ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައި.
01 ސެޕްޓެމްބަރ 2025 - 12:50
ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.
ހއ. ހޯރަފުއްޓަށް އުފަން ވަހީދު ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ މިއަދު ވިދާޅުވި ގޮތުގައި، ސީއެފްއޯގެ މަގާމުން ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދިނުމަށެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގަ އެވެ.
އެކަމަކު އޮކްޓޫބަރު 26، 2023 ގައި އޭނާ އެ މަގާމުން ވަކި ކުރުމާ ހަމައަށް، ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ވަހީދު ހުރީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
އޭރު ފެނަކައިގެ ސީއެފްއޯގެ މަގާމުން ވަހީދު ވަކިކުރުމުން އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ ތަނުން ނިންމީ އެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. އެހެންވެ އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން އޭރު އަމުރު ކޮށްފައިވެ އެވެ.
އޭނާ މި ފަހުން ފެނަކައިގެ ސީއެފްއޯގެ މަގާމު އަދާކުރެއްވީ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ފެނަކައިން ވަޒީފާ ހަމަޖެއްސުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަލްމަލް
01 September 2025
ނޫހެއްނޫނީ ސޯސަލްމީޑިޔާ މިހާރު ބަލައިލާފީއްޔާ މުޅިންވެސް ފެނަކަ ވާހިކަ. ވަރައްވެސް ފުރިހަމަ ބަދަލުތަކެއް މިފެންނަނީ
ލަވޭ
01 September 2025
ވަހީދު ހެދީ ރަނގަޅަށް
ސޯބިއާ
01 September 2025
ވައްޑެއަކީ ގާބިލް ނަޒާހަތްތެރި ބޭފުޅެއް
އަހުމަދުބިންސުލައިމާން
01 September 2025
ގާބިލު ދިވެހި ދަރިއެއް. ސިޔާސީ މީހުންނަށް ދޭން ވަޒީފާ ހުސްކުރަނީ. މުޅިންވެސް އެމްއެންޑީއެފް ގަ އުޅެފައި ތިބި މީހުން މިހާރު ފެނަކައިގެ ވަޒީފާ އަށް ޝަރުތު ހަމަވަނީ.
ހުޒޭމު
03 September 2025
އޮކްޓޯބަރ 2023 ގައި އިބޫ ވެސް ހަމަ ތިޔަ ބޭނުމުގައި ބާ ވަހީދު ވަޒީފާއިން ވަކިކުރީ؟
ލަވޭރާ
01 September 2025
ٱلْحَمْدُ لِلَّٰهِ ، މިފަހަރު ފެނަކައިން ތިބޭރުކުރީ އެތާހުރި އެންމެ ...
ކޯކްޒީރޯ
01 September 2025
ވަރަށްވެސް ހެޔޮ ބަދަލެއް. ޏަޖާހުއެމްޑީއަކަށް އައިފަހުން މިކަހަލަ ދުވަސްވީ ކޮރަޕްޓްމީހުން ކެނޑިބަދަލުވާތަން ފެނިފަ ހަމަ ހިނިއާދޭ.
މަހާރާ
01 September 2025
އަޅުގަނޑު ދަންނަ ބޭފުޅެއް މިއީ. ވަރަށް ޤާބިލު، ރަނގަޅު މިޒާޖެއްގެ ބޭފުޅެއް. ވަހީދަށް ރަނގަޅު ގޮތް މިންވަރުކުރެއްވުން އެދެން.
ބަހާރު
01 September 2025
ތެދެއް، ބަލާލަން ރީތި ގަބިލު މީހެއް، އަޑީގަ ފެނަކަ ....
ބުރޯސް
01 September 2025
ބޯޑުން މީނަކަނޑާލީ ކަންތައްބޮޑުވެގެން، އިސްތިއުފާ ދިނީކީއެއް ނޫން
ބޯޑު
01 September 2025
ބޭފުޅާ ތީ ބޯޑު މެންބަރެއްތަ؟ ވަޙީދު އިސްތިއުފާ ދިނީ ސީއެފްއޯ އަށް އެހެން މީހެއް ހަމަޖައްސަން މެނޭޖިންގ ޑިރެކްޓަރު ބޭނުންވެގެން އުޅުނީމަ. ފެނަކަ ހެޑް އޮފީހުގަ އުޅޭ މީހުންނަށް އެނގޭނެ މިކަން.
މޯހާން
01 September 2025
ފެނުނު މީނަގެ ވާހަކަ މިޔަދު އެހެން ނޫހަކުން. ދެން ރީތިކޮށްލަން ބޯޑުން ވަކިގޮތެއް ނިންމީމަ އިސްތިއުފާދިނީދޯ
މަޝްއޫދު
01 September 2025
ދެން މަހަކު މަދުވެގެން 2 މިލިޔަން ސަލާމަތް ވާނެ ކުންފުންޔަށް!
ކަޓް
01 September 2025
ދުނިޔެ އުމުރު އުޅެވޭ ވަރު ކޮށްފަ އޮންނާނީ. ދެން ހެޔޮ.
ސައްމޫނު
01 September 2025
މީ އުޅެންނޭގޭ ސޮރެއް