ކުޅިވަރު / އެފްއޭއެމް

އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް

އެފްއޭއެމުން ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން: ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް ކޮލިފައި ކުރުމަށް ކުޅޭ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް އެފްއޭއެމުން ވަނީ ހުޅުވާލާފަ --- ފައިލް ފޮޓޯ

ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ކޮލިފައި ކުރުމަށް ކުޅޭ ފުރަތަމަ މުބާރާތް، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމުން އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

އެފްއޭއެމުން މިދިޔަ މަހު އިއުލާން ކުރި ފުރަތަމަ އިއުލާނުގެ މުއްދަތު މި މަހު އެއްވަނަ ދުވަހު ހަމަވި އެވެ. އޭރު ދިން ދެ ހަފުތާގެ މުއްދަތު ކުރުކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރި އެވެ.

އެފްއޭއެމުން މިފަހަރު ކުރި އިއުލާނުގައި އިތުރު އެއް ހަފުތާގެ މުއްދަތު ވަނީ ދީފަ އެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަ އެވެ. ފޯމް ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. މެއިލް ކުރާނީ [email protected] އަށެވެ.

މި ފަހަރުގެ އިއުލާނުގައި ރަށްތަކުގެ ޓީމުތައް ބައިވެރި ކުރުމުގެ އިސްކަންދޭ ތަރުތީބެއް ވެސް އެފްއޭއެމުން ވަނީ ހިމަނައިފަ އެވެ. އެ ލިސްޓްގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ އެއް ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބްތަކެއް ބައިވެރިވެއްޖެނަމަ، އެފްއޭއެމުން ގުރު ނަގައިގެން އެ ރަށެއް ތަމްސީލު ކުރާ ކްލަބެއްގެ ކަނޑައަޅާނެ ކަމަށެވެ.

މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު:

1. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.

2. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.

3. މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެއް (އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފް.އޭ.އެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައެޅުން.)

އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ. އެއީ:

- އުތުރު ރީޖަން

- ސެންޓްރަލް ރީޖަން

- ދެކުނު ރީޖަން

- މާލެ ރީޖަން

މާލެ ރީޖަން ފިޔަވައި އަނެއް ތިން ސަރަހައްދުގައި ކޮލިފައިން މަރުހަލާ ފަށާނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ. އެޓޯލް ޗެމްޕިއަންޝިޕް، ވަކި ވަކި ޒޯންތަކުގައި ފަށާނެ ތާރީހް ވެސް އެފްއޭއެމުން ގެޒެޓްގައި އިއުލާން ކޮށްފައި ވެއެވެ.

އަތޮޅުތެރޭގެ ތިން ޒޯނުގައި ދިވެހި ލީގުގެ ކޮލިފައިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތާރީހް:

- އުތުރު ރީޖަން: އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 އަށް

- ސެންޓްރަލް ރީޖަން: ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް

- ދެކުނު ރީޖަން: ޑިސެމްބަރު 1 އިން އަންނަ އަހަރުގެ ފެބްރުއަރީ 15 އަށް

އެޓޯލް ޗެމްޕިއަންޝިޕް ބާއްވާނީ ސެންޓަރަލައިޒު އުސޫލުން

ގެޒެޓްގައި އެޓޭޗްކޮށްފައިވާ މުބާރާތުގެ އޮނިގަނޑުގައި ބުނެފައިވާ ގޮތުން އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ އެ ސަރަހައްދެއްގެ ސަބް ޒޯނަށެވެ. ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.

- އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.

- އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.

- ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.

- ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.

- ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.

- ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ

ސަރަހައްދީ ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން

ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގަށް ކޮލިފައި ބުރަށެވެ.

ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި މި އަންނަ މަހު ފަށާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.

އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ލީގުގައި މިފަހަރު 10 ޓީމު ވާދަކުރެ އެވެ. އެ 10 ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިނީސް

08 September 2025

ކައުންސިލްގެ ބަޖަޓްއިން ޙަރަދު ކުރާ ގޮތަށް ތިކަން ކުރަންވީ ! ރަށަށް ލިބޭ އެއްޗަކުން ޙަރަދު ކުރީމަ ތިކަން ޒިންމާ ދާރުކޮށް ބެލެހެއްތޭނީ

The name is already taken The name is available. Register?

ރިއަލިޓީ..

07 September 2025

ފުޓްބޯޅައޭ ކިޔާފައި ރައްޔިތުންގެ ޓެކުސް ފައިސާތައް ތަޅާހުސްކުރަނީ ބޭކާރު ގޮތުގައި.. އަސްލު ބައިވެރިވާ ޓީމްތަކަށްވެސް އެހީވަނީއެއްނޫން ބޮޑެތިން ތަޅާބުރުއްސަނީ ފައިސާތައް.. ކުރިންވެސް ބައްޝާމް އެކައުންޓަށް ހުރިހާ ފައިސާއެއް ޖަމާކުރީ

The name is already taken The name is available. Register?

ގައްސާނު

07 September 2025

ކިތަށް ޓީމުތަ ބައިވެރިވީ، ދެވަނަ ފަހަރަށް އިއުލާން ކުރާނީ ހީކުރި ވަރަށް ވުރެ ތަރުހީބު ކުޑަވީ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454