މަސްދަރު ހާމަކުރެވޭ ގޮތަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހާ ގުޅިގެން މަޖިލިސް އިދާރާ ދޮށުގައި ކަންބޮޑުވުންފާޅުކުރި ނޫސްވެރިންނާ ނަޝީދު ބައްދަލުކުރައްވަނީ. -- ފޮޓޯ | މިހާރު
28 އޯގަސްޓް 2025 - 10:41
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.
މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން، ރައީސްގެ އަރިހުން އެދިވަޑައިގަންނަވަނީ، މި ބިލް ތަސްދީގު ނުކުރެއްވުމަށް ކަމަށެވެ.
ނޫސްވެެރިއެއްގެ ގޮތުގައި ހައްގުތަކަށް ވަކާލާތުކުރެއްވި އަދި ގިނަ އަދަދެއްގެ ލިޔުންތައް ވެސް ލިޔުއްވާފައިވާ ނަޝީދު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ކޮންމެ ފަހަރަކީ އެ ގައުމެއްގެ މިނިވަންކަންކަމާއި ތަނަވަސްކަން ކުޑަވާ ކަމަށެވެ.
As a writer and former prisoner of conscience my plea to President Dr. Muiz is not to ratify the Media Bill. Whenever a government suppresses people’s right to freedom of expression it inevitably makes the country less free and less prosperous. I also call on the journalists…
— Mohamed Nasheed (@MohamedNasheed) August 28, 2025
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުންފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލިއާގޭ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.
އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މައްސަލާގައި ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، ދިވެހިރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އޮތުމުންނެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިމާލް ހަސަން
28 August 2025
އާއްމު ރައްޔިތުން ގަބޫލްކުރޭ މީޑިޔާ ބިލް ރަނގަޅު ކަމަށް. ދެން ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ؟
ނޫރާ އިސްމާއިލް
28 August 2025
ބައްލަވާ މަނިކުފާނަށްވެސް ހަމަ ރަނގަޅަށް އެގިލައްވާނެ ކީއްކަން މިވަނީ. ނޫސްވެރިކަމޭ ކިޔާފަ ފިތުން އުފައްދާކަން. އެކަން ނުހުއްޓުވަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް.
ސޫދާ ސޮބްރީ
28 August 2025
މިއަދު މިކަން ނުކޮށްފިނަމަ މި އަނިޔާ ދެން އަންނަ ވެރިންނަށްވެސް ވާނެ. ސަބަބަކީ މީޑިޔާތައް މިހާރު ހައްދުން ނައްޓައިފި. އެހާ ފިތުނަ އުފައްދާ.
ޖީހާން ޔޫސުފް
28 August 2025
މުހައްމަދު ނަޝީދަކަށް ނޭނގޭނެ މިގައުމުގެ ކަންކަން ކުރަން ޖެހޭ ގޮތެއް. ރަނގަޅު ކަމެއްވެސް މިމީހުންނަށް ރަނގަޅެއް ނުވާނެ.
އަހްމަދު ސަނީހް
28 August 2025
ނަޝީދު މޮޔަ ނުގޮވާ. ގައުމުގެ ހައްގުގައި ސަރުކާރުން ކުރާ ކަން ހަމަ ރަނގަޅު.
ނޯމަލް
28 August 2025
ނޫސްވެރިއަކަސް އަދި އެހެން ވެރިއަކަސް އެހެން މީހުންގެ އަބުރާ އިއްޒަތަށް އަރައެއް ނުގަނެވޭނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިގެން ހެއްދެވިހާ ދޮގެއް ހަދައި، މީހުންގެ އަބުރު ކަތިލާ ހެދުން ހުއްދަވާނެކަމަށް ބުނާ ދީނީ ދަލީލެއް އަހަރެން ބޭނުން. އެ ދައްކައިފިނަމަ މަ ތިޔަ ނޫސްވެރިންނާ އެއްކޮޅަށް މިހުރީ! ދީނުގައި ހަރާމްކުރައްވާފައިވާ އެއްވެސްކަމެއް، މިޒަމާނުގެ ކޮންމެވެސް ފިކުރެއްގެ ނިވަލުގައި ނޯމަލައިޒްކުރަން އުޅޭނެކަމެއް ނެތް އެކަކުވެސް.
މީނަ ދެންހެޔޮ
28 August 2025
ތިޔަ އަންނި މިގައުމުގެ ވެރިކަމަށް އަންނަންވެގެން ހޭވި ހަޑީގެ ސަބަބުން މުޅިގައުމުގެ އިޖުތިމާއީ ރީތި ސިފަތައް ގެއްލި، ކަންކަން ޚަރާބުގެ މަގަށް ގޮސް ގެއްލިއްޖެ. ޅަދަރީންގެ ސިކުނޑި ނުބައި ދިމަދިމާއަށް ގޮސް ދުރޫސުލް އަޚްލާޤް ފޮތުގެ ބޭރުގަނޑު ނޭނގޭ މިންވަރަށް ޅަދަރިންނަށް މަގުއޮޅިއްޖެ. ތިޔަ އަންނި ދައްކާ ވާހަކަ ގަބޫލުކުރާ ހައެއްކަ ކެނައިން މިހާރު އެއުޅެނީ ވެރިކަން ލިބޭނެ ގޮތެއް ހޯދަން މަރުފަލި ޖެހުމުގަ. ތި އަންނި މި ގައުމުގެ ކަންކަމާ ނުބެހި ދުރަށްދޭ..
މުރާސިލް
28 August 2025
މި ބޭފުޅާ އާއި ނުބެހޭ ހަމަ އެއްކަމެއްވެސް ނެތީހެއްޔެވެ؟ މިބޭޅާގެ ވެރިކަމުގައި މީޑިޔާއަށް ހަދާލިގޮތް އަމިއްލައަށް ހަނދުމަ އާކޮށްލީމައި ތިމަންމަނިކުފާނަކީ މީޑިޔާ އޭ ކިޔައިގެން ވާހަކަދައްކަން ޖެހޭ ފަރާތެއް ނޫންކަން ހަނދާންވާނެއެވެ.
އަހުމަދުބޭ
28 August 2025
މިޖެހުނީ ކަންތަކާ، މީނަ ދަޑިނުބާނާ އެއްކަމެއްވެސް އޮވެގެން ނުވާނެ، މީޑިއާއަށް ކޮންމިނިވަން ކަމެއްނުލިބިގެންތޯ މިއުޅެނީ، މިގެނެވުނު ޑިމޮކްރަސީއަކާ އަދި މީޑިއާގެ މިނިވަންކަމަކާހެދި މުޅި ގައުމު ސުންނާފަތި ކޮއްފި،
ސަަސި
28 August 2025
މެޑަލް ޖަހާލަންދޯ މި އުޅެނީ