އިހަވަންދޫ ރަސްމީ ފާލަމުގެ ކުރެހުން.--
03 ސެޕްޓެމްބަރ 2025 - 16:11
މަސްވެރިކަމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ހއ. އިހަވަންދޫގައި ރަސްމީ ފާލަމަކާއި މޮނިއުމެންޓެއް ހެދުމަކީ އެ ރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ވައުދެކެވެ. ދައުރު ހަމަވުމުގެ ކުރިން އެ ވައުދު ފުއްދުމަށް މަސައްކަތް ފަށައި މިހާރު ވަނީ ފާލަމާއި މޮނިއުމަންޓުގެ ތްރީޑީ ކުރެހުމެއް ހަދައި އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.
މި އެނިމޭޝަނުން ފެންނަ ގޮތުގައި ރަށުގެ ފަޅަށް ވަދެގެން އަންނައިރު ފެންނަނީ މަސް ދޯންޏެކެވެ. އިހުގެ ދޯންޏެއްގެ ބަދަލުގައި ހަދާފައިވަނީ ދޯނި ބަނދެ ވެސް އުޅޭ އިހަވަންދޫގައި އާންމުކޮށް ބަނދެ އުޅޭ ޒަމާނީ މަސްދޯންޏެކެވެ.
އިހަވަންދޫ ރަސްމީ ފާލަމުގެ ކުރެހުން.
ދޯނީގެ ސިފަޔަށް ހަދާފައިވާ ފާލަމުގެ ތިރީގައި، ފުރާ މީހުންނަށް މަޑުކޮށްލެވޭ ގޮތަށް ތަނެއް ހަދާފައިވާއިރު ސިޑިއަކުން މައްޗަށް އަރާއިރު މަތީގައި އޮންނަނީ އޯޕަން އެއާ ކޮފީ ޝޮޕެކެވެ.
ފާލަމާއި މޮނިއުމެންޓުގެ އެނިމޭޝަން
ކައުންސިލް ރައީސް އަހުމަދު ސޮބާހު ވިދާޅުވި ގޮތުގައި އެތަން އެޅުމަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ސޮބާހު ވިދާޅުވީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެތަން ނިންމުމަކީ އަމާޒު ކަމަށެވެ.
އިހަވަންދޫ ރަސްމީ ފާލަމުގެ ކުރެހުން.
މޮނިއުމެންޓްގެ ކޮންސެޕްޓް ކުރެހުމަށް ރައްޔިތުންގެ ހިޔާލަށް އިއްޔެ ހުޅުވާލަފައިވާއިރު އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ 2:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންދާރު
05 September 2025
ތިޔަ ފާލަމުގެ މެއިންޓެނަންސް އަށް ފައިސާ ހޯދަން އޮތީ ކޮން ޕްލޭނެއްބާ؟
ޓިނުބެ
05 September 2025
ތިތަން ހަދަން 2 މިލިޔަން ރުފިޔާ ހަރަދު ކުރުމަކީ އެއްވެސް މައްސަލައެއްނޫން. މައިސަރުކާރުން ކުރާކަމެއްނަމަ ތިޔަ ކުރެހުމަށްވެސް 2މިލިޔަނަށްވުރެ ގިނައިން ހަރަދުކުރާނެ. އިހައްރޭ އެއަރޕޯޓް ހުޅުވަން ކުރި ހަރަދު ހަނދާންހުރި މީހަކު މިހާރު ނެތް.
ސަލީމު އިދުރީސް
04 September 2025
ބެލެހެއްޓުމުގެ ހަރަދު ވަރައްބޮޑުވާނެ ތިވަރު ކުޑައާބާދީ ތިތަންމާ ބޮޑު ނޫންތޯ
ކައުންސެލަރު....
04 September 2025
ރައްޔިތުންގެ ފައިސާ ދެއްކުންތެރިކަމާ އަދި ނުކޮށްވާންހުރިކަންކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާހުރިގޮތެއްގައި ބޭނުންކުރުމުން ރައްޔިތުންގެ ލޯބިލިބޭނެ. ކައުންސިލްތައް ބާރުވެރި ކުރީމާ ދެއުޅިއެއްނުވާ ކަންކަމަކަށްނޫން ބޮޑުޚަރަދު ކުރަންވީކީ. ތިވަރުންނޫނަކަސް ވެދާނެ.
މުޑަހަންޖާ
03 September 2025
ތިޔަ ފާލަމަށް ދޯންޏެއް ކާރިކުރީމާ ވައްތަރުވާނީ ވިހައިގެން އުޅޭ އެއްޗަކާ، ތިކަމަށް އަހަރެމެންގެ ތާއީދެއްނެތް.
ޖީބުފީބޯ
03 September 2025
ކަލޯ ކުޅަދާނަޔޭ އިނގޭ! ހަބީބީއެއްވެސް އެބައިން ވައްޓާލާފަ. ސަރުކަރަށްވުރެ ކައުންސިލުތައް މިހިރީ ޓެކްނޮލޮޖީގެ ގޮތުން މާ ކުރިއަރާފައެއްނު. ތުރީޑީ ފޮޓޮޔެއްނޫން، މިހުރީ ސީދާ ދިރޭ ވީޑިޔޯ ހަދާލާފަ. ފަހުގެ ޓެކުނޮލޮޖީން އަގު ހެޔޮކޮށް ކޮށްލެވޭނެ މިޒާތު ކަންކަން. އެކަމު ސަރުކާރުން ކޮށްފިތަ، އެވޯޑު ވާނީ ފަސް މިލިއަނުން މަތިން ވީޑިޔޯ ކޮޅަށް. މަސައްކަތަށް ކޮލިފައިވާނީވެސް ހަމަ އެއްކަލަ މީހުން.
ޒާލިމް
03 September 2025
ވަރަށް ތަފާތު ހުނަރުވެރި، އުފެއްދުންތެރި ޚިޔާލެއް. ހިތަށް އަރަނީ ތިޔަ މޮނިއުމެންޓް މޫދުގައި ނުބާއްވާ ތޮށިގަނޑުމަތީ ހުންނަގޮތަކަށް ހަދާލެވިއްޖެއްޔާ އަދި މާފުރިހަމަ ވާނެޔޭ. އަދި ބޯޓް ފަހަރުގައި ހުންނަހެން ތިރީ ޑެކުން މަތީ ޑެކަށް އެރޭނޭހެން ސިޑިއެއް ހުރުންވެސް ރަގަޅުވާނެ.
ސދޗސދޗސދ
03 September 2025
ރަށު ކައުންސިލަށް ދޭ 7 މިލިޔަން ރުފިޔާއިން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ބައެއް ކައުންސިލްތަކުން އެބަ އުޅޭ!
މުހާދު
03 September 2025
ރައްޔިތުން ފައިސާއިން ހަދާފަ ރަސްމީ ފާލަންކިޔައި އަހަރަކު އެއްފަހަރު ވެރިޔާ ބޭނުންކުރަން ބާއްވަނީތޯ؟؟ރައްޔިތުން ވިއްސާރައާއި އަވީގަ 5ލޯންޗް ހުރަސްކޮށް އެހެން ދިމާތަކުން އަރަންޖެހެނީ..ބަލިމީހުނާއި ކުޑަކިދިން އަރުވަން އެހާ ތަކްލީފް ބޮޑު..
ކޯނޭ ލިފްޓު
03 September 2025
2025 ގަވެސް ސިޑި އެކަނިތޯ ތޯ ބަހަށްޓަނީ.... ލިފްޓެއްވެސް ލާބަލަ ހެޔޮނުވާނެ... މ