ވިޔަފާރި / އުރީދޫ

އުރީދޫގެ ހިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފި

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސް މުއިއްޒު، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީއާ މިއަދު ހަވާލު ކޮށްދެއްވަނީ

ރާއްޖޭގައި ހިންގަން ފެށި ދެވަނަ ޓެލެކޮމް އޮޕަރޭޓަރު އުރީދޫ މޯލްޑިވްސް އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން މިއދު ދީފި އެވެ.

އެ ކުންފުންޏަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުންނެވެ

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި އެވޯޑާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ އެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސް މުއިއްޒު، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީއާ މިއަދު ހަވާލު ކޮށްދެއްވަނީ

މިއީ 2005 ވަނަ އަހަރުން ފެށިގެން ޓެލެކޮމިއުނިކޭޝަން ދާއިރާއިން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ދިވެހި ދައުލަތުން ދިން އެވޯޑެކެވެ.

އުރީދު އަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ހިދުމަތްތައް ފުޅާކޮށް، އެކި ވިޔަފާރިތައް އާއްމު ފަރުދުންނާ ގުޅުވައި ދީފައިވާ ކުންފުންޏެކެވެ. އަދި މި ކުންފުންޏަކީ ވިޔަފާރިތަކަށް އެކި ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށް، ރާއްޖޭގެ އެކި ދާއިރާތައް ޑިޖިޓަލައިޒް ކުރުމަށް ހިތްވަރުދީ، އެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަނަނަ ކުންފުންޏެކެވެ.

އުރީދޫން ކުރި ޓުވީޓެއްގައި ބުނީ، މިއީ އެ ކުންފުނީގެ މުވައްޒަފުންނާއި ޕާޓްނަރުންނާއި ކުންފުނީގެ ކަސްޓަމަރުންގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ. އަދި މިހާރަށް ވުރެ ފުރިހަމަ އަށް ރާއްޖެ ގުޅުވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ދާއިރާއިން ހިދުމަތް ދޭތާ ވަނީ 20 އަހަރު ވެފަ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް 5ޖީގެ ހިދުމަތް ދެމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ އީކޮމާސް ޕްލެޓްފޯމް މޫލީއިން ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތަކެތި ވިއްކާނެ މަގުފަހިކޮށްދީފަ އެވެ.

ދެހާސް ހަ ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ސަބްސީ ކޭބަލް ގާއިމުކޮށް، ރާއްޖޭގެ ފުރަތަމަ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) އެ ކުންފުނިން ތައާރަފު ކުރި އެވެ. އަދި އެސްއެސްއެމް ބޭސްޑް އިންފޮމޭޝަން ސާވިސް އާއި 2008 ވަނަ އަހަރު 3ޖީގެ ހިދުމަތާއި 2009 ވަނަ އަހަރު ވަޔާލެސް ބްރޯޑްބޭންޑް ފަދަ އާ ޓެކްނޮލޮޖީތައް ތައާރަފު ކުރި އެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އުރީދޫން ވަނީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އެގޮތުން، ޕްރީޕެއިޑް ބްރޯޑްބޭންޑް އަދި 3ޖީ މެދުވެރިކޮށް، ވީޑިއޯ ބްރޯޑްކާސްޓް ކުރުން ފަދަ އީޖާދީ ކަންކަން އެ ކުންފުނިން ތައާރަފު ކުރި އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު "އުރީދޫ މޯލްޑިވްސް" ގެ ނަމަށް ރީބްރޭންޑްކޮށް، ވާވޭއާ ގުޅިގެން މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑަށް ރާއްޖޭގެ ފުރަތަމަ އެލްޓީއީ ނެޓްވޯކް ތައާރަފުކޮށް، އެ ކުންފުނިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެ ބަދަލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް އިތުބާރު ލިބުމުގެ އިތުރަށް، މުޅި ރާއްޖެއަށް ޑޭޓާގެ ހިދުމަތް ލިބި، ދިވެހިންގެ ޢާންމު މުއާސާލާތީ ބޭނުންތައް ފުރިހަމަ އަށް ހާސިލުކޮށްދިނުމުގައި އަވަސް ކުރިއެރުމެއް ހޯދި އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެންްް

25 August 2025

ތިކަން ކުރާ ދިވެހި ކުންފުނިި ތަކައް ގައުމީ އިނާމު ދިނީޔާ މާތާހިރުވާނެ... އުރީދޫ ދަށުވިޔަސް ތަންކޮޅެއް ބޮޑުވަރު ތީ... ވޯޓައް ލާރި ދިނީމަ ދެން ނޯންނާނެ އެހެންގޮތެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454