ކްރިމިނަލް ކޯޓު: އެއާޕޯޓް ޓެކްސީ ކިޔުގައި ހުރި އޮފިސަރުގެ ގައިގާ ޖެހި މީހަކަށް ޖޫރިމަނާގެ އަދަބެއް ވަނީ އިއްވާފައި
20 އޯގަސްޓް 2025 - 11:50
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިޔު ބަލަހައްޓަން ހުރި އެމްއޭސީއެލްގެ މުވައްޒަފެއްގެ މޫނުމަތީގައި ޖެހި މީހަކަށް ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މިދިޔަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން އެމްއޭސީއެލްގެ މުވައްޒަފުގެ މޫނުމައްޗަށް އަނިޔާވެފައިވާއިރު، އެކަމާ ގުޅިގެން ތިން ދައުވާއެއް ދައުލަތުން ކުރީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
އެ ތިން ދައުވާއަށް ވެސް އެ މީހާ ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ، ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަތްލުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ 3،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. އަދި އަނިޔާއެއް ދިނުމުގެ ދައުވާއާ ގުޅިގެން އިއްވީ ހަތަރު ދުވަހަށް ޖަލަށްލުމަށާއި 13،600 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބެކެވެ. އަދި އޭނާ ކުރިން ބަންދުގައި ބަހައްޓާފައިވާތީ، ހަތަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހެ އެވެ.
މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ހަ ދުވަހަށް ޖަލަށްލުމަށާއި 9،600 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އަދަބެކެވެ. އަދި ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން، ހަ ދުވަހުގެ ޖަލު ހުކުމް ވެސް ތަންފީޒު ކުރާކަށް ނުޖެހެ އެވެ.
މީގެކުރިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެތަނުގެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2718ރަމް
20 August 2025
މީމަޝަށްފެނުނު އެންމެ އިންސާފުވެރި އަވަސް ނިންމުން ވާނުވާގައި އެތަށް ދުވަހެއް ނުވަތަ އަހަރުތަކެއް ބެހެއްޓުމަށް ފަހު ކަމަކަކަށް ނުވާ ހުކުމެއް ކޮށްފަ ދޫކޮށްލުމަށްވުރެ ރަނަގަޅު އަނިޔާ ލިބުނުމީހާޔަށް ދަޢުވާކުރެވޭނެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން
ހުސެން ހިތަދޫ
20 August 2025
މި ހުކުމް އޭނާ ދެކޮޅަށް ނިމުމުން އަނިޔާ ލިބުނ ފަރާތުން ގެއްލުމުގެ ބަދަލް ހޯދަން ކޯޓަށް ދާން މަގު ހުޅުވިފަ މިއޮތީ. ކުއްވެރިއެއް ކަމަށް ކަނޑައަޅާފަ މިއޮތީ.. އަވަސް ކުރޭ ދަރިޔާ..
ކަޅު ތުއްތު
20 August 2025
އަނިޔާ ލިބުނު މީހާއަށް ލިބުނު އިންސާފަކީ ކޮބާ؟ ދޭދޭ މީހުންގެ ހަމަނުޖެހުމެއް ހިނގިއަސް، ދައުލަތް ނޫނީ ސަރުކާރާ ދެކޮޅުވިޔަސް ، ކަނޑުން ވެލައެއް ނޫނީ މިޔަރެއް ކެއަސް … އޭގެން ހުރިހާ ފައިދާ އެއް ސަރުކާރަށް … މީހެއްގައިގަ ޖެހި މީހެއްގެ ހުކުމެކޭ އަހަރީފީ ނުދެއްކުމުގެ ނަތީޖާ އެކޭ އެއްވަރު
ޢަލީސް
20 August 2025
ހުރިހާ މޮޅެއް މި ލިބުނީ ދައުލަތަށް. ހުރިހާ ކަމެެއްވެސް ނިމިގެން މިިދަނީ ފައިސާއާއި ހަމައިން.
ކޮރަލް
20 August 2025
ވެމްކޯ ގަ ކުނި ނަގަން އެއް ހަފްތާ ބަހައްޓާން ވީ އެވެ.
އިސްމާލި
20 August 2025
ސުވާލަކީ ތިޔަ ޖޫރިމަނާ ކޮއްގެން އެ ފައިސާ ލިބެނީ އަނިޔާ ލިބުނު މީހާއަށް ހޭ ނޫނީ މީރާ އަށް ހޭ!؟
raajje
20 August 2025
މިފަދަ ހުކުމްތަކަކީ އަނިޔާލިބުނުފަރާތައް ލިބޭއިންސާފެއްނޫން، ތިޔަފައިސާވަންނާނީ މީރާއަށްދޯ، އަނިޔާލިބުނުފަރާތުން އަނިޔާއަށްބޭސްކުރަންވީ ތަކުލީފުއުފުލަންވީ ބައެއްފަހަރު މުޅިއުމުރަށް އެކަމުގެވޭންއުފުލަންވީ! އަނިޔާލިބުނުފަރާތަށްބަދަލެއްލިބެންވާނެ، މިފަދަ ލުއިއަދަބުތަކަކީ މިގޮތަށް ފުއްޕާމީހުނަށްލިބޭހިތްވަރެއް، މިއަދަބުން ހާމަވާއަނެއްކަމަކީ ދަށްފަންތީގެމުއައްޒަފުންގެ އަގު ވަޒަންނުކުރާކަން، އެމީހުންގެމޫނުމަތީލަޑާފަވެސް މީރާއަށްފައިސާކޮޅެއްދެއްކީމާ އޯކޭ
ވަންޗޫ
20 August 2025
ތީއެއްވެސް ވަރަކަށް އިންސާފްވެރި ނިންމުމެއް ނޫން! ތިކަމުގައި އަނިޔާ ލިބުނު މީހާއަށް ލިބުނު ތަދާވޭނަށް އޭނައަށް ލިބުނު ތަސައްލީއަކީ ކޮބާ؟ ތިޔަފަދަ ހާނިއްކަތައް އެކެއްގެފަރާތުން އަނެކަކަށް ލިބޭކަންކަމުގަ އެނެގޭ ބަދަލު އަނިޔާ ލިބުނު މީހާއަށް ލިބޭގޮތަށް އޮތީމަ އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބުނު ކަމަށްވާނީ. ނޫނީ، އަނިޔާ ކުރިމީހާ ވަކިމުއްދަތަކަށް ޖަލައްލާންވީ ދައުލަތައް އާމްދަނީ ލިބޭކަމަށް ތިކަން ހެދުމުގެ ބަދަލުގައި.
ޖިމޮ
20 August 2025
މި ފައިސާ ދޭން ޖެހޭނީ އަނިޔާވި މީހާއަށް