ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. --ފައިލް ފޮޓޯ: މިހާރު
08 ސެޕްޓެމްބަރ 2025 - 09:39
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފައިވާ ކަމަށް، ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިޒަމްގެ ޑެއިލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،520،699 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 1،386،554 ޓޫރިސްޓުންނާ އަޅާބަލާއިރު، 9.7 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ އެހާތަނަށް ދުވާލަކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އެވްރެޖް އުޅެނީ 6،232 ގަ އެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖޭން މަރުހަބާ ކިޔާފައިވާ 33،733 ޓޫރިސްޓުންނަކީ، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 23.6 ޕަސެންޓުގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަންނަނީ ދަމަހައްޓަމުންނެވެ. މިގޮތުން، ރާއްޖޭގައި ޗުއްޓީ ހޭދަކުރި 240،828 ޗައިނާ ޓޫރިސްޓުންނަކީ، މުޅި ޖުމްލައިގެ 15.8 ޕަސެންޓެވެ.
ޗައިނާގެ ފަހަތުން، ރަޝިޔާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުން ވެސް މި އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 73.4 ޕަސެންޓު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވާއިރު، އެ އަދަދު މި އަހަރުގެ ނިޔަލަށް 2.3 މިލިއަނަށް އިތުރުކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
08 September 2025
ބިލިއަނެއް ހުރަސްކުރިޔަސް ޑޮލަރުގެ އަގު ދަށަކަށް ނުދޭ. ތަކެތީގެ އަގު އަރަނީ މައްޗަށް. ކިތައްމެ ގިނަ ގެސްޓުންނެއް ރާއްޖެއަށް ޒިޔާރަތްކުރިޔަސް ނިކަމެތި ރައްޔިތަކަށްވާ ފައިދާއެއްނެތް. ހުރިހާ މޮޅު ސަރުކާރުގެ މަތިފަޑީގައި ތިބި ކޮރަޕްޓް ވެރިންނަށް.
ކޮބާހޭ ޑޮލަރު
08 September 2025
ރާއްޖެއަށް ކިތަންމެ ޓުއަރިސްޓުންނެއް އަޔަސް ލިބޭ ޑޮލަރެއްނެތް، އަހަރެމެން ޑޮލަރު ގަންނަން ޖެހެނީ 20 ރުފިޔާއާށް.
ކޮރަލް
08 September 2025
ޑޮލަރު ތައް ހުރީ ބިދޭސީން އަތުގަ އެވެ. އެމީހުން އެދަނީ ރުފިޔާ ޑޮލަރަށް ހަދާ ބޭރު ކުރަމުންނެވެ. 350 ޑޮލަރު މުސާރަ ލިބޭ ބިދޭސީ މީހާ މަހަކު 5 ހާސް ޑޮލަރު އެބަ ބޭރު ކުރެ އެވެ. އޭނަ ކުރާ މަސައްކަތެއް ނުފެނެ އެވެ.
ވިސްނާށޭ
08 September 2025
އިންޑިއާ ޗައިނާ އަދި ރަޝިޔާ އަދި ބްރެޒިލް އެއީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު ތަކަކީ ރަޝިޔާ އިން މައިސް ޓޫރިޒަމް ވަރަށް ގިނައިން ކުރާ ގައުމެކޭ އެމެން ގިނައިން ދަނީ ޗައިނާ އަށޭ ބަދަލުގައި އަގުހެޔޮ ޕެކޭޖްސް ތަކާއި އެކު މައިސް ޓޫރިޒަމަށް މާލެ ސަރަހައްދު މިސާލަކަށް އެނބޫދޫ ފަޅުގެ ނެހެދި ހުރި ރިސޯރޓް ތައް ހަަދަން ސަރުކާރުން ބާރުއަޅާ ހިތްވަރުދޭންވީއޭ މައިސް ޓޫރިޒަމް ތަރައްގީ ވެއްޖެނަމަ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނާނެއޭ
ރާއްޖެތެރެ
08 September 2025
މާލެއިން މީހުން ބާލާފައި، މާލެ ތިޔަ ބުނާ ޒާތުގެ ފަތުރުވެރިކަން ހިންގަންވީނު؟
އެބަޖެހޭދޯ
08 September 2025
ސަރުކާރުން މަރުފަލި ޖެހިނަމަވެސް ރާއްޖޭގެ އެންމެ އުތުރާއި އަދި އައްޑޫ ފުވައްމުލައް އަދި ހުވަދު އަތޮޅު އަދި ލާމު އަތޮޅު އަދި ފާފު އަދި މީމު އަތޮޅުގައި ރިސޯރޓް ތައް ނުހިނގާނެއޭ ތ. އަތޮޅުގައި ވެސް ނުހިނގާނެއޭ މިކަން ގަބޫލުކުރުމަށް ފަހު މާލެ ސަރަހައްދާއި އަރިއަތޮޅާއި ވާވު އަތޮޅުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތަކާއި ގިރިތައް ހިއްކާ ރިސޯރޓްސް ތައް ހަދަންވީއޭ ރިސޯރޓް ތައް އެބަޖެހޭ އަދަދު 10 ހާހަށް އަރަން ރޫމްތައް 10 މިލިއަނަށް މަތިކުރަން އެބަޖެހޭ
2025
08 September 2025
އެންމެން ނުކުމެ ތި ޑޮލަރތައް ވަންނަތަން ބަލަންވީ.....ބޮއިހަލަކި
ކުރާށޭ
08 September 2025
ވެނެޒުއެލާ އަކީ އެންމެ ގިނަ އަދަދަކަށް ތެޔޮ ނަގާ ގައުމު އެގައުމު ފަގީރު ކަންމަތީ އޮތީ ކިއެއްވެތޭ އެއީ ތެލުގެ ވިޔާފާރި އެމެން ކުރާ ގޮތުންނޭ އެމެން އަމިއްލަ އަށް އެކަން ކުރުމުގެ ބަދަލުގައި ތާރޑް ޕާރޓީ ތަކަށް ދީގެން ތެޔޮ ނަގާ ވިއްކަނީ އެމެންނަށް ލިބެނީ ވިއްކާ ތެލުގެ %10 މިގޮތަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބޭ ޑޮލަރުގެ ކަންކަން ވެސް ދަނީ މިކަން ބަދަލު ކުރަން ސަރުކާރުން މިޑޭޓާ ރަނގަޅަށް މައިންކުރާށޭ މިއިން ރަނގަޅު ޕެޓަރން އެއް އިވޭލުއޭޓް
ޖައްސާށޭ
08 September 2025
ޑޮލަރުން އާމްދަނީ ލިބޭ ހުރިހާ ވިޔާފާރި ތަކުން ރާއްޖޭގައި ބާޒާރުވެސް ކުރަން ޖެހޭނީ ޑޮލަރުން އަދި ޚިދްމަތް ވެސް ހޯދަން ޖެހޭނީ ޑޮލަރުން އެކަން އެގޮތަށް ކޮށްފިނަމަ ބްލެކް މާރކެޓް މުޅިން އުވިގެންދާނެއޭ ރިސޯރޓް ތަކަށޭ އެންމެ ގިނަ އަދަދަަކަށް ސަޕްލައި ވެސް ނަގަނީ މާލޭ ފިހާރަ ތަކުން ދެން އަނެއް ކޮޅުން ރިސޯރޓް ތަކުގެ މަތީ ފަންތީގެ މަގާމް ތަކަށް ދިވެހިން ލާން މަޖްބޫރު ވެސް ކުރަންވީއޭ ރިސޯރޓް ތަކުގެ އެޗްއާރު ސިސްޓަމް ބަލަންވީ ސިފައިންގެ ބެލުމުގެ ދަށުންނޭ
1828
08 September 2025
މާލޭ ބޮޑު މީހާގެ ބެލުމުގެ ދަށުން ޑޮލަރުގެ ހުރިހާ މުޢާމަލާތެއް ހިންގަންވީ
އަވަސްކުރޭ
08 September 2025
ރާއްޖޭގެ ރިސޯރޓް ތަކަށް ގިނަ އަދަދަކަށް ޓޫރިސްޓުން ގެނައުމަށް ޓަކައި އެބަޖެހޭ މާލެ އަތޮޅުން ނަގާފައިވާ ފަޅުތަކާއި އަދި ނެހެދި ހުރި ރިސޯރޓް ތައް ހަދާ ބާޒާރަށް ނެރެވޭނެ ގޮތް ހަދަން ފަންއައިލެންޑް ރިސޯރޓް ބަންދުކޮށްގެން އުޅޭތާ 30 އަހަރުވަނީއޭ މިތަންތަން އަތުލާންވީއޭ ނަހަދާ ތިބޭނަމަ ހުރިހާ ރިސޯރޓް ތަކާއި ފަޅު ތައް އޮޕަރޭޝަނަށް ގެންނަން ޖެހޭނެއޭ ކުރިއަށް އޮތް 2 އަހަރު އެނޫންނަމަ ފަޅު ތަކާއި ރަށްތައް ޖެހޭނީ އަތުލާން ސަރުކާރުން މިކަން އަވަސްކުރާށޭ
1828
08 September 2025
މާލޭއިން މީހުން ބާލާފައި، މާލެވީ ރިސޯޓަކަށް ހަދަން
ކޮބާތޭ
08 September 2025
މާލޭ ބުޑުގައި އޮތް އެނބޫދޫ ފަޅު އެއީ 10 ރިސޯރޓް ހަދަން ދިން ފަޅެއް އެފަޅުން ކުޑަކުޑަ ރަށްތަކެއް ހިއްކައިގެން 2 ފަޅުގައި ރިސޯރޓް ހަދައިގެން ތައިލެންޑް ކުންފުންނެއްގެ ބަނޑުދަށުގައި ދެން ހުރި ފަޅު ތައް ލައިގެން އުޅޭތާ 10 އަހަރުވަނީއޭ ސަރުކާރަށް މިކަމުގައި ކުރެވުނު ކަމެއް ނެތޭ އެމްޑީޕީ ވެރިކަމުގައި ސިންގްހާ އެސްޓޭޓް އިން މިކަން ނުކުރީ އެއީ އެމްޑީޕީގެ ބޮޑުންނަށް ކަޓްދޭން އެމެން ޑިމާންޑް ކުރުމުންނޭ މަމެންނަށް ވަރަށް ރަނގަޅަށް އިނގޭތީއޭ މިބުނަނީ...