އިނގިރޭސި އެކްޓްރެސް އެމާ ތޮމްޕްސަން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް.
10 އޯގަސްޓް 2025 - 11:42
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާ ގާތުގައި ރައްޓެހިވާން އެހި ކަމަށް އިނގިރޭސި އެކްޓްރެސް އެމާ ތޮމްޕްސަން ބުނެފި އެވެ.
ސްވިޒަލޭންޑުގައި މިހާރު ކުރިއަށް ގެންދާ ލޮކާނޯ ފިލްމް ފެސްޓިވަލުގެ އިވެންޓަކަށް ދިން އިންޓަވިއުއެއްގައި 66 އަހަރުގެ އެމާ ވަނީ އޭނާގެ ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.
އެމާ ބުނީ ޓްރަމްޕުގެ ކޯލެއް އޭނާއަށް ލިބުނީ 1998 ވަނަ އަހަރު ނުކުތް އޭނާގެ ސިޔާސީ ފިލްމު "ޕްރައިމަރީ ކަލާސް"ގެ ޝޫޓިންގައި އުޅުނު ދުވަސްވަރު ކަމަށެވެ.
ފޯނަށް ގުޅައި، އެއީ ޑޮނާލްޑް ޓްރަމްޕް ކަމަށް ބުނެ އަދި އޭނާއާއެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށް ދައުވަތު ދިން ކަމަށް ވެސް އެމާ ބުންޏެވެ.
އެ ދައުވަތު ދިނުމުން އުފާކުރާ ކަމަށާއި އޭނާއަށް ޝުކުރު އަދާކޮށް، ފަހުން ޖަވާބެއް ދޭނެ ކަމަށް އެމާ ބުންޏެވެ.
އެއީ ޓްރަމްޕް އޭނާގެ ދެވަނަ އަނބިމީހާ މާލާ މެޕްލްސް ވަރިކުރަން އުޅުނު ދުވަސްވަރެވެ.
"އަހަންނަށް ޑޮނާލްޑް ޓްރަމްޕާއެކު ޑޭޓަކަށް ދެވުނީސް. އެ ދުވަހު ދިޔަ ނަމަ މިއަދު އެމެރިކާގެ ތާރީޚު ބަދަލުކޮށްލެވުނީސް،" އެމާ ބުންޏެވެ.
ޓްރަމްޕް މިހާރު ކައިވެނިކޮށްގެން އުޅެނީ މިލޭނިއާ ޓްރަމްޕްއާ އެވެ. އެއީ އޭނާގެ ތިންވަނަ އަނބިމީހާ އެވެ.
އެމާ ކައިވެނިކޮށްގެން އުޅެނީ އިނގިރޭސި ފިލްމު ޕްރޮޑިއުސަރު ގްރެގް ވައިސްއާ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
12 August 2025
ރޭގަނޑުގެ ކެއުމަކަށްދާންދައުވަތުދިނީ، އެއީ އެއްގޮތަކަށްވެސް ރައްޓެހިވާންއެހީކަމަކަށްނުބެލެވޭނެ، މާނައަކީ ރައްޓެހިވާކަށްނާހައޭ، ރޭގަނޑުގެ ކެއުމަކަށްދާންބުނީމާ ރައްޓެހިވާންއެހީކަމަށްވާނެގޮތެއް ބުނެދީބަލަ، ކޮންމެވެސްއެއްޗެކޭ ކިޔައިގެން މީހުންގެސަމާލުކަންހޯދޭތޯ މުސްކުޅިވެހަންޓޯޓޯވީމާވެސްދޯ
2025
12 August 2025
ޢެމާ ތިސޮރުތީ ބޯގޯސް ސޮރެއް ކައިރުނުވާތި...ބޮއިހަލަކި
ޒިލޭބި
10 August 2025
މި އަންހެންވެރިންވެސް ދެން ހީކުރާ އެއްޗިހިދޯ؟ ޑްރަމްޕް ޑޭޓަށްދިޔަ އެންމެނާ އިންތަ؟ ދުވަހަކުވެސް އެއްވެސް ފިރިހެނަކު ޑޭޓްކުރާ އެންމެނާ އިނދޭތަ؟ މިބުނީ އެމެރިކާއާއި ޔޫރަޕްގެ ވާހަކަ އިނގޭ.
ޖޯޝުއާ
11 August 2025
ފަހު ޖުމްލައިގަ "މިބުނީ..އެމެރިކާ ޔޫރަޕޭ..." ތިޔަ ލިޔުނީ ރާއްޖޭގައި ޑޭޓް ކުރާ އެންމެންނާ އިނދޭތޯ
ސފދރދފ
10 August 2025
1989 ގައި ހިނގިކަމެއްގެ ވާހަކަ ދައްކަން އަދި އަވަސްކަންނޭނގެދޯ؟
އަޅި އަލީ
10 August 2025
އެހެންވިއްޔާ ޓްރަމްޕް ތިޔަކަން ނިންމާފަ އޮންނާނީ! ޓްރަމްޕަކީ ތޮތޯ މީހެއްނޫން!
އަލީިި
10 August 2025
ދެން އިންނަންވީނު ،
ނޒބސ
10 August 2025
ދުނިޔެ ހިތަކަށް. މައު އައުމަށްދަންދެން