06 ސެޕްޓެމްބަރ 2025 - 19:44
ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުތައް މިއަދު ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ އަމަލީ މަސައްކަތްކުރާ ޓީމުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށާފައިވާ ކަމަށެވެ. އެ ޓީމު އެންމެ ފުރަތަމަ ދިޔައީ ކ. ގުރައިދު އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ވިލުންތެރި ރާއްޖެ 2045"ގެ ޓީމުން ގުރައިދުއަށް ޒިޔާރަތްކޮށް، އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖޭގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް އެ ޓީމުން ހޯދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް "ވިލުންތެރި ރާއްޖެ"ގެ ޓީމުތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރުކުރާނެ ކަމަށެވެ.
އެ ދަތުރުތަކުގައި ޓީމުތަކުން ބާއްވާ ބައްދަލުކުރުންތަކުގައި ބައިވެރިވެ، މަޝްވަރާ ހިއްސާކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށްރަށުގައި ހުންނަ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިތަކަށާއި އަދި އާންމުންނަށް ވެސް އޮންނާނެ ކަމަށް މިިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ގައުމުގައި ކުރާ އެންމެހާ ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިގުތިސާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، އަދި ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި އެ ކަންކަމުން އަރައިގަނެވޭނެ ގާބިލުކަން ހުރި ވިލުންތެރި ރާއްޖެއެއް ބިނާކުރުމެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދައިދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
08 September 2025
5 އަހަރުން ވެރިކަން ބަދަލުވޭ. ކޮންމެ ބަޔަކު އަންނަނީ މެނިފެސްޓޯއަކާއެކު. މިސަރުކާރުން ހިންގާ ކަންކަން ދެން އަންނަ ސަރުކާރުން ނުހިންގާނެ. ތިއީ ބޭކާރު ކަަމެއް.
އެއްފަސް
08 September 2025
ރަށްރަށުން ޑިމާންޑް ކުރަންވީ ކުރިއަށް އޮތް ދެތިން އަހަރު މަގާ، ބަނދަރާ، ފުޓްބޯޅަ ދަނޑު ފަދަ ކަންކަމަށް ތިމަންމެންގެ ރަށަށް ހަރަދު ނުކުރިޔަސް ހެވޭ. އެކަމަކު އޭގެ ބަދަލުގައި އެ ފައިސާއިން ހަރަދުކޮށްގެން ގްރޭޓަރ މާލެ ސަރަހައްދުގައި ނުވަތަ ރަނގަޅު އާރބަން ސިޓީއެއްގައި ތިމަންނާމެން އާބާދުކޮށް ދޭނެކަމުގެ ޔަގީންކަން ދޭށޭ. ސަރުކާރުން ހުޅުވާލަންވީ މިކަހަލަ ޕެކޭޖްތައް. ބިޔަ އާބާދީއެއް އެއްތާކު ނުވެ، މަގާ، ބަނދަރާ، ދަނޑުން މިޒަމާނުގެ ބޭނުންތައް ނުފުއްދޭނެ.
އެއްފަސް
08 September 2025
އެންމެ ބޮޑު ޕްލޭނަކަށް ވާންވީ މީހުން ދިރިއުޅޭ ރަށްތައް މަދުކުރުން. އާރބަން މަދު ސިޓީތަކެއްގައި މީހުން އުޅުން. މިނޫން ގޮތަކަށް މިޒަމާނުގެ ތަރައްޤީ ރާއްޖެކަހަލަ ތާކަށް ނުގެނެވޭނެ. ހޮސްޕިޓަލެއް، ކޮލެޖެއް އަޅަން މީހަކު އިންވެސްޓް ނުކުރާނެ ބޮޑު އާބާދީއެއްގައި ނޫނީ. އެތައް ރަށެއްގައި ސަރުކާރުން ހަރުދުކޮށްގެން ސްކޫލާ ސިއްހީމަރުކަޒު ހިންގަންޖެހެނީ ނަމެއްގަ. އުފެދޭ އިގްތިސާދެއް އަމުދުން ނޯވެ. އެންމެން އެދަނީ ގްރޭޓަރ މާލެއަށް. މީ ކަންހިނގާނެ ގޮތް.
ޔަގީންޓާރ
07 September 2025
އެއްކަލަ އަރބަން ސެންތަރުތަކުގެ ވާހަކައެއް މިހާރަކު ނުދައްކާ! އެކަންވެސް ފެން ބޮތްކަކަށްވެގެން އެނިމުނީދޯ! ދެރަ
ހުޅުދޫކަލޯ
07 September 2025
ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް ކީއްކުރަންތޯ 50 އަހަރަށް ވެސް މާސްޓަޕްލޭން އެކުލަވައިލާންވީ އެވެ. އެކަމަކު އޭގެ ކުރިން މުޅި ސަރުކާރުގެ ހުރިހާ ކަމެއް އިސްލާހް ކުރައްވާށެވެ. ހަގީގީ މާނައިގަ ރައްޔިތުންނާ މަޝްވަރާކޮށް ކަރުދާހެއް އެކުލަވައިލާށެވެ. އޭގެ ފަހުން ފަންނީ ތަޖްރިބާހުރި ފަރާތްތަކާ އެކު މަހާސިންތާއެއް ބާއްވާށެވެ. އަވަސް އަރުވާނުލާ އެކަށީގެންވާ ވަގުތުދީގެން މާސްޓަޕްލޭން އެކުލަވައިލެވިއްޖެ ނަމަ ނަތީޖާ ރަނގަޅުވާނެ އެވެ.
ibrahim waheed
08 September 2025
އެފަދަ ޕްލޭނެއް ހެދުމަށް ފަހު ގާނޫނު އަސާސީގެ އަކުރެއްގެ ގޮތުގައި އެހިމަންވާނެ. ނޫނީ ދެން އަންނަ ސަރުކާރަކުން އެ ދޫކޮށްލާނެ
ވިދުވަރު 2.0
07 September 2025
އޮންލައިން ޓެކް ޒަމާނުގަ އަދި ދިވެހިރާއްޖެ 2.0 ގަ އޮންލައިންކޮށް މިކަމަށް ހިޔާލު ހުށަހެޅޭނެ ނިޒާމެއް ގާއިމް ކޮއްލުން ކީއްތޯ؟
މިސްޓަރ ވާން
07 September 2025
ޚަބަރު ކިޔާފައި އިހްސާސްަ ވިގޮތް: 1.ދެން އަމިއްލަ ޖީބު ބޮޑުކުރާ ޕްޕްރޮޖެކްޓް ތަށް ތިހުންނަނީ. 2.ޕްރޮޖެލްތްތަކުގެ ނަމުފައި ކަރަޕްޝަން އިންތިހާ ދަރަޖައަށް ގޮސްފައި މިއޮތީ 3. އެއްވެސް ޕްރޮޖެކްތް އެއް ނުކުރަން ދައްކާ ދަޅަތަށް ކަމަސް އިހްސާސް ކުރެވެނީ 4. ދެން އަނެއްކާ 20 އަހަރު ވެރިކަމުގައި ނުބެހެއްޓީމަ ނުވީކަމަށް ދެއްކޭނެތާ ދޯ..
ރާއްޖެ
07 September 2025
ކައުންސިލް ތަކުގެ ވިސްނުން ހުންނަނީ ރޯދަ މަހު ބާއްވާނެ ފުޓްސަލް މުބާރާތްތަކާއި ބަށި މުބާރާތާ ހިސާބުގަ. ތަރައްގީ ގެންނާނެ ގޮތެއް ނުވިސްނޭ. ހިންގަން ތިބޭ 5 މީހުންނާއި ބޭކާރު އަންހެނުން ކޮމިޓީތަކާއި އެކު މިއީ ބޭކާރު ޚަރަދު ބޮޑު ނިޒާމެއް.
ވިދުވަރު 2.0
07 September 2025
ހަގީގަތުގަވެސް ތެދެއްް. އެހެންނޫނީޔާ ބަށި މުބާރާތެއް. އެވަރުން ފުއްދާލައިގެން އެތިބެނީ.
ރާވެރިބެ
07 September 2025
ރައްޔިތުންގެ ޙިޔާލު ހޯދިޔަސް ހުރިހާ ކަމެއް ނިންމަނީ އެންމެ މީހެއް. ރައްޔިތުންގެ ޙިޔާލާ އެއް ގޮތަށް ކަންކުރާނަމަ ގުޅިފަޅާ އުތުރު ތިލަފަޅާ ހުޅުމާލޭ ފޭސް3 އާބާދު ނުވަނީސް ނެތް ފައިސާއިން ރަސްމާލެ ހިއްކަން ނުފެށީސް. އަދި އެޙަރަދު މާލޭ ސަރަހައްދަށް ނުކޮށް އަތޮޅުތަކުގަ ފްލެޓާ އެހެނިހެން ވަސީލަތް ގާއިމުކުރަން ފައިސާ ބޭނުން ކުރާނެ. ހުރިހާ އެއްޗަކީ އީގޯ.
އެލަވަންސް22
07 September 2025
ޗުއްޓީ ދަތުރުތަކެއް ދައުލަތުގެ ޚަރަދުގައި އަޅާލަނީ ދޯ.