ގަތަރުގައި އިޒްރޭލުން ހަމަލާދިން އިމާރާތަކުން ދުން އަރަނީ: އިޒްރޭލުން ބުނަނީ ހަމަލާ ދިނީ ގަތަރަށް ނޫން ކަމަށާއި ހަމާސްއަށް ކަމަށް. -- ފޮޓޯ: އޭއެފްޕީ
10 ސެޕްޓެމްބަރ 2025 - 15:35
އިއްޔެ އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި ދިން ހަމަލާއަކީ ގަތަރަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ހަމާސްއަށް ދިން ހަމަލާއެއް ކަމަށް އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑެނީ ޑެނޮން ބުނެފި އެވެ.
ހަމަލާ ދިފާއުކޮށް އިޒްރޭލުގެ ރޭޑިއޯ ޗެނަލް 103އެފްއެމް އަށް ދިން އިންޓަވިއުގައި ޑެނޮން ބުނީ އެމެރިކާ އާއި ގައުމުތަކުން މި ހަމަލާއާ މެދު ހިތްހަމަނުޖެހުނަސް މިއީ "ހަމަ އެންމެ ރަނގަޅަށް ކުރި ކަމެއް" ކަމަށެވެ.
"އަހަރެމެން އަބަދު މަސައްކަތްކުރަނީ އެމެރިކާގެ މަސްލަހަތަކަށް ނޫން،" ޑެނޮން ބުންޏެވެ.
"މަސައްކަތްކުރަނީ ގުޅިގެން، އެމެރިކާއިން ވަރަށް ބޮޑަށް އެހީވޭ. އަހަރެމެން އެކަން ބަލައިގަންނަން. އެކަމަކު އަހަރެމެން ބައެއްފަހަރު އަމިއްލަ ނިންމުންތައް ނިންމައި އެކަމުގެ މައުލޫމާތު އެމެރިކާއަށް ދެން."
"އެއީ ގަތަރަށް ދިން ހަމަލާއެއް. އެއީ ހަމާސްއަށް ދިން ހަމަލާއެއް. އަހަރެމެން ގަތަރާ ދެކޮޅެއް ނޫން. އަދި އަރަބި އެހެން ގައުމަކާ ވެސް ދެކޮޅެއް ނޫން. މިވަގުތު މި މަސައްކަތްކުރަނީ ޓެރަރިސްޓް ޖަމާއަތަކާ ދެކޮޅަށް،" ހަމާސްއަށް ނިސްބަތްކޮށް ޑެނޮން ބުންޏެވެ.
ޑެނޮން ބުނީ އިޒްރޭލުން އަދިވެސް ތިބީ އޮޕަރޭޝަންގެ ނަތީޖާގެ އިންތިޒާރުގައި ކަމަށެވެ.
"އަދި ނަތީޖާއާ މެދު އެއްޗެއް ބުނަން މާ އަވަސް. އެކަމަކު މިއީ ރަނގަޅު ނިންމުމެއް،" ހަމަލާ ދިފާއުކޮށް ޑެނޮން ބުންޏެވެ.
ހަމާސްއާ ގާތް ބައެއް މަސްދަރުތަކުން ބުނި ގޮތުގައި ހަމަލާ ދިން އިމާރާތުގައި ހަމާސްގެ އިސް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އާއި ކުރީގެ އިސް ލީޑަރު ކަމަށްވާ ޚާލިދު މިޝްއަލް ވެސް ހުންނެވި އެވެ. އެކަމަކު ހަމަލާގައި އިސް ބޭފުޅަކަށް ކަމެއް ނުވެ އެވެ. އެކަމަކު އިތުރު ހަ މީހަކު މަރުވެފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ހައްޔާގެ ދަރިފުޅަކާއި އެހީތެރިޔަކާއި ގަތަރުގެ ސަލާމަތީ ބާރުތަކުގެ މީހަކާއި ތިން ބޮޑީގާޑަކު ހިމެނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
10 September 2025
އިޒްރޭލުގައި ތިބޭ އެހެން ގައުމެއްގެ ބަޔަކަށް ހަމަލާ ދިނުމަށްފަހު ތިޔަ ދިފާޢު ކޮންމެ ބަޔަކު ވެސް ނަގަންވީދޯ.
ދޮން
10 September 2025
400 މިލިޔަން ޑޮލަރުގެ ބޯޓެއް ޓުރަންޕަށް ދީ ޤައުމުގެ ވައިގެ ނިޒާމް އެމެރިކާއަށް ދީގެންތިއްބާ ވާނެ ހައެތި ވީ ތިޔަ އޮތީ އަހާ ލަގަންވެސް ވިއްކާލެވިފައި
އަފްރާސިޔާބު
10 September 2025
ރަނަގަޅުވާހަކަ ތަކެއް. ގަޠަރުގެ ކޮމާންޑަރުންނަށް އިސްރާއީލުން އަންގާފައިވަނީ އެއަރޑިފެންސް ނިއްވާނުލައިފިނަމަ އެތަނަށް ހަމަލާދޭނެކަމަށް. ބުނީމާ އެމެރިކާއާ ގަޠަރުން ނިންވާލާފައި ސަލާމަތްވާން ދުވެދުވެ ތިއްބާ ޙަމަލާދިނީ.
ކޮރަލް
10 September 2025
އިޒްރޭލް ގަ އޮތީ ވަރުގަދަ ވައިގެ ބާރެކެވެ. އެހެން ބާރެއް ނެތެވެ. އަރަބީން އަތުގަ ނެތީ ވަރުގަދަ ވައިގެ ބާރެކެވެ. އެހެން ބާރު ތައް އެބަ ހުއްޓެވެ.
ބިލާހެއް
11 September 2025
އެކައްޗެއްވެސް ނެތް. ހަތިޔާރު ހުރީ އެމެރިކާ އިޒްރެއިލް އުފެއްދުން މިޒަމާނުގައި ޑިފެންސް ސިސްޓަމުތަކާއި ރާޑަރުތަކާއި ވައިގެ ބޯޓުތައް މެނުފެކްޗަރަރ އަށް ޑީ އެކްޓިވޭޓް ކޮށްލެވޭނެ. ސޯވަޓް. ތިތާގައި ނޫޅޭނެ ތީން އެއްޗަކާއި "ކުޅެން" އިނގޭ ރައްޔިތަކު އޮޕަރޭޓް ކުރުމާއި އޭގެ ކޮންޓްރޯލު މީ މުޅިން ދެކަމެއް. ތެޔޮ ފޮދެއް ނެގުން ޔުނިވަސިޓީއެއް ވިޔަފާރިއެއް މީންއެއްވެސް ކަމެއް ދޮންމީހުން ނާއި ނުލައި ކުރަން ނޭނގޭ ދެން ކޮންބާރެއްގެ ވާހަކަ ކޮރަލް ތިބުނަނީ
ބަރުޖޯރާ
11 September 2025
އަދި އިޒުރޭލުގަ ނުހުންނާނެ ލައްޓި ރާގޮނޑި ފަރުމަހެއްވެސް.