ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ފްލެޓްތައް-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އޯގަސްޓް 2025 - 12:49
ގެދޮރުވެރިޔާގެ ސްކީމްގެ ފްލެޓްތަކާ ގުޅޭގޮތުން ސްކޭމްގެ މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ހޯދަން ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރިހާ ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށާއި އެ ސްކީމަށް ބޭނުންވާ ފޯމު ވެސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކަކާއެކު ސްކޭމް މެސެޖެއް ފޮނުވަމުންދާ ކަމަށެވެ.
އެއީ ސައްހަ މެސެޖަކަށް ނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ލިބޭ މީހުންނާއެކު މިހާރު އަންނަނީ އެގްރިމެންޓުގައި ސޮއިކުރަމުންނެވެ.
އެ ސްކީމަށް ކުރިމަތިލާން އެންމެ ފުރަތަމަ 2023 ވަނަ އަހަރު ސަރުކާރުން ހުޅުވާލުމުން 21،000 އަށްވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ނަމަވެސް، އޭގެ ތެރެއިން، މިހާރު އިމާރާތްކޮށްފައިވާ ފްލެޓުގެ އެގްރިމެންޓުގައި ސޮއިކުރަން އަންގާފައިވަނީ 2،665 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 August 2025
ވަންނާނެ ތަނެއް ނެތްކަމަށް ބުނެ ދޮގާއި މަކަރާއި ހީލަތް ހަދައިގެން ފުލެޓް ހޯދުމަށް ފަހު ތަނުގެ އަގު އަދާކުރަން އިންސްޓޯލް މަންޓް އުސޫލުން މަހުން މަހަށް ދައްކާން ޖެހޭ ފައިސާ ނުދައްކާ އެތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދީގެން އެފައިސާ ކ.މާލޭ މީހުން ކަމުން ގެންދާއިރު އެކަން ސްކޭމަކަށް ނުވަނީ އެމީ މާތްވެގެންވާ މުޤައްދަސް ރަށްކުޅޮގެ ބިންވެރިންނަށް ވާތީތޯ؟! އެމީހުން ކުރާ ކަންތަކާއި ތިޔަ ސްކޭމް ހިންގާ މީހުން ކުރާ ކަންތަކާއި މާކަ ބޮޑު ތަފާތެއް ނެތް.
ބަބޫ
07 August 2025
ސްކޭމްވެސް ހިންގާނެތާދޯ 2 އަހަރު ވަންދެން ބަޔަކު ވާނުވާގަ ބައިތިއްބާފައި މިހާރުވެސް ކަންތައް އެކުރަނީ ދެފުއް ފެންނަ ގޮތަކަށް ނޫން ވިއްޔާ. ކެތް މަދުވެފަ ތިބި ބަޔަކު ކިރިޔާ މެސްޖެއް އަޔަސް އެޔަށް ފިތާނެތާދޯ.
ކޮރަލް
07 August 2025
އެކަން ކުރާ މީހާ އެނގުނަސް އެފައިސާ ނެގި މީހާ އެނގުނަސް ފުލުހުންނަށް ކުރެވޭ ކަމެއް ނެތެވެ. ހަމަ އެކަނި ބަޔާން ތަކެކެވެ.ސްކޭމް އެބަ ކުރެ އެވެ . ސަމާލް ވާށެވެ. ވައްކަން އެބަ ކުރެ އެވެ. ސަމާލް ވާށެވެ. މިކިއޭ އެއްޗެއް އެނގޭ ހެއްޔެވެ؟ 1 ކިލޯމީޓަރުގެ މާލޭގަ މަގުމަތި ބަލާލެވޭ ވަރާ ގާތަށް ވެސް ކެމެރާ އެއް ނެތެވެ. ފުލުހުން ޔުނީފޯމްގަ ސިނގިރޭޓް ބުއިން ހުއްޓާލަން ޖެހެ އެވެ. އާއްމުން ކުރިމަތީ ޓިކްޓޮކް ބެލުން ހުއްޓަލަން ޖެހެ އެވެ.