09 ސެޕްޓެމްބަރ 2025 - 23:36
ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލްތަކެއް ބަހެއްގައި ޖެހި، މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައިވޭގައި ހިނގި އެކްސިޑެންޓުގައި ތިން ސައިކަލާއި ބަހެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ހިމެނެ އެވެ.
އެ އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ބަޔަކު ގެންދިޔަ ނަމަވެސް އެއްވެސް މީހަކަށް ބޮޑު ޒަހަމެއް ނުލިބޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެއް ސައިކަލު އޮތީ ބަސް ދަށުގަ އެވެ. އަދި އެ ސަރަހައްދުގައި ހެލްމެޓުތަކެއް ވެއްޓިފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބީބު.
10 September 2025
ފުލުހުން ގަވައިދާ ގާނޫނާ ހިލާފަށް ކުރާކަންތައް ހުއްޓާލާ ފުލުހުންގެ ކާރުވެސް ދާންވާނީ ބަސްފަހަތުން ނުވަތަ އާންމު ރައްޔިތު މީހާގެ ކާރު ފަހަތުން ހަމަކަމެއްނެތަސް ހިނގައިދާނެ އޯވަރ ޓޭކްކޮއްފަ މީކަމުދާ ކަމެއްނޫން ބާރުބާރައް ދުއްވަނީ ކާކައް ބިރުދައްކަން މިހާރަކު ނޫޅޭ ކަލޭމެންދެކެ ބިރުގަންނަ ބަޔަކު މޮޔަވެގެން ތިޔައުޅެނީ
ހަމައަހާލީ
10 September 2025
އަނެއްކާ ސުކޫޕީ އާންޓީއެއްބާ؟
ސދ×އސ
10 September 2025
ސްކޫޕީ އާންޓީވެސް ތި ޒިގުޒެގް ލައްވާ ޖީއެން އަންކަލްސްއަށްވުރެ މާ ގަވާއިދަށްބަލާ
ފެންނަ
10 September 2025
ބަސް ތައް ދުއްވަނީ ވަރަށް ބާރަށް. އަދި ވަރަށް ނުރައްކާތެރިކޮށް. ބަސް ދުއްވާ ޑްރައިވަރުން ހީވަނީ އެމީހުން ވަރުގެ ފަރިތަ ބައެއް ނެތްހެން. އެމީހުން އެއޮށް ބޮޑު ބަސް އޯވަރޓޭކް ނުކުރެވޭ ތަންތަނުގައިވެސް އޯވަރޓޭކް ކުރަން އުޅޭ. ބަސްތައް ދުއްވަނީ ޓްރާންސްޕޯޓް ޤަވާއިދާ ޚިލާފަށް. ޑްރައިވަރުންނާއި މެދު ފިޔަވަޅު އަޅަންޖެހޭ..
ފުލުސް
10 September 2025
ފުލުސް ސައިކަލްތައް ބްރިޖް ހައިވޭއިން ދާއިރު ދުއްވަން އޮންނަނީ އެހެން ލިމިޓެއްތަ؟ މިހެން މިބުނީ ކުރިން ދުވަހަކު މާލެއިން ހުޅުމާލެ ދާން ބްރިޖަށް އަރަން ދިޔައިރު ފެނުނު މަންޒަރަކުން. ޓްރެފިކް ފުލުސް ޔުނީފޯމުގައި ފުލުސް ސައިކަލުގައި އޭނާ ދުއްވާފައިދިޔަ ސްޕީޑް 120 އަށްވުރެ ދަށް ނުވާނެކަން ޔަޤީން. އަހަރެމެން 50 ގައި ދިޔައިރު އޭނާ ދެތިން ސިކުންތުގެ ތެރޭގައި ލޮލުކޮޅަށް ގޮސް އޮބާލައިފި. މީ ޓްރެފިކް ކަންތައް ބަލަހައްޓަން ތިބޭ މީހުންގެ އަހުލާގު ހުރިވަރު.
ދޯ ކަލޯ
10 September 2025
ގޯސްވާނީ އެ ދިގު ބޮޑު ބަސް.
ޒުރާރު
10 September 2025
ބަސް ޑްރައިވަރުން ސައިކަލަކަށް ވެސް އެރިޔަ ނުދީ އޯވަރ ސްޕީޑްކުރަނީ އާންމުނަށް ނުރައްކާވާ ގޮތަށް. ބަސް ޑްރައިވަރުން ބައެއް ފަހަރަށް ހީވޭ ރޭސް ޖަހާ ހެން. މީހަކު ބާރަށް ދުއްވަފާނެ އޭނާގެ މީހަކު ހާލުބޮޑުވެ ހޮސްޕިޓަލަށް ދާން ޖެހިގެން ވެސް. ދެން އޭނަ ގައިގަ ޖައްސައި އޭނަ ހޮސްޕިޓަލުގައި އެޑްމިޓްކުރުވީމާ ކިހިނެއް ވާނީ. ވިސްނަބަލަ.
ސަލީމު އިދުރީސް
10 September 2025
މިއިރި ސިންގަ ފޫރައް ވާންއިޅޭ ގައުމުގެ ރައްޔިތުންގެ ވިސްނުންހުރި ހިސާބު ހަލުޔެރަ ބަލިމީހަ ހޮސްޓަލައް ދަނީސައިކަލުގަތޯ
އަހުމު
10 September 2025
"ސަލީމު އިދުރީސް" ސިންގަޕޫރުގެ ވާހަކަ ނުދައްކާ ފުރަތަމަ ދިވެހިބަހުން ލިޔަން ދަސްކޮށްބަލަ.
ޏަނެ
10 September 2025
އެހެން ވާނީ ބަސް ދުއްވަނީ ވަކި ވަރެއްބަލާފައެއްނޫން. ޢެހާ ބާރަށްދުއްވާނީ
މުގިރާން
10 September 2025
ބަސްދެއްވަނީ 70 ގަ އާއްމުކޮށް. ރޭސް ޖަހާކަހަލަ ގޮތަކަށް އުޅެނީ... ހުލހުމާލެ ތެރޭގަވެސ ދަނީ 50 ގަ
ރޭސް
10 September 2025
ދެން ސައިކަލް ދުއްވަނީ ވަކި ވަރެއް ބަލާފަތަ.
ބަސް ޑުރައިވަރު
10 September 2025
ބަސް ދުއްވަނީ ކަނޑައެޅިފަވާ ސްޕީޑުގަ، ހޭބަލިވެގެން އުޅެނީ ސައިކަލުތައް ދުއްވަން އުޅޭ ދުއްވުމުގެ ފެންވަރު ދަށް ކުދިން
އެމް ޓީ ސީ ސީ
10 September 2025
އަބަދުވެސް ކުއްވެރިވާނީ ބަސް. ސައިކަލުތައް ދުއްވަނީ ވަކި ވަރެއް ބަލާފަތަ؟
ބޮމަ
10 September 2025
ބަޔެއް ސައިކަލުވެސް ދުއްވަނީ އެއްވެސް ބެލުމެއް ނެތި. ކާރުވެސް ހަމަ އެފަދަ.
ޓްރެފިކް ޕޮލިސް
10 September 2025
@ބަސްޑްރައިވަރު ބަސްދުއްވަނީ އެމްޓީސީސީން އަމިއްލައަށް ކަނޑައަޅާފައިވާ ސްޕީޑްގަތޯ،
އެމްޓީސީސީ
10 September 2025
ބަސް ބާރަށް ދުއްވަންޏާ ސައިކަލުގަ ދާ މީހުން މަޑުން ދުރުން ދޭބަލަ، އެކްސިޑެންޓެއް ވިއްޔާ ގެއްލުން ވާނީ ސައިކަލަށޭ، ބަހަށް ނޭނގޭނެ ކަމެއް ވީކަންވެސް،
ސައިކަލް
10 September 2025
ބަހާ ސައިކަލަކީ ހައިވޭގައި އެއް ލޭނަކުން ދުއްވާ އެއްޗެއްހެން ހީވާކަހަލަ ގޮތަކަށް ބައެއް މީހުންގެ ވިސްނުން ހުންނަހެން ހީވަނީ.