އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
04 ސެޕްޓެމްބަރ 2025 - 11:42
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގެ ލީގަލައިޒޭޝަން ނުވަތަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހުންނަށް ސިސްޓަމުގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖީދު ވިދާޅުވި ގޮތުގައި ޑޮކިއުމަންޓްތައް ނެތް މީހުންނާއި ފިލައިގެން އުޅޭ މީހުން އަދި އެ ނޫން ވެސް ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އެ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ އެވެ.
އެހެންވެ، އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
ބިދޭސީން ގަވާއިދަށް ފެއްތުމަށް ފުރަތަމަ ހިންގި ޕްރޮގްރާމުގެ ދަށުން ވެސް އެނގިގެން ދިޔައީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި ވަަޒީފާދޭ ފަރާތްތަކުގެ އިހުމާލުންނާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ މީހުން ގަވާއިދާ ހިލާފަށް އުޅެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ޕްރޮގްރާމް ދަށުން ގަވާއިދުގެ ތެރެއަށް ވަނުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އެމީހުންނަށް ދޭނެ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީންތަކެއް މައުލޫމާތު ދިނުމަށް ކިއުގައި މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަޖީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ބިދޭސީންގެ މައުލޫމާތާއި ފޮޓޯ އެއްކުރުމަށް މިދިޔަ އަހަރުގެ މެއި މަހުގައި ފެށި "ކުރަނގި" އޮޕަރޭޝަން އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެވެ. އަދި އެކަންކަން ފުރިހަމަ ކުރަން ވަޒީފާދޭ ފަރާތްތަކަށް ވެސް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނެވެ.
މަޖީދު ވިދާޅުވި ގޮތުގައި އެ މުއްދަތުގައި 160،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވުނެވެ.
އެ އޮޕަރޭޝަނުން ހާސިލުކުރަން ބޭނުންވީ ދެ ކަމެއް ކަމަށާއި އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން 100 ޕަސެންޓް މީހުންގެ މައުލޫމާތު އެއްކުރުމާއި އެންމެންނަކީ ވެސް ގަވާއިދުގެ ތެރެއިން އުޅޭ ބަޔަކަށް ހެދުން ކަަމަށް މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތަށް ފަހު، މިހާރު ކުރިއަށް ދަނީ ގަވާއިދުތައް ތަންފީޒުކުރުމާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމެވެ. އޭގެ ދަށުން ވަނީ ބިދޭސީންގެ މައުލޫމާތާއި ފޮޓޯ ނުދޭ ފަރާތްތައް އެކްސްޕެޓް ޕޯޓަލުން ސަސްޕެންޑްކޮށްފައި ކަމަށް މަޖީދު ވިދާޅުވި އެވެ.
ގަވާއިދުތައް ތަންފީޒުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ އެއީ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ގަވާއިދަށް ފެއްތުމަށް ކަނޑައަޅާ މުއްދަތުގައި އެގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ މި ސަރުކާރު އައިއިރު ބިދޭސީންގެ ފީތަކަށް ދައްކަންޖެހޭ ފައިސާ ދައުލަތަށް ނުލިބޭ މައްސަލަ ބޮޑު ކަމަށެވެ. އޭރު ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާ ފީގެ ގޮތުގައި ނުލިބި އޮތަސް މި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން މިދިޔަ އަހަރު ވަނީ ބިދޭސީ މަސައްކަތްތެރިން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ވަނީ ޑީޕޯޓްކޮށްފަ އެވެ. އެ ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި
05 September 2025
ފައްޔާޒު ހެދި ގޮތަށް ގަޅޮލު ދަނޑަށް ތިމީހުންތަށް ގެނެސް އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި އޯޕަން ވޯކްޕާމިޓް ކާޑެއް ދީފައި އަނެއްކަަވެސް މަގުމައްޗަށް ދޫކޮށްލަ .އޭރުން މޑޕ ހެދި ގޮތަށް ގައިވައިދުގެ ތެރެއަށް ވެއްދުނީ
އަފްރާސިޔާބު
04 September 2025
ބޭނުންވާވަރަކަށް ގަވާއިދުން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލުމަށްފަހު އެމީހުން ގަވާއިދަށް އެޅެން ފުރުސަތު ހުޅުވާލަނީ. މީ މި ސަރުކާރުގެ ރަނގަޅުކަމަކީ ގަވާއިދާ ޚިލާފަށް ނޫނެއްނުން އެތެރެކުރީކީއެއް. ކުރީ ސަރުކާރުގެ މީހުން ބޭރުކުރުމަށްފަހު ފުރުސަތު ހުޅުވާލީ. ކޮބައިތަ މިހާރު އެއްކަލަ ކުރަނގި ޕްރޮގްރާމް އުދުހިގެންދިޔައީދޯ؟
ހަބީބު
04 September 2025
ތިޔައީ އެއްގޮތަކައްވެސް ކޮއްގެން ވާނެ ކަމެއްނޫން އަޅުގަނޑު މަސަތްކަތް ކުރަން ގެނައި މީހެއް އެހެން މީހެއްގެ އަވައިގަ ޖެހިގެންވަނީފިލާފަ އޭނަހޯދައި ދިނުމައް އެދި އިމިގްރޭޝަނުގަ ދަންނަވައިފިން ފަހަރަކު ނަންބަރެއް އަޅުގަނޑައްލިބެނީ އެމީހާ ފިލައިގެން އެއުޅެނީ ހުރިހާ ފީތަކެއް ދައްކަން މިޖެހެނީ އަޅުގަނޑައް އެމީހާ ހޯދާފަ އަޅުގަނޑައް ގުޅާ
އޮނަރަބްލް އަފީފު ދީދީ
04 September 2025
ކޮން ޤައުމެއްގެ ކާކުކަން ނޭގޭ އިމިޤްރޭޝަން ޤާނޫނާއި ޙިލާފް އެތައް ހާސް ބިދޭސިން ފާޅުކަން ބޮޑު ގޮތަކަށް މިނިވަންކަމާއި އެކު ރާއްޖޭގައި ދިރިއުޅެމުން ދާއިރު މިފަދަ ސީރިއަސް ކަންކަމުގައިވެސް މާލޭސަރުކާރު ޙިންގާން ޙަވާލުވެތިބޭ މީހުން ގެންގުޅެމުން އަންނަނީ ވަރަށް ކަންނެތް ދެކޮޅު ނުޖެހޭ ސިޔާސަތު ތަކެއް. ތިގޮތަށް ތިކަން ކުރާނަމަ މިރާއްޖެއަކީ މަޔަންމާގެ ރަކީން ސްޓޭޓްގައި އުފެދުނު ފަދަ ރޯހިންގޔާ އާބާދީ ފަދަ އާބާދީއެއް އޮތް ޤައުމަކަށް ވެގެން ހިގައިދާނެ.
އޮނަރަބްލް އަފީފު ދީދީ
04 September 2025
އިމިޤްރޭޝަން ޤާނޫނާއި ޙިލާފު ބިދޭސިން މަދުކުރެވޭނީ މިފަދަ މީހުނަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުކޮށް މިފަދަ މީހުން ލައްވާ މަސައްކަތް ކުރުވުމަކީ މަސައްކަތް ކުރުވާ ފަރާތަށްވެސް ބޮޑެތި ގެއްލުން ލިބޭނެ ކަންކަން ކަމަށް އެމީހުނަށް ވެސް އިޙްސާސް ކުރެވޭނެ ގޮތަކަށް ކަންކަން ކޮށްގެން. އަދި އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިންނަށް މަސައްކަތް ޙަވާލު ކުރާ ފަރާތް ތަކަށްވެސް ޤާނޫނީ އަދަބުދީ އަދި މަސައްކަތުގެ މާހައުލުން މިފަދަ ބިދޭސިން ހައްޔަރު ކޮށްގެން.
އޮނަރަބްލް އަފީފު ދީދީ
04 September 2025
މިސާލަކަށް މުދާ އުފުލާ ދޯންޏެއް ނުވަތަ ބޯޓެއްގައި ޤަވާއިދާއި ޙިލާފު ބިދޭސިން ގެންގުޅޭނަމަ މުދާ އަރުވައިގެން ބޯޓް ނައްޓާލާ ވަގުތު އެފަދަ ބޯޓް ތަކުގައި ތިބޭ ބިދޭސިން އަތުލައި ގަތުމާއި، އިމާރާތެއްގެ ޝީޓް އަޅަމުން ދަނިކޮށް އެތަނަށް ގޮސް އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިން ހައްޔަރު ކޮށް ހިފަހައްޓައިގެންނޫނީ ބޯޓްގެ ވެރިފަރާތަށާއި، އިމާރާތް ކުރާ ގޭގެ ވެރިމީހާ ނުވަތަ ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާއަށް މިކަން ހުއްޓާލަން ޖެހޭކަން އިޙްސާސް ނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
04 September 2025
ބިދޭސިންގެމަައްސަލަ ހައްލުކުރަން ބޭނުންނަމަ، ފުރަތަމަ އެފަދަ މީހުންނަށް ނާދެވޭނެގޮތް ހެދުމަށްޓަކާ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ، ޗައިނާ، އިންޑިޔާ، އާއި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށް ސިޔާސަތު ކަޑައަޅުއްވާ.
ހުއްބުލްވަތަނަބެ
04 September 2025
ފުރުސަތުތައް ދީގެން ކުރަން އުޅޭކަމެއް ކުރެވޭނީ. އިތުރު ފުރުސަތު ދީގެން ހައްލު ނުވާނަމަ ދަފުތަރުގައި ރަޖިސްތޓްރީކޮށް ދިވެހި ޕާސަޕޯޓު ދޭންވެސް ފަސަނުޖެހޭނެކަން އެއްވެސް ކަމެއްނޫންކަން މިވަރުވީމަ އެބަވިސްނޭ. ގައުމަށް ވާނެއްއެއްޗެއް ވާންދޫކޮށް ގައުމުގެ މިނިވަންކަމާއި ކަރާމާތުގައި ދަޑިމާރު އަޅައިގެން ވިއަސް ވަންއޮތްގޮތަކުން ހޯދަންވީ. އެކަމަކު އެކަކުގެވެސް އެކައުންޓުގައި ފަސްސަތޭކަޔަށްވުރެން އިރުތު ނުކުރާތި.
އަހުމަދު2
04 September 2025
ސިޔާސީ މައްސަލަތައް އޮއްބާލަން ދައްކާވާހަކައެއް ބިދޭސީންގެ ވާހަކައަކީ. މަ ނުބުނަން އެކަމުގަ މައްސަލަނެތެކޭ. އެކަމަކު ބިދޭސީން ގެ ވާހަކަ ދައްކަނީ އެކަހަލަ ވާހަކަތަަކަށް ދިވެހިން ހެއްލޭތީ. ކުށެއް ނުކުރާ ބަންގްލަދޭޝްގެ އަރަފާތަށް އަރުވާލިވަރު. އޭގެ ސަބަބުން ނިކަމެތި އާދައިގެ ދިވެހިން ކުރަމުން އައި ކުދި ވިޔަފާރިއަށްވެސް ގެއްލުންވި. ބުޅާ މަހޭ ކިޔައިގެން ދެއްކީ އެއްވެސް ތެދެއް ނެތް ވާހަކައެއް.
މަގޭވިސްނުން
04 September 2025
ފުރުސަތުދީފައި ވަގުވިޔަފާރިކުރަން ބައިތިއްބާ. އޭރުންތާ ހަދިޔާއެއްވެސް ދިއްކޮށްލާނެ މީހަކު ވާނީ. އެކަމަކު ދިވެއްސަކު އަގުހެޔޮކޮށް ބޭރުން އެއްޗެއް ގަނެލިޔަސް %30 ޕަސެންޓު ޗާޖުކޮށްލައި ބަނޑަށް ޖައްސާލާތި.