18 އޯގަސްޓް 2025 - 23:39
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރު ވެސް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އެ ބިލު ހުށަހެޅުއްވި މަގްސަދަކީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުން ކަމަށް އޭގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ފުރަތަމަ ކިއުން އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
މަޖިލީހަށް އާ ބިލެއް ހަންނާން ހުށަހެޅުއްވި އިރު، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް އޭނާ ބިލެއް ހުށަހެޅުއްވި އެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލްގެ ނަމުގައި ހުށަހެޅުއްވި އެ ބިލް އަނބުރާ ގެންދެވީ، ނޫސްވެރިންނާއި މީޑިއާތަކުގެ ކަންބޮޑުވުންތަކާ ހެދި އެވެ.
ހަންނާނު ހުށަހެޅުއްވި އާ ބިލްގައި އޮތީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
އެ ކޮމިޝަންގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އޭގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.
އެ ބިލު އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން
މީގެ ކުރިން ހަންނާނު ހުށަހެޅި ބިލް އޮތީ ވެސް ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް އަދި އެ ތަންތަނުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ގޮތަށެވެ. އެއީ ނޫސްތަކާއި ޓީވީތަކުގައި "ތަޅު އެޅުވުން" ކަމަށް ސިފަކޮށް، ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ރައީސް ވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާނިހް މުހައްމަދު
19 August 2025
މިކަން ކޮށްގެން ނޫން ގޮތަކަށް މިހާރު މީޑިއާ ތަކުން ފަތުރާ ދޮގު ހަބަރުތައް ނުހުއްޓުވޭނެ.
އައުޒަމް
19 August 2025
ބަރާބަރު ނިންމުމެއް. މީގެ ސަބަބުން ލިބޭނީ ރަނގަޅު ތެދު ހަބަރު.
އައުޝަމް މުހައްމަދު
19 August 2025
ފުރިހަމަޔަށް ތާއިދު. މިކަން ކުރަން ލަސްވެސްވެއްޖެ
އެލީޓ
19 August 2025
އިސްލާހު ކުރަން ނުޖެހޭ މީޑިއާއެއް އިދާރާއެއް ހަތް ހަރާމެވެ.
hasn
19 August 2025
ދޮގު ހަބަރު ފެތުރުމުން ، ދުރުހެލިވެ ސާފުސީދާ ހަބަރު ފަތުރަނީ ސަރުކާރުން ކަމަށް ގަބޫލް ކުރުމަކީ ނިކަމެތި ކަމެއް ! މިރާއްޖޭގައި ގާއިމް ކުރަން މިއުޅެނީ ޑިމޮކްރެސީ ! ށިކްޓޭޓަރޝިޕްއެއް ނޫން ! ކުރިއަށް ޑދިވެހި ޑިމޮކްރެސީ ، ކުރިއަށް ދިވެހިރާއްޖެ ! ފުރިހަމަ ތަރައްގީ އާއި ، ބޮޑެތި އިންވެސްޓްމެންޓް ތައް ރާއްޖެ އަށް އަންނާނީ އޭރުން ! މިކަހަލަ ލަޓޯފަޓޯ ސިސްޓަމް އަކަށް ލާރި އަޅާނީ މޮޔައިން ! ކޮންކަމެއް ވީ ؟
އަބުދުލް ޤާދިރު
19 August 2025
ރައީސް އޮފީހުން ލިޔެފައިދޭ ލިޔުމެއް، ޚަބަރެއް ފިޔަވައި އެހެން އެއް ވެސް ލިޔުމެއް ޚަބަރެއް، ނޫހެއްގައި ނުލިޔެވޭނެ ކަމާއި ޓީވީ އެއްގައި ނުކިޔޭނެކަން ޤާނޫނުގައި ކަނޑައަޅަން ފެނޭ. އޭރުން ނޫސްވެރިކަ އިތުރަށް މިނިވަންވީ
ރަދީފްއޮފިޝަލް / ސ.ހިތަދޫ ފެންމުލި ސަރަހައްދުން
19 August 2025
ދިވެހި އޮބްޒާވާ ޒަމާން އަންނަނީ ބާ؟؟ އޭރު އަހަރުމެން ސައިޓަށް ވަންނަން ޖެހުނީ ޕްރިކްސީ މެދުވެރިކޮށް.
ރަދީފްއޮފިޝަލް / ސ.ހިތަދޫ
19 August 2025
*ޕްރޮކްސީ
ރަދީފްއޮފިޝަލް / އެޑްވަޑް ސްނޯޑަން
19 August 2025
މި ބިލް ގާނޫނަކަށް ވެއްޖެނަމަ އަދުގެ ނޫސްވެރިން ޖެހޭނީ އިންވެސްޓިގޭޓިވް ޖާނަލިޒަމް ، އެކްސްޕްލެއިނާ ، ފެކްޓް ޗެކް އާޓިކަލް ކަހަލަ ލިޔުންތަކަށް އަލްވަދާޢު ކިޔަން.އަހަރުމެން ދާންވީ މީގެ 30 އަހަރު ފަހަތަށްތޯ ތިބޭފުޅުން ނިންމަވާ.ވ.ވެދުން
މާނައެއްނެތް
19 August 2025
އިންތިހާބަށް ކެމްޕޭނު ވަރުގަދަ ކުރުމުގެގޮތުން އިދިކޮޅު އަޑުތައް ކަނޑުވާލަން ކުރެވިދާނެކަމެއް. ވިސްނާލަންޖެހޭ ކަމަކީ މީގެކުރީގައިވެސް ބަޔަކު އެކަންކުރެވޭތޯ އުޅުނު. އެކަމަކު ރައްޔިތުން އެފުރުސަތެއް ނުދިން. އަމުދުން ޓެކްނޮލޮޖީ މިހައި ކުރިއަރާފައި އޮތްޒަމާނެއްގައި އެކަންކުރަން އުޅެފިނަމަ، ބޭރުގައުމުތަކުގައި ރަޖިސްޓްރީ ކޮށްގެންވެސް މައުލޫމާތު ފެތުރުމުގެ ފުރުސަތު އެބައޮތް.
މިމްހާދު މޫސާ
19 August 2025
މި ރާއްޖެއަކީ އެއްވެސް އުސޫލެއް އޮންނަށް ތަނެއްނޫން. ބޭނުންހާ ހަބަރެއް ޖަހަންވީ، އެ ހެޔޮ ދޮގު ހަބަރަކަސް، ފިޔަވަޅު އަޅާފިއްޔާ އެވަނީ ސިޔާސީ ކަމަކަށް، ބޭރު ދުނިޔޭގަ ނުކެރޭނެ ކޮންމެ ކޮންމެ ހަބަރެއް ޖަހާކަށް މީހުންނޭ ކިޔާއިގެން މަދުތަނެއް ފިޔަވާ