ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ބޭނުންފުޅުވާ މުޖުތާޒު (ވ) އަދި ނައިބަކަށް އައްޔަން ކުރައްވާ ނާސިހު.
15 ސެޕްޓެމްބަރ 2025 - 09:38
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
އެ ދެ މަގާމަށް ދެބޭފުޅުން އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދެއްވުން އެދި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މަޖިލިހުގެ ރިޔާސަތުން ފޮނުވި އެވެ.
ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން މަޖިލިހަށް ނަން ފޮނުއްވި މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސީއެސްސީގެ ނައިބަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނަން ހުށަހެޅުއްވި ނާސިހު މިހާރު ހުންނެވީ އެ ކޮމިޝަނުގެ ރައީސަކަށެވެ. އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. އެހެންވެ، މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަލީމާ
15 September 2025
މުޖުތާޒަށް މަރުހަބާ!! އެކަމަކު ނަސީހު ކަހަލަ ކުލަ ބަދަލުކުރާ މީހަކު ނައިބަކަށް ލީމަ ދެރަ! ވަރަށް ދެރަ! އޭނާ އަކީ ތިޔަ ތަން އިސްލާހު ކުރަން އެއް ކަމެއްވެސް ކުރި މީހެއް ނޫން!
ހަންޑިބު
15 September 2025
މިއަދަކީ 15 ސެޕުޓެންބަރު. މެންބަރުކަމުގެ ދައުރު ހަމަވަނިކޮށް ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުސާރަ ބޮޑުކޮށްލަދެނީޔޭ ބުނިހެން ހީވި ސިވިލް ސަރުވިހުގެ. މިހާރު އަލުން ސިވިލް ސަރުވިހަށް ވަދެވިފަ ތިޔަހުރީ. ބޮޑުކޮށްލެވުނީ ތިބާގެ މުސާރަތަ
މަގާމުފުޅު
15 September 2025
ރައީސް ކަމުން ނައިބު ކަމަށް!!! މަގާމެއް ލިބެންޔާ ރެލިގޭޓުވިޔަސް އޯކޭ އެބޭޅުންނަށް. ޖުޑީސަރީ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގު. ވައްސަލާމް
ލޮލީރާޖާ
15 September 2025
ނާސިހޫ…މީހެއްގެ ވިއްޔާ އަގެއްވެސް އޮންނަންވާނެ…މިހާރު ހިތައްއަރާނެ ކުރެވުނު ކަންކަން. މުޅި އުމުރުގެ ބާކީބައިގައި ހަމަގައިމުވެސް ރޭގަނޑު ހިތްހަމަޖެހިގެން ނިދާލެވޭނެހެން ހިއެއްނުވޭ. ގިލްޓީ އިހްސާސަކީ ހާދަހާ ހިތްދަތި އަބަދަށް ދެމިގެންދާ އިހްސާސެކޭ.. ފެނުކެއްކި ބޮލީގެ އިއްޒަތުގެ މާނަ އެންމެންނަށް ފަހުވެގެންދާނެ މިސާލެއް.
ރަދީފްއޮފިޝަލް / ބޭސް ތުއްތު
15 September 2025
މުއިއްޒުގެ ވަރަށް އަރިސް މީހެއް މިފަހަރު ތިނެގީ.
ހަމްދިއްޔާ
15 September 2025
މުޖުތާޒަށް މަރުޙްބާއެވެ. އެކަކަމަކު ތިޔަ ނާސިޙްގެ ދައުރުގައި ސިވިލްސަރވިސްގެ ބައެއް މުވައްޒަފުންގެ މުސާރަ ހިތްފުރޭވަރަށް ބޮޑުވިޔަސް އިދާރީ މުވައްޒަފުންގެ ތެރެއިން ދަަރަނިވެރިކަމުގައި އުޅެން ނުޖެހޭ މީހަކު ނެތެވެ. ނަރުހުންނަށް ޓީޗަރުންނަށް 20000- 35000ރ އާ ދެމެދުގެ މުސާރަތައް ދީ އެމީހުން ހެއްވާލިއެވެ. އެކަމަކު އިދާރީ މީހުންނަށް ދުވަހަކު ހިނިތުންވުމެއް ނާދެއެވެ. 30 އަހަރު ސަރުކާރުގަ އުޅުނު މީހާއަށްވެސް 7000ރ ގެއަށް ގެންދާކަށް ނުލިބުނެވެ.
ބުރަތޭރީ
15 September 2025
ކޮމިޝަނުގައި މިއަށްވުރެ ހުނަރުވެރި ޢިލްމީ ދެބޭފުޅުން ތިއްބާ، ޑިގްރީ ފެންވަރުގެ ދެބޭފުޅުން ކޮމިޝަނުގެ އެންމެ އިސްދެމަގާމަށް އައްޔަންކުރައްވަން ތިޔަ ފޮނުއްވި ގޮތާމެދު ކަނބޮޑުވާންޖެހޭ...