ބާސެލޯސް ވޭލްސް ލެގޫން ރިސޯޓު. --ފޮޓޯ: ވިޒިޓް މޯލްޑިވްސް
10 ސެޕްޓެމްބަރ 2025 - 08:56
ބްރައުން އިންވެސްޓްމަންޓުން އަރިއަތޮޅުގައި ހިންގަމުން އަންނަ ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ރިސޯޓު ވިއްކާލައިފި އެވެ.
ބޮޑުފިނޮޅުގައި ހިންގާ 100 ކޮޓަރީގެ މި ރިސޯޓު 57.5 މިލިއަން ޑޮލަރަށް ވިއްކައިލަން ދުބާއީ ކުންފުންޏެއް ކަމަށްވާ އަލްބަވާދީ އިންވެސްޓާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ބްރައުން ގްރޫޕުން ވިއްކާލި މި ފަސް ތަރީގެ ރިސޯޓް މެނޭޖުކޮށް ހިންގަނީ ސްޕެއިންގެ ބާސެލާ ބްރޭންޑުންނެވެ.
މި ރިސޯޓު ވިއްކާލާފައިވަނީ، ބްރައުންސް އިންވެސްޓްމަންޓުން ރާއްޖޭގައި ހިންގާ ޓޫރިޒަމް ވިޔަފާރިތައް އަލުން ބައްޓަން ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ މާލޭގައި 16 ބުރީގެ ހޮޓަލެއް ކަމަށްވާ ބާސެލޯ ނަސަންދުރާ ހުޅުވައިފަ އެވެ.
ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ރިސޯޓު ގަތް ދުބާއީގެ ކުންފުންޏަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓު ހޮޓާތަކައި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy