަގައިގެން ކުރާ ބިޒުނަސްއަކަށްވެއްޖެހެން ހީވަނީ ދޯ ތިހަދާގެން ލިބުނު ކުރިއެރުމެއް ރައްޔިތުންމަށް ބުނެދީބަލާށެވެ މައްޔިގެ ހަށިގަނޑަށް ގެއްލުން ދިނުމަކީ އިސްލާމް ދީނުގައި ނަހީކުރާކަމެއް ވީމާ ދިވެހިރާއްޖޭގައި އެންމެ މަރުވާ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަން ފަށަންވީއެވެ ބޭކާރުގޮތުގައި ފައިސާ ހޭދަ ކުރުން ހުއްޓާލާ ޕޯސްޓްމޯޓަމް މުންލިބޭކުރި ކުރިއެރުމެއް ނެތް ފެން ކޮންކަމެއްތޯއެވެ ތީ އާއިލާއިން މިކަމާއިންކާރު ކުރޭ

The name is already taken The name is available. Register?

އެޗް އެމް

07 August 2025

އޮޓޮޕްސީގެ ބައެއް ފައިދާ: އެހެދުމަށް އަހަރީ ބަޖެޓެއް ލިބުން. ހަދާ ހޮސްޕިޓަލަކަށް ފައިސާ ލިބުން. އެތަނުގެ ކިޔަވާ ކުދިންނަށާއި ސާޖަނުންނަށް އިތުރު ތަޖުރިބާ އާއި އޮންދަ ޓޭބަލް ދިރާސާ ކުރުމުގެ ފުރުސަތު ފަހިވުން ފަދަ އެތައްކަމެއް. މިއީރާއްޖޭގެ ކޭސްތަކުގެ ނަތީޖާތަކަށް މިހާތަނަށް ބަލާނަމަ ފެންނަ ގޮތް.

The name is already taken The name is available. Register?

އަބްޑޫޅް +

07 August 2025

އެކަން ކުރުމުގެ ގާބިލުކަން ކެލޭމެންގެ ދަހަކުތަރުންގައި އަދިވެސް ނެތީތަ؟ ތިޔަ ކިޔަވަނީ ކޯންޗެއް؟ ނަކަސް ދޯ؟

The name is already taken The name is available. Register?

ލުބްލާ2025

07 August 2025

އެންމެންގެ ކުރިމަތީގަ ކަރަށް ވަޅިހަރައިގެން މަރުވި މީހެއްގެ އޮޓޮޕްސީ ހެދީމަ ކޮންކަމެއް ހާސިލު ވަނީ؟ ކޮބާ އެންޑް ރިޒަލްޓަކީ؟

The name is already taken The name is available. Register?

މހއމ

07 August 2025

މަރުވީ ކަރަށް ވަޅި ޖަހައިގެން ކަން ޔަގީން ވާނެ.

The name is already taken The name is available. Register?

ހައްޖަ.

07 August 2025

ތއެއްޗެއް ހަދައިގެންވެސް ވަަނެ ކަމެއް ހަރާން.ކަންދައްކަން ކުރާކަން ތައް ތިވާނީ ޕާރޓީ މީހަކައް އެހެންވެ ފަސްއަޅަާ ފޮރުވަން އެ އުލެނީ. ކޮބާ މިހާރު ވެއްޓިދާނެ ވެއްޓިދާނެ. ގާދޫ ކޮލުން ހިގއްޖެ.

The name is already taken The name is available. Register?

އަބުދުބެއްޔާ

07 August 2025

ހަމަލާ ދިން މީހާ އޮތީ އެއްބަސްވެފަ، ދެން ކޮން ބޭކާރު ޚަރަދު ތަކެއް ކުރަންތޯ ތި އުޅެނީ.

The name is already taken The name is available. Register?

ދިމްޔާ

07 August 2025

އާޓް ދައްކަނީ. ވޭސްޓް އޮފް ޓައިމް.

The name is already taken The name is available. Register?

ފުލުސް

07 August 2025

ވަޅި ހޯދީއަކީ އެއް ނޫން. ވަޅި އެއްލާލި މީހާ ވަޅި ދެއްކީ ފުލުހުންނަށް

The name is already taken The name is available. Register?

raajje

07 August 2025

އޮޓޮޕުސީއާ ޕޯސްޓުމޯޓަމް އެދުންވެސް ބަޔަކު ކަޓުނަގައިގެން ކުރާ ބިޒުނަސްއަކަށްވެއްޖެހެން ހާދަހާހީވެޔޭ، ބޮލުގަޖަހާ ފަޅާލައިގެން މަރުވެފައޮންނަމީހާގެވެސް ޕޯސްޓުމޯޓަމް އެބަހަދާ ގާތިލުންނުވެސްހޯދޭ، ކަރަށްވަޅިހަރާމަރާލިމީހާގެވެސް އޮޓޮޕުސީމިހެދީ ކޮބާބޭނުމަކީ؟ ކޮންކަމެއްސާފުކުރަން؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454