ފުލުހުން ހޯދަމުން އަންނަ މީހާ.
27 އޯގަސްޓް 2025 - 19:40
މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 41 އަހަރުގެ މަސީހް އަބްދުލް ހަކީމް ކަމަށެވެެ.
ފުވައްމުލަކު، ދޫޑިގަން، ފަސީހްއާބާދު، މަސީހުގެ ޚަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 25 ވަނަ ދުވަހުގެ (މިދިޔަ ހޯމަ ދުވަސް) ރޭގަ އެވެ.
މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން. ފަސީހްއާބާދު / ޏ.ފުވައްމުލައް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން. pic.twitter.com/UlW91VHyRw
— Maldives Police (@PoliceMv) August 27, 2025
ފުލުހުން ބުނިގޮތުގައި އޭނާ އުޅެމުން އައީ ހުޅުމާލޭ އެމްޕީއެލް ޓަވަރުގަ އެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެެ.
އެހެންވެ، މަސީހް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅައިގެން ހިއްސާކުރަން އެ އިދާރާ އިން އެދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލޫސިޔާ
28 August 2025
ސަލާމަތުން ހެޔޮ ޙާލުގައި ފެންނާނެކަމަށް އުންމީދުކުރަން. ޔާﷲ، މަސީހު ސަލާމަތްތެރިކަމާއެކު ޢާއިލާއާ ބައްދަލުވާނެ ގޮތް މެދުވެރިކުރައްވާށި! އާމީން.
ޓޯޕޭ
28 August 2025
ޢަޖައިބެއް ކަހަލަ ކަމެއް މި ވެސް. ބޮޑެތި ސިންގާ މީހުން ގެއްލިގެން ވިއްޔާ މި ހޯދަން ޖެހެނީ. އަނެއްކާ ގެއްލިގެން ހޯދާ މީހުން ދުވަސް ކޮޅަކުން ފެނުނީމަ އެމީހުންނަށް ވީގޮތެއް ވެސް އެނގެނީ އެއް ނުން. އަމިއްލައަށް ބޭނުންވީމަ ގެއްލިގެން އުޅެފަ ބޭނުންވީމަ ފެނިގެން އުޅެން ވީ. ޢާއިލީ މީހުން އެމީހަކު ގެއްލިގެން ސްޓެރެސްވިޔަސް އޯކޭ.
ފތމޖ
28 August 2025
އަނެއްކާ މަރުވި ނޭޕާލް މީހާއާ މި މީހާ އާއި އެއްވެސް ގުޅުމެއް ވޭބާ؟ ތާރީޚުގައި އުޅޭ ގުޅޭ ކަހަލަ ގޮތެއް.
ބުރުގާ
27 August 2025
ތިކަހަލަ މީހުން ބައިވަރު މާލޭ ސަރަހައްދުގަ. ނޯ އިންޓަރެސްޓް.