މީރާ: 29 މިލިއަން ރުފިޔާގެ ފައިދާ ނުހިމަނާ ޓެކްސް ދެއްކި މައްސަލާގައި ހޯޕް ޓްރެވެލްސްއަށް ދައުވާކުރަން ވަނީ ފޮނުވާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 އޯގަސްޓް 2025 - 18:08
ހޯޕް ޓްރެވެލްސްގެ ނަމުގައި ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މީރާ އިން ފޮނުވައިފި އެވެ.
މީރާ އިން ބުނީ ޖުލައި 1، 2020 އިން މެއި 31، 2023 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދުތަކަށް އެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު 2021 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
މީރާ އިން ބުނި ގޮތުގައި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަސް ބެލެވޭތީ އޭގެ ތަހުގީގު ފެށި އެވެ. އެ ތަހުގީގުން ފާހަގަވީ އެ ދެ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން ކަމަށް މީރާއިން ބުންޏެވެ.
މީރާ އިން ބުނީ ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވެލްސް" ގެ ހަރަކާތް މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި ކަމަށެވެ. އަދި އެ ތަހުގީގު ކުރި މުއްދަތުގައި ފާހަގަވީ އެ ވިޔަފާރި ހިންގައިގެން ލިބިފައިވާ ޖުމްލަ އާމްދަނީގެ 89 ޕަސެންޓް މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކުގައި ނުވާ ކަމަށް މީރާ ބުންޏެވެ.
"މިގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިރާއިން ބުންޏެވެ.
މީރާއިން ވަނީ ތަހުގީގުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށް ބުނެފަ އެވެ.
އެ ތަހުގީގަށް ފަހު މީރާ އިން ދައުވާކުރަން ފޮނުވީ ހޯޕް ހޯލްޑިންސް ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކާއި ވިޔަފާރީގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
މީރާ އިން ބުނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެެއް ކުރުމަށް މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެއް ކަމަށާއި އެފަދަ ކަމެއް މީހަކު ކުރާ ނަމަ، އެ ފަރާތްތަކާ މެދު މީރާ އިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާމަސީލު
18 August 2025
ހޯޕްގެ ހިންގުމުގައި އުޅޭ ތިކުދިންނަކީ ވަރަށް ޖުވާން ދެކުދިން. އަލަށް ވިޔަފާރިތެރޭގައި އުޅޭ އިރު ވެދާނެ ތިކަހަލަ ކަމެއް. ފަލީހަތް ކޮށްލާ އަގުވައްޓާލަން ތި އުޅެނީ ކުރިއަރަމުން އަންނާތީ ދޯ. މި ގައުމުގައި ތިބެން މިވަނީ ވިޔަފާރީންގެ ބޮޑުންގެ ދެތިން މީހުން. ދެން އެމީހުންގެ އަތުތެރޭ ހުރިހާ ކަމެއް އޮންނަން ވަނީ. ޚެރިގެން ކުރިޔަށް ދިއުން އެދެނީ އަދި ކާމިޔާބީއަށް.
ގައިޑު
19 August 2025
އަސްލުވެސް. މީރާއިން އެހެންވީމަ އެ ހައެއްކަ މަހުޖަނުންގެ އެއްވެސް ކަމެއް ނުބަލަނީތާ ދޯ. އިގޭ މީހުންނަށް އިގޭ އެގޮލާތައް ޖައްސާ ސުޓަންޓު
މުޖައްރިބު
18 August 2025
ނިއުޕޯޓު މައްސަލަ ނެގިގޮތަށް ނަގާފާނެ. އަވަހަށް ފެމިލީ މީހުން ޕާޓީއަށް ސޮއިކޮށްލާ. މިއޮތީވާ ގައުމެއް ކުދިންނޭ. ދެން ދެއަތުން ހަންދާވަރަށް އަތްޖަހަންތިބޭ. ފޭސްބޫކްއާއި ޓްވިޓަރގަ ތާއީދުކުރާކަން ހާމަކުރޭ. ހުރިހާ ކަމެއް ނިމުނީ. މީ މުޖައްރިބު ފަންޑިތައެއް.
ރިސޯޓު އޯނަރު
18 August 2025
ކީވެތަ މިތާ ކޮމެންޓުކުރާމީހުން އެވަރަކަށް ރިސޯޓު އޯނަރުންނާ ޖައްސާލަނީ. ހާދަ ލާރިއެއް ދައްކައިގެންނޭ ރިސޯޓު ހިންގަނީ. 17 ޕަސަންޓް ޖީ.އެސް.ޓީ. އަގުތެރޭގަ ހިމެނިޔަސް ރިސޯޓުން ދައްކަންޖެހެނޭ. 15 ޕަސަންޓް އިންކަމް ޓެކްސް. 12 ޑޮލަރު ޖީ.އަރުޓީ، 50 ޑޮލަރު އެއަރޕޯޓު ފީ. މުވައްޒަފުންގެ ވިތުހޯޑިންގ ޓެކްސް 5.5 ޕަސަންޓު.(ރިސޯޓުން ދެނީ) ނޮންރެޒިޑެންޓް ޓެކްސް ޑިވިޑެންޑް އަދި ލޯނުން 10 ޕަސަންޓް. ލޭންޑް ރެންޓް، ފެންޝަން ފައިސާ. އަދި ނުވިތާކަށް ޑޮލަރު މާރުކުރަން
ބަހުލެ
18 August 2025
ދައްކާލަބަލަ ކަލޭމެނަށް ދޭ ރިސޯޓު ކުލި ލުއި ތަކާ މާފުކޮއްދޭ އެހެން ކަންތަކު ވާހަކަވެސް. އަދި ކޮބާ މުޅި ގައުމު މޯގޭޖުކޮއްފަ ކަލޭމެންނަށް ލޯނު ނަގަން ދޭ ސަވަރިން ގެރެންޓީ ސަރުކާރުތަކުން؟؟ ތިކިޔަނީ ތިމީހުން ނޫނަސް އެތައް ބަޔަކު ދައްކާ ޓެކްސް ވާހަކަ.
އަންދަރޭ
18 August 2025
ދިރާގާ އުރީދުއިން ވިއްކާ ޕެކޭޖްތަކާއި އޭޑޯންތަކުގައި ޖީއެސްޓީ އަދަދު އަގުގެ ތެރޭގައި ހިމަނާފާ ނުހުރޭ. މިކަން މީރާއިން ރަނގަޅު ކުރުވާނީ ކޮންދުވަހަކުންތޯ. ޤާނޫނުން ލާޒިމުކުރޭ އަގުގެ ތެރޭގައި ޖީއެސްޓީ ހިމަނަން. އާންމު ވިޔަފާރިތަކުން ވަކިން ޖީއެެސްޓީ ޖަހަައިގެން އުޅެނިކޮށް އެކަން ބަދަލުކުރިތާ އެތަށް އަހަރެއް. އަދިވެސް މިޤާނޫނަށް ދިރާގު އުރީދޫ ތަބާނުވޭ. -/499 ރ އަށް ޕެކޭޖޭ ބުންޏަސް ބިލް އަންނައިރު -/539ރ އަރާ.
ފަރުހާދު11
18 August 2025
ރިސޯޓްތަކުން ޓެކްސްއަށް މަކަރުހަދާ މައްސަލަ ބަލާ ފިޔަވަޅު އަޅާނީ ކޮންދުވަހަކުންތޯ. އެންމެ އަގުބޮޑު ރިސޯޓްތަކުން ޑަބަލް ސިސްޓަމް ބަހައްޓައިގެން މީރާއަށް ތިޔަ ދައްކަނީ ވަރަށް ކުޑަ އިންސައްތައެއް. ބޭރު މީހާއަށް ވިއްކަނީ ބޮޑުއަގުގައި، ޓެކްސް ދައްކަނީ ކުޑައަގުގައި. މިއީ އެންމެންނަށްވެސް އެނގޭކަމެއް. ތަހުގީގު ހިންގާ ބަޔާންނަގާ، ފިޔަވަޅެއް އަޅާބަލަ ނިކަން
ވައްސަލާމް
18 August 2025
އެއީ އަންޓަޗަބަލް! މީރާ އޮތީ ރިސޯޓު އޯނަރުން ދަށުވެފަ
ހާސަރު
18 August 2025
ދެރަނިކަމެތި މީހާ އަބަދުވެސް ފެލާނީ! މަހުޖަނުން ގައިގައި އަތްނުލެވޭ!!!!@@
ޢައްލު
18 August 2025
ހޯޕް ފެރީދޯ. ތިމީހުން އެންމެ ލޯންޗަކުން ފެށިބައެއް ހާދަ ފުޅާކޮއްފިއޭ. ތިތަން ހިންގަން އުޅެނީވެސް ކުރިން މީރާގަ އުޅުނު ސްޓާފެއް. އޭނަޔަށް ހަމަ ރަނގަޅަށް އެނގޭނެތާ މަކަރު ހަދާއިރު. ހުރިހާކަމެއް ދަސްކޮށްގެން އެނގިހުުރެ ގަސްތުގަ މަކަރުހެދީމަ އަދަބުވެސް ބޮޑުވާންޖެހޭނެނުން.
އުދުހޭ
18 August 2025
ފުޅާކުރުމަކީ އެއްވެސް މައްސަލައެއްނޫން. އެހެންނަމަވެސް ޓެކްސް ދައްކަންވާނެ.
އަންޕުރޮފެޝަނަލް
19 August 2025
މަށަށް އެބަ ހީވޭ މީރާ މީހުން ޒާތީ ހަސަދައެއް ހޯޕަށް ބޭލީހެން ތިކޮމެންޓުން
ޅަބޭބެ
18 August 2025
ޓެކްސަކީ ރައްޔިތުންގެ އަތުން ނަގާ އެއްޗެއް. އެ ސަރުކާރަށް ނުދައްކާ ކާލުމަކީ ވައްކަން ކުރުން ހަމަ. އެއްވެސް މީހަކަށް އެހެން އުޅެވިގެންނުވާނެ. އަހަރެންވެސް މީ ހޯޕްފެރީގަ ދަތުރުކޮށް ޓެކްސް ދެއްކި މީހެއް.
ފަޅޮލޭ
18 August 2025
އޭ އަމިއްލަ ކުންފުނިތައް ލައްވާ މަސައްކަތްލުރުވާފަ ފުރަތަމަ ފައިސާ ދައްކަން ސަރުކާރުގައި ބުނެލަބަ ކަލޭ
ތެފައާސާ.
18 August 2025
މީރާއިން ތަހުގީގުކޮށް ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް އެންމެ ފުރަތަމަ ކޭސްއެއް ފޮނުވީ ހަނދާންވާގޮތުން 2014 ހިސާބުގައި. އޭގެ ފަހުން މިއަދާއިހަމައަށް 10 އަހަރަށްވުރެ ގިނަ ވެގެންދާއިރު ހަމަ އެންމެ ކޭސްއެއްވެސް ކޯޓަކާއި ހިސާބަށް ނުދޭ. އެހެންވީމާ ޑިޓަރެންސް ހުންނާނެވަރު ވިސްނާލާ!!
ސާމީން
18 August 2025
މީރާއިން ޕީޖީއަށް ފޮނުވިޔަސް ޕީޖީ ދައުވާކުރިއްޔާތާ ދައުވާ ކުރެވޭނީ. މިއަހަރުވެސް ތިން ހަތަރުކޭހެއްގެ ހަބަރު އޮތް.
ޢަހްމަދުހު
18 August 2025
ރިސޯޓްތަކަށް އޮންނަނީ މާފްކޮށްދިނުން
ލައިސަން
18 August 2025
ޓެކްސް ދަށްކަންޖެހޭ އެންމެ ޓޮޕް ލެވެލްގެ ވިޔަފާރިތަކުން ނުދައްކާ އޮތް ފައިސާވެސް ހޯދަ ބަލަ މީރާއިިން ނުކުމެ. ނަންތައް އާންމު ކުރިޔަސް ނުވާނެ.