މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 އޯގަސްޓް 2025 - 09:08
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރު ވެސް ހުށަހެޅުއްވީ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މީގެ ކުރިން މަޖިލީހަށް އޭނާ މީގެ ބިލެއް ހުށަހެޅުއްވުމަށް ފަހު ބިލު އަނބުރާ ގެންދެވީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާ އެކު އެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށް މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކޭ ކަމަށެވެ.
އެމްޖޭއޭ އިން ބުނީ ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މިއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުމެވެ.،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރައީސް އައްޔަންކުރައްވާ މެމްބަރުން ތިއްބަވާ އަދި ރައީސް ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށް ބުންޏެެވެ.
އެމްޖޭއޭ އިން ބުނީ އެފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ އެ ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތެއް ނެތުން ކަމަށެވެ.
އެ ޖަމިއްޔާ އިން ވަނީ އެ ބިލާ ގުޅޭ އެކި ކަންކަމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލް މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއްކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ ކުރީގެ ތަޖުރިބާއަށް ބަލާއިރު މިހާރު އޮތް ނިޒާމު އިސްލާހުކުރަން ޖެހިފައިވާ ކަމަށާއި އެކަމަކު ދެން އެކުލަވާލާ ނިޒާމު ވާންޖެހޭނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓްކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެެވެ. އެ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ވައުދެއްކަން ވެސް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.
އެހެންވެ، އެ ބިލަށް ތާއީދުނުކުރާ ކަމަށް ބުނެ އެމްޖޭއޭއިން ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ގޮވާލައިފަ އެވެ.
ބިލްގައިވާ ގޮތުން ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅުއްވާނީ ރައީސެވެ. އަދި ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
19 August 2025
ކޮންމެ މިނިވަން ކަމެއްގައިވެސް ހައްދެއް އޮވެއެވެ. މީޑިޔާ ތަކުން އެއްވެސް ހައްދެއް ނެތް މިންވަރަށް މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައެވެ. މިކަމުގެ މިސާލުތައް ނިމިދިޔަ ކޮންމެ ވޯޓަކާއި ގާތްވުމުން ނޫސްތަކުން ކުޅެފައިވާ ރޯލުން ފާހަގަވާނެއެވެ. އިންޑިޔާ އައުޓް ކެމްޕައިނާއި، އަޒާންމެންގެ ދަތުރުތަކުން ފެންނަން ހުންނާނެއެވެ. މިޙަރުވެސް ހަމަ މިފަދައެވެ. ސާބިތުނުކުރެވޭ ކިތަނެމެ ވާހަކައެކެވެ. ދީނީގޮތުންވެސް ހައްދު ކަނޑައެޅޭވަރުގެ ބޮޑެތި އިލްޒާމްތަކެވެ!
އަހްނަފް.
19 August 2025
ސަރުކާރުން މި ގެންނަން އުޅޭ ބިލް ހަމަ ސަތޭކަ. މި ބިލާއެކު ނޫސްވެރިންނަށް ވެސް ގާނޫންގެ ތެރެއިން އިތުރު ކަންކަން ހަމަ ފަހިވާނެ.
އަމްނު
19 August 2025
ނުޖެހޭ ބަދަލްކުރަން. ތީ ހަމަ ސަތޭކައިގެ ބިލެއް
ދާލު
19 August 2025
ކޮންމެ ބަޔަކު ވެސް ބަލަނީ ބާރު ލިބުމުން، އެބާރު ނަހަމަ ގޮތުގައި ބޭނުންކުރަން، ރާއްޖޭގައި ހަމަޖެހުމާއި އަމާންކަމާއި އުފާވެރިކަމަށް ވިސްނުމެއް ނެތް، ދެން އަނެއް ބަޔަކު އައިސް އެކަން އެހެން ގޮތަކަށް ބަދަލުކުރަން ޖެހެނީ، މީގެ ކުރިން ޔާމީނު ވެސް މަސައްކަތް ކުރީ ހަމަ މިމަގުން، ރީތިކޮށް ކޮންމެ ކަމެއް ވެސް ކުރެވޭނެ. އެގޮތް އިޚުތިޔާރު ކުރުމުން ލިބޭ ތާރީފު ވެސް މާބޮޑުވާނެ.
އަފްރާސިޔާބު
19 August 2025
ޖާނަލިސްޓް އެސޯސިއޭޝަން އުވާލުމަކީ މިހިނދަށް ބޭނުންތެރިކަމެއް.
މަހުމޫދު
19 August 2025
ދޮގު ފަތުރާ ނޫސްވެރިން ބޭނުމެއް ނުވާނެ ދޮ ނުފެތުރޭ ގޮތަށް ގާނޫނަށް ބަދަލު ގެއްނާކަން، މި ބަދަލު އަސް ކުރަން ޖެހޭ
އެންމެން ހެޕީ
19 August 2025
ޑިކްޓޭޓަރ ޝިޕް އިން މޭކިންގ
އަހަންމަދާބެއްޔާ
19 August 2025
މީ އަސްލު ރައީސް މުއިއްޒު މީޑިއާތަކަށް ކަންކަން ފަހި ކޮށްދޭން ކޮށްދޭ ކަންކަން މިކަންކަން ޖެހޭނެ ހެޔޮހިތުން ބަލައިގަންނަން. އެއީ މި އުންމަތުގަ ވެސް މި ރާއްޖެއަށް ނުލިބޭނެ ފަދަ މަތިވެރި އިންސާނެއް އެބޭފުޅާގެ ބަސް އަޅުގަނޑުމެން ހުރިހާ ރައްޔިތުން އަޑު އަހާ ކިޔަމަން ވުން ދީނީ ގޮތުންވެސް މުހިންމު ކަމެއް. ޝުކުރިއްޔާ ރައީސް ދިގު އުމުރަކާ ދިގު ވެރިކަމެއް ލައްވާށި. އާމީން
ރައީސް އަލީ
19 August 2025
ނޫސްވެރިކަން އޯކޭ. އެކަމަކު މީހުންގެ އަބުރު ކަތިލާ ހަފުސް ކުރުން ބަލައެއް ނުގަނެވޭނެ. ސައިޒު ކުރަން ޖެހޭ.
އަފްރާސިޔާބު
19 August 2025
އަބުރެއް އޮތްމީހަކު އޮތިއްޔާ އޮތީ ކަތިލާފައި. އަލަކަށްނެތް އަބުރުވެރިމީހަކު ފެންނާކަށް.
އަނޫޝާ
19 August 2025
ނޫސްވެރިކަމަކީ ކުށެއް ނޫނެވެ. އެހެނަސް ގެއްލުން ދިނުމުގެ ބަދަލުގައި ރައްކާތެރިކަން ފޯރުކޮށްދޭންޖެހެއެވެ.