ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން. -- ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2025 - 12:13
ގަތަރުގެ ވެރިރަށް ދޯހާގައި އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި "މަރާލީ އިޒްރޭލުގެ އަސީރުންނަ އޮތް އުންމީދު" ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަށް ހީވަނީ ނަތަންޔާހޫ އިއްޔެ އެ ކުރި ކަމަކީ ރަހީނުންނަށް އޮތް އުންމީދު މަރާލީހެން،" ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ހޫނުވެފައި ވަނިކޮށް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ޝައިހް މުހައްމަދު ވިދާޅުވި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާއި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ގަތަރުންނެވެ.
ގަތަރުގައި ހަމާސްގެ އޮފިޝަލުން އުޅުއްވަނީ ސިއްރުން ނޫން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާ ދިން ދުވަހު ވެސް އޭނާ ވަނީ އިޒްރޭލު އަސީރެއްގެ އާއިލާގެ ބަޔަކާ ބައްދަލުކުރައްވައިފަ އެވެ.
"އެ އާއިލާތަކުން އުންމީދުކުރަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުން މި ގެންދާ މީޑިއޭޝަންގެ މަސައްކަތުގެ ނަތީޖާއަށް. އެ މީހުންނަށް އެހެން އުންމީދެއް ނެތް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރަށް އިޝާރާތްކުރައްވައި ބޮޑުވަޒީރު ވިދާޅުވީ ނަތަންޔާހޫ އިންސާފުގެ ކުރިމަައްޗަށް ގެންދަންޖެހޭ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
12 September 2025
ގަތަރުގެ ބޮޑުވަޒީރު މޮޔަގޮވަނީއެވެ، މިހެންބުނަންޖެހޭ ސަބަބަކީ އިޒުރޭލުން އެއްވެސްއިރެއްގައި އަސީރުން ސަލާމަތްކުރާކަށް ނުވަތަ އަސީރުން ބޭނުންވެގެނެއް ނޫޅެއެވެ، ނަމަވެސް އަސީރުންގެވާހަކައާއި ހަމާސްގެ ވާހަކައަކީ އިޒުރޭލުންބޭނުންވާ ޖަރީމާތައްހިންގަން ބޭނުންކުރާ ބަހަނާއެކެވެ، މިވަރުނުދަންނަ ކުޑަކުއްޖަކުވެސްމިހާރު ހުރެދާނެކަމަށްނުބެލެވޭއިރު ގަތަރުގެ ބޮޑުވަޒީރު ތިޔަދަށްކަނީ ތާކުންތާކުޖެހޭވާހަކައެއްނޫންދޯ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 September 2025
މިލިޓަރީ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނު ދަންނަ ކަމެއް ނޫން. މިފަދަ އަމަލުތައް ކުރަން ހިތްވަރު ދީފިނަމަ ދުނިޔޭގައި އަމާންކަމެއް ނޯންނާނެ. ގަތަރުން ބަދަލުގައި އިޒްރޭލަށް ހަމަލާ ނުދޭންވީ ކީއްވެ؟؟؟
ރުންކުރު
12 September 2025
ހަމާސްއަށް ގަތަރުގައިވެސް ސަލާމަތެއް ނެތް. އެހެންވީމަ އިޒްރޭލުން ޖެހޭނީ އަސީރުން މިނިވަންވާނެ ކަމާއިމެދު އޮތް އުއްމީދު ކަނޑާލަން. އެއްވެސް ހަމައެއް އުސޫލެއް ޤަބޫލުނުކުރާ ބަޔަކާ ކިހިނެތް ހަމާސްއިން ވާހަކަ ދައްކާނީ؟؟
ސުޕާޖެޓް
11 September 2025
އަނެއްކާ އަނެއްޖެޓް ވެދުމަށް އަރުވާ އެއިރުން ރަންގަޅުވާނެ.
އެޅަބެއްޔާ
13 September 2025
މިފަހަރު އެއަރ ބަސް އޭ380 އެއް ވެދުން ކުރަންވީ
އެޗް އެމް
11 September 2025
އިޒްރޭލްް ވެރިން ބޭނުމެއް ނުވާނެ ގައިދީން މިނިވަންވާކަށް. ގައިދީން ގުރުބާންކޮށްފަ މިފުރުސަތުގަ އެމީހުން ބޭނުންވާ ކަންތައް ކުރަމުން އެދަނީ. މިއީ އިޒްރޭލަށް ހަމާސް ފަހިކޮށް ދިން ފުރުސަތެއް.