ހޫތީންގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ: އޭނާ ވަނީ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައި.
30 އޯގަސްޓް 2025 - 20:19
އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ޔަމަނަށް ދިން ހަމަލާތަކުގައި ހޫތީންގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ އާއި އިސް އެހެން ބައެއް އޮފިޝަލުން އަވަހާރަވެފައިވާކަން އެ ޖަމާއަތުން މިއަދު ކަށަވަރުކޮށްދީފި އެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުން ދާއިރު ޔަމަނަށް ދޭތެ ދޭތެރެއިން ދޭ ހަމަލާތަކުގައި މިހާތަނަށް އަވަހާރަވި އެންމެ އިސް އޮފިޝަލެވެ.
"ދުޝްމިން މުޖުރިމު އިޒްރޭލުން ދިން ހަމަލާއެއްގައި މުޖާހިދު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ ... އެ މަނިކުފާނުގެ ބައެއް މިނިސްޓަރުންނާ އެކު އަވަހާރަކޮށްލާފައިވާކަން އިއުލާނުކުރަން،" ހޫތީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެހެން ބައެއް ބޭފުޅުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާތީ ގެންދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ވަރަށް ސީރިއަސް ޒަހަމްތައް ވެފައިވާ ބޭފުޅުން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުން ބުރާސްފަތި ދުވަހު ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާ ސަރަހައްދަށް އެތައް ހަމަލާއެއް ދީފަ އެވެ. ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ހޫތީން އިޒްރޭލަށް ދޭ ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުން މި ހަމަލާތައް ދިނީ ހޫތީންގެ އަސްކަރީ މަގާމުތަކަށް ކަމަށް އިޒްރޭލުން އޭރު ބުންޏެވެ.
ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި ޔަމަނުގެ މުހިންމު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދާފައިވަނީ ހޫތީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާހިރު
01 September 2025
ފަލަސްޓީނުގެ ޖަމާޢަތްތަކުގެ އިތުރުން، އިސްރާއީލާ ދެކޮޅަށް އެކަށީގެންވާގޮތެއްގައި ތެދުވީ ހިސްބުﷲ އާއި ހޫތީންނާއި އީރާނެވެ. އޭގެތެރެއިން އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ހިޒްބުﷲ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ދެން މިހާރު އެދިމާކުރަނީ ޔަމަނާއެވެ. ޔަމަން ސުންނާފަތި ކޮށްލައިފިނަމަ ދެން އޮންނާނީ ހަމައެކަނި އީރާނެވެ. މުސްލިމް ޤައުމުތަކުގެ މެދުގައިއޮތް ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުން މަރާ ހުސްކުރަމުންދާއިރު މުސްލިމުން ކޮބައިތޯއެވެ!
ރަދީފްއޮފިޝަލް /
31 August 2025
ހައުދަހައި މުސްކުޅި މީހަކޭ.
ސިނާޑ
31 August 2025
މިއިސްބޭފުޅުންނަށް އަމާޒުކޮށް ޙަމަލާ ދެވެނީ މިބޭފުޅުން ތިބޭ ތަންތަން ބުނާ ބަޔަކު ޤައުމުގައި ތިބެގެން ކަމަށް ޤަބޫލު ކުރެވޭ. މިދެންެނެވީ ކޮންފަދަ ނުބައި ބައެއްތޯއެވެ
ނިރުބަވެރިކަމާދެކޮޅު
01 September 2025
ޔަހޫދީން ކުޅޭ ގޭމް މުސްލިމުން ދަސްކުރަން ޖެހޭ، ހަމަ ތިބެފަ ތަޅައިގަތީމަ ގެއްލުންވަނީ މުސްލިމުންނަށް، ވިސްނައިގެން ބޮލުން ކުޅެން މުސްލިމުން ދަސްކުރަންވީ، ގައްޒާގަ މުސްލިމު ވަރުގަދަ ވެރިކަމެއް އޮވެ ބޮޑު ތަރައްޤީއެއް މަތީ ތިބެ 2023 ގަ ހަމަ ތަޅައިގަތީމަ ހުރިހާ ގެއްލުމެއްވީ ގައްޒާއަށް، އޭގެ ބަދަލުގަ ސްޓްރޭޓެޖިކް މޮޅު ވިސްނުމަކުން ޤަތަރާ އެނޫންވެސް ޤައުމުތަކާއެކު ބޮލުން މާ މޮޅަށް ކުޅެވުނީސްކަމަށް ބެލެވޭ، ރަހީނުން ނަގައިގެން ޤައްޒާގަ ތިބެގެން މިކަންނުވި