އާސަންދައިން އިންސިއުލިން ދިނުން ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 އޯގަސްޓް 2025 - 13:29
އާސަންދައިން އިންސިއުލިން ކަވަރު ނުކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ބަހައްޓަންޖަހާ އިންޖެކްޝަނެއް ކަމަށްވާ އިންސިއުލިން އާސަންދައިގެ ދަށުން ނުދޭން އެއްވެސް އިރަކު ނިންމާފައި ނުވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
"ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތުތައް ސިޔާސީ ބޭނުމަކަށް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." އާސަންދައިން ކުރި ޕޯސްޓުގައިވެ އެވެ.
އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރާ ބަލިތަކުގެ ތެރޭގައި ހަކުރު ބަލި ހިމެނެ އެވެ. ހަކުރު ބައްޔަށް 2021 ވަނަ އަހަރު 101 މިލިއަން ރުފިޔާ، ޖެހިގެން އައި 2022 ވަނަ އަހަރު 152.9 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 164.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމަޔަށް ބަލާއިރު، ފަސް އަހަރު ތެރޭ ހަކުރު ބައްޔަށް 517 މިލިއަން ރުފިޔާ އާސަންދައިން ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް، ފަސް މަސް ތެރޭ އާސަންދަ ބަޖެޓުގެ 50 ޕަސެންޓް ވަނީ ހޭދަވެފަ އެވެ. މި އަހަރަށް އާސަންދައަށް ދައުލަތުގެ ބަޖެޓުން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު މެއި މަހުގެ ނިޔަލަށް އާސަންދަ އަށް 950 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރ
19 August 2025
2021 ،2022 ،2023 ގައި ޖުމްލަ 416 މިލިޔަން ހޭދަކޮށްފައި، އިތުރު 2 އަހަރު އިތުރު ކުރުމުން 517 ވީމާ، އޭގެ މާނައަކީ މިހާރު ހަކުރު ބަލީގެ މީހުންނަށް ކުރިން ކުރި ހޭދައިގެ 1/2 އާއި ގާތްކުރާ ވަރަށް ވެސް ހޭދަ ނުކުރެޔޭ. މާނައަކީ އިންސިއުލިން އާސަންދައިގެ ތެރެއިން ހަމަޖެހުނަސް ހަމަޖެހެނީ ވަރަށް މަދު އެއްޗެކޭ. އެހެން ނޫންނަމަ ކުރިން އަހަރަކު 150 މިލިޔަނުގައި އިން އެއްޗެއް 50 މިލިޔަނަށް ވުރެ ދަށަށް ނުދިޔައީސް. ހިސާބު ނަންބަރުން އެކަން ސާފުކޮށް އެބަފެނޭ.
ވަގުތުން ވަގުތަށް
19 August 2025
މީޑިޔާ ބިލް ފާސްކުރަންޖެހެނީ މިޒާތުގެ "މިނިވަން ނޫސްވެރިކަން" ކުރާތީ! މިކަން މިހާރު ހައްދުުން ނައްޓަައިފި. ބިލް އަވަސްކުރޭ!!
ފާސް
19 August 2025
ދޮގުހެދުންވަނީ މެކުހައް ޖަހާފަ. އެހެންވެ އަސްލު މީޑިޔާބިލް ފާސްކުރަންވީ