ކެރަފާ އަބްދުލްޣަނީ. --ފޮޓޯ: ސަން އޮންލައިން
25 އޯގަސްޓް 2025 - 20:54
މަޝްހޫރު ދިވެހި ވިޔަފާރިވެރިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެއް ހިއްސާދާރު ކެރަފާ އަބްދުލްޣަނީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހަރާވިއިރު އާލާސްކަންފުޅާ އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅު ޣަނީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީ އުފެއްދުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ.
ޣަނީއަކީ ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ
ޣަނީ އަވަހަރާވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ރާއްޖޭގައި އިލެކްޓްރިފިކޭޝަނާއި ޓޫރިޒަމާއި ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ.
ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ހިންގި ދުވަސްވަރު ކިޔަވައި ދެއްވުމުގައި ވެސް ޣަނީ އިސްކޮށް އުޅުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
26 August 2025
ހެޔޮރަޙްމަތް ލައްވާ ސުވަރުގެ މިންވަރުކުރައްވާށި ،
ޢަބްދުއްސައްތާރު.
26 August 2025
ކެނެރީގޭ ޢަބްދުލްޣަނީއަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކުރައްވައިފައިވާބޭފުޅެކެވެ. މަރްޙޫމް ގެ ފުރާނައަށް ރަޙްމަތް ލައްވައި ފާފަތައް ފުއްސަވައި ދެއްވުން އެދި ﷲ ގެ ޙަޟަރަތުގައި ދުޢާ ދަންނަވަމެވެ. آمين.
ކަން ހިގާ ގޮތް
26 August 2025
ނެތިދިޔައިމަ މިއިގެނީ ހިދުމަތް ތެރި މީހުން އުޅޭކަން.
12345
26 August 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
މަނަވަރު
25 August 2025
إنا لله وإنا اليه راجعون މަރުހޫމްގެ ފާފަ ފުއްސަވާ ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި. އާމީން.
އޮނަރަބްލް އަފީފު ދީދީ
25 August 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
ޗުހާ
25 August 2025
މަރުހޫމަށް ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި. އާމީން.