ވިޔަފާރި / އުރީދޫ

ޑިޖިޓަލް ރާއްޖެއަކަށް ގެންދިއުމުގެ ދަތުރުގައި އުރީދޫއަށް 20 އަހަރު

އުރީދޫގެ އާ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.

01 އޯގަސްޓް 2025 - 06:10

ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރުގެ އޮގަސްޓު 1 ގައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭން ފެށި މި ކުންފުންޏަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބަދަލުކޮށް, މުއާސަލާތީ ގޮތުން ރާއްޖެ ގުޅުވައިދިން ކުންފުންޏެކެވެ. އޭރު ޓެކްނޮލޮޖީގެ ގޮތުން އައިސްފައި ހުރި ކުރިއެރުންތަކާ ފައި ހަމަކޮށް, ދިވެހިންނަށް 3ޖީގެ ހިދުމަތާއި ވަޔަލެސް ބްރޯޑްބޭންޑުގެ ހިދުމަތާއި ޕްރިޕެއިޑް ބްރޯޑްބޭންޑުގެ ހިދުމަތާއި 3ޖީ މެދުވެރިކޮށް ވީޑިއޯ ބްރޮޑްކާސްޓް ފަދަ އެކި ހިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދިނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދައި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ޕްލޭނާ އެކު ވަތަނިއްޔާ "އުރީދޫ މޯލްޑިވްސް" އަށް 2013 ވަނަ ރީބްރޭންޑު ކުރި އެވެ.

އުރީދޫގެ އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އަތުކުރި އޮޅާލައި, އުރީދޫން ފެށި މަސައްކަތުގެ ނަތީޖާއަކަށް ވީ ރާއްޖެއަށް 4ޖީ އެލްޓީއީ އެޑްވާންސް ހިދުމަތް ތައާރަފްކުރި ފުރަތަމަ ކުންފުންޏަށް ވުމެވެ. އޭގެ އިތުރުން ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރުމާއި ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ވޮލެޓް, "އެމް-ފައިސާ"ގެ ހިދުމަތާއި ސުޕަނެޓުގެ ހިދުމަތް ފަދަ މުހިންމު ބޭނުންތެރި ގިނަ ހިދުމަތްތަކެއް އެކުންފުނިން ތައާރަފްކުރި އެވެ. އުރީދޫ އަކީ 2018 ވަނަ އަހަރާ ހަމައަށް އައި އިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ފާސްޓު ސްޕީޑުގައި 5ޖީގެ ހިދުމަތް ދޭން ފެށި ކުންފުންޏެވެ.

މި ކުންފުނިން 2019 ވަނަ އަހަރު ތައާރަފް ކުރި "މޫލީ" އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެގެން އޮންލައިންކޮށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދިނެވެ. އަދި މި ޕްލެޓްފޯމު މެދުވެރިކޮށް ދިވެހިންގެ މެދުގައި މަގުބޫލު އެކި ބްރޭންޑުތަކުގެ އެންމެ ފަހުގެ ފޯނާއި ޓެބްލެޓާއި އެކި ގެޖެޓުތައް ވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނެވެ. މިއީ އުރީދޫން ދިވެހިން ޓެކްނޮލަޖީއާ ރައްޓެހިކޮށް, އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބާރުދިން ޕްލެޓްފޯމެކެވެ.

އުރީދޫގެ އެމް-ފައިސާ އެޕް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުރީދޫން ޑިޖިޓަލް ރާއްޖެއަކަށް ވާސިލްވުމަށް, ރާއްޖޭގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗާ ވަރުގަދަކުރުމަށް 2021 ވަނަ އަހަރު ޕީސްކޭބަލަށް އިންވެސްޓުކޮށް މިދިޔަ އަހަރު ވަނީ ޕީސްކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާފަ އެވެ. އަދި އެކުންފުނިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ60 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކޮށް, ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި 5ޖީގެ ހިދުމަތް ދޭ ކުންފުނީގެ މަގާމު ވެސް ހޯދާފަ އެވެ.

މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން, އުރީދޫ އަކީ ޑިޖިޓަލް އެކި ދާއިރާތަކުން ރާއްޖެ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން 2022 ވަނަ އަހަރު ތައާރަފްކުރި އުރީދޫ ނޭޝަން – ގޭމާޒް ލޭންޑަކީ ރާއްޖޭގެ ގޭމަރުންނަށް އަމާޒުކޮށް ތައާރަފްކުރި ފުރަތަމަ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ބޮޑެތި އިނާމުތައް ހުށައަޅާ, ފުޅާ ދާއިރާއެއްގައި ގޭމިން މުބާރާތެއް ވެސް ބޭއްވި ފުރަތަމަ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުން ރާއްޖޭގެ ގޭމަރުން ބާރުވެރިކޮށް, ގޭމަރުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު މުބާރާތްތަކާއި ފެސްޓިވަލްތައް ވެސް އަންނަނީ ބާއްވަމުންނެވެ.

އުރީދޫގެ އީސްޕޯޓްސް މުބާރާތެއް.

އުރީދޫގެ ހިދުމަތަށް 20 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު, މި ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ 80 ޕަސެންޓަށް 5ޖީގެ ހިދުމަތް ދެމުންނެވެ. އަދި މިއަހަރު އުރީދޫން ވަނީ ސެމްސަންގާއި އެޕަލްއާ އެކު ޕާޓްނާވެ, ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއަރަބަލްގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

އުރީދޫން ތަކުރާރުކޮށް ޑިޖިޓަލް ރާއްޖެއެއްގެ މިސްރާބަށް ވާސިލްވުމުގެ ވާހަކަ ދައްކާއިރު, އެ ކުންފުންޏަކީ އެކި މުނާސަބަތުތަކާއި ގުޅުވައި އެންމެ ފަހުގެ ޓެކްނޮލަޖީ ތަޖުރިބާކުރުމުގެ ފުރުސަތު ދެމުންދާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން އޭއައިގެ އެހީގައި ފޯކްލޯ ކެރެކްޓަރުންނާއި ޗެޓުކުރުމުގެ ތަޖުރިބާ ހޯދާދޭ ގޮތަށް ތައާރަފްކުރި މިއަހަރުގެ ކަލަންޑަރާއި, އޭއާރު ފީޗާ ހިމަނާ ތައާރަފް ކުރި ކަލަންޑަރަކީ ދިވެހިން ފަހުގެ ޓެކްނޮލަޖީއާ ރައްޓެހިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ކުޅުދުއްފުށި ލޭންޑިން ސައިޓަށް މިދިޔަ ފެބްރުއަރީ މަހު ޕީސް ކޭބަލް ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އާއި އެ ރަށު ކައުންސިލުގެ އިސްވެރިން.

ދިވެހިންނަކީ ޓެކްނޮލަޖީއަށް އަހުލުވެރި, އެންމެ ފަހުގެ ވަސީލަތްތަކާއި ރައްޓެހި, އެންމެ ފުރިހަމަ އަށް މުވާސަލަތީ ގޮތުން ގުޅިފައި ތިބި ބަޔަކަށް ހެދުމަށް އުރީދޫން ކެނޑިނޭޅި ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ. އުރީދޫގެ އަމާޒަކީ އެންމެން އެންމެ ފުރިހަމައަށް ގުޅިފައި ތިބި ޑިޖިޓަލް ރާއްޖޭއަކަށް ފޯރުމެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454