ހދ. ކުޅުދުއްފުށީ ކުޅީގައި ބަޔަކު ކެނޯ ދުއްވަނީ.-- ފޮޓޯ: ޖައުފަރު އަލީ
04 ސެޕްޓެމްބަރ 2025 - 10:26
ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ގުދަރަތީ ރީތި ކުޅިއެއް އޮންނަ އަދި އެއާޕޯޓާ އެކު ދަތުރުފަތުރުގެ ފަސޭހަަކަން އޮތް ކުޅުދުއްފުށީގައި ޓޫރިޒަމް ކުރިއަރުވަން މިހާތަނަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނެތެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައިގައި ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ.
އެ ބީލަމާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރަންޖެހެ އެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30 ގެ ކުރިންނެވެ.
ކައުންސިލުން ބުނީ ބިޑު ހުށަހެޅުން ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިމަހުގެ 18 ގައި ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބިޑު ހުށަހަޅަންދާ ކޮންމެ މީހަކަށް ވެސް ހުށަހެޅޭނީ އެންމެ ބިޑެކެވެ. އަދި ބިޑުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަކުރު
05 September 2025
ކޮންމެ ކޮންމެ ކުޅިއަކީ މާކަށް ތާޚިރުތަނެއްނޫން. އަނެއްކާ ކުޅީގެ އެއްބައި ތިއޮތީ ހިއްކާލާފަ..
ބޮޑުޙަރަދު
05 September 2025
ކައުންސިލްތަކުގަ "ޕްލޭނެއް" ހަދާލާ ފެންވަރުގެ މީހުންނެއް. ދެންކީއްކުރާ ބައެއް
ވަމުންދަނީ
04 September 2025
ރާއްޖެތެރޭ ރަށްރަށަކީ އެއީ އެރަށެއްގައި ދިރިއުޅޭ ރައްޔިޔުންގެ ތަރިކަމުދަލެއް ނޫނޭ އެއީ މާލޭ ސަރުކާރުގެ މިލްކިއްުޔާތެކޭ ދެން ރަށްރަށުގެ ކައުންސިލަރުން ބޭނުންވުމުން އެރަށުގެ ބިން ތަކާއި ކުޅި ތައް އަޑި ނޭގޭ ރަށުތެރޭ ބިކާރީ އަކަށް ދީ މާލެ އައިސް އެބިކާރީ އަކު ބޮޑު އަގުގައި ވިއްކާލާ ކަޓްކާލަނީއޭ ފިއްލަދޫ ގައި ޗަންޕާ އިންވެސްޓް ކުރަން އުޅުމުން ހުއްޓުވީ ކަޓް ކައުންސިލަރުންނަށް ނުދީގެން މީހަކަށް 10 މިލިއަން ޑޮލަރުގެ ކަޓެއް ދޭން އެމެން ޑިމާންޑްކުރީ
ބޮންޑި
04 September 2025
ކުޅި ބަލާކައް ބަޔަކު ނާންނާނެ. ކުޅިއަކީ އަހަރެމެނައް މާ އާ އެއްޗަކައްވިަސް އެވެރިންނައް އެކަން އެހެނެއް ނޫން
ދޮހޮއްތުބެ
04 September 2025
ކޮންމެ ރަށަކީ ޓޫރިޒަމް ދޮންވެ ފައްކާވާނެ ރަށެއްނޫން ކަން އެންމެނަކު ގަބޫލު ނުކޮއްފާނެ
67777
04 September 2025
އަސްލުތަ؟ ކުޅީގެ ބާކީބައި ހިއްކާލާ.
ރެޓޭ
04 September 2025
އެ ތަނެއްގެ ޠަބީއަތާ ގުޅޭކަމެއް ކުރެވޭތޯ ބެލިއްޔާ ރަނގަޅުވާނެ؟ އައްޑޫގަ ތިކަން ކުރަންއުޅޭތާ 25 އަހަރު ވަނީ ! އެބަ ކުރެވޭތަ؟
އެހެންތޭ
04 September 2025
ރާއްޖެތެެރޭ މީހުންނަށް ހީވަނީ ރަށެއްގައި އޮންނަ ކުޅިގަނޑެއް ބަލަން ކަމަށް ޓޫރިސްޓުން އަންނަނީ ނޫން އެމެން އަންނަނީ ރީތި މޫދާއި ބީޗާއި އަދި ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުވުމުންނޭ މިހާތަނަށް ރާއްޖެތެރޭގައި ހުރި އެއްވެސް ގެއްސްޓް ހައުސް އަކުން ގެސްޓުން ހިތްހަމަޖެހޭ މިންވަރަށް ކެއުން ވެސް ނުދެވޭ އަދި ހައުސް ކީޕިންގް ސާރވިސް އާއި ޓްރެވެލިންގް ވެސް ނުދެވޭ ޚާއްސަ ކޮށް މީހުން ދިރިއުޅޭ ރަށްތަކަށް ދާ ގެސްޓުން މަދުވެއްޖެއޭ ދެން ކުޅުދުއްފުށީ ބީޗްކޮބާތޭ
މަބުނީ
04 September 2025
ފޮޓޯގަންޑުގެ ފަހަތުން އެފަންނަނީ ޕުލާޓިކު ކޮތަޅުތައް. ފުރަތަމަ ތިތަން ސާފުކުރައް ވަޒީފާ އައް މީހުން ލާބަލެ ތިޔަ ކުޅި އަމިއްލަޔަކް ކުނިކަހާ ކުނިނަގާ ސާފެއްނުވާނެ.
ނުކުރާށޭ
04 September 2025
ކުޅުދުއްފުށީގައި އެއަރޕޯރޓް އެއް އެޅުުމުން ވެސް އެރަށަށް އައި ތަރައްގީ އަކީ ކޮބައިކަން ބުނެދޭން އެޑޭޓާ ކަލެކްޓްކޮށް އެޑޭޓާ ޕްރޮސެސް ކުރުމަށް ފަހު އެމެން ނެތޭ ޑޭޓާ ޕެޓަރން އިވޭލުއޭޝަން އެއް ހަދާ އަދި އެނޮލެޖް ޕްރެޒެންޓް ކޮށްފައި ސުވާލަކީ ކުޅުދުއްފުށި ޓޫރިޒަމް ޑެސްޓިނޭޝަން އަކަށް އެއަރޕޯރޓް ހެދި ފަހުން 5 އަހަރުވެގެން ދިޔައިރު ވެސް ނުވީ ކިއެއްވެތޭ އެކަމަކު މާފުށި ދަނީ ބިން ފުރެމުންނޭ ގެސްޓް ހައުސް ތައް އަޅަމުން މިފަދަ ޑޭޓާ ސެޓްސް ނުބަލާ ތިޚަރަދު
ފާހާނާއްތަ
04 September 2025
ރަށްރަށުގައި އެއާޕޯޓު އަޅަނީ ކ.މާލޭ ގަބީލާމެންގެ ކޮޓަރިކުލީ ވިޔަފާރިއަށޭ، ކަލޭ ކ.މާލޭތެރޭން ޑޭޓާ އަޅާފަ ބަލާބަލަ ތިޔަ އެއާޕޯޓުގެ ސަބަބުން ދުވާލަކު ކިތައް ގޭގޭ ކޮޓަރި އެބަވިކޭތޯ.