27 މާޗް 2017 - 09:32
ގައުމީ ވޮލީބޯޅަ ޓީމުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.
ދެ ކުޅުންތެރިން ރިޓަޔާކުރަން ނިންމަނީ، އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރަން ފިރިހެން ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި، އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކޮށް ތިން މެޗުން ވެސް ބަލިވެ ރާއްޖެ ކަޓާފައިވަނިކޮށެވެ.
ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ވަނީ މި މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް ބަޓިސް ފުރަތަމަ ހައެއްގައި ކުޅުވައިފަ އެވެ. އެހެން ނަމަވެސް އިއްޔެ ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި އަނެއް ދެ މެޗުގައި ލޯންގޭ އަށް މާ ގިނަ ފުރުސަތެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި ލޯންގޭ އާއި ބަޓިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަނީ މި ވަގުތަށް އެއީ އެންމެ ރަނގަޅު ނިންމުމަށްވާތީ ކަމަށް ދެ ކުޅުންތެރިން ދެކޭތީ އެވެ. އަދި ރާއްޖޭގެ ވޮލީ މި ވަގުތު އޮތް ހާލަތަށް ބަލާއިރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުގެ އިތުރުން އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުންނާ އެކު އެވެ.
ބަޓިސް އާއި ލޯންގޭ ގައުމީ ޓިމަށް ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. މި ދެ ކުޅުންތެރިންނަކީ މިވަގުތު ގައުމީ ޓީމުގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ ދެ ކުޅުންތެރިންނެވެ.
ފާއިތުވި އަހަރުތަކުގައި ގައުމީ ވޮލީ ޓީމުން ނެރެފައިވާ ރަނގަޅު ނަތީޖާތަކާއި ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި ލޯންގޭގެ ދައުރު ބޮޑެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. އަދި އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ހޯދައިދިން ޓީމުގައި ވެސް ލޯންގޭ ހިމެނެ އެވެ.
ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ގިނަ މުބާރާތްތަކުގައި ލޯންގޭގެ ބޭނުން ގިނައިން ނުހިފަ އެވެ. ބަންގްލަދޭޝްގައި އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް ލަންކާގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫން ވެސް ލޯންގޭ އަށް މާގިނަ ފުރުސަތު ނުދެ އެވެ. އެކަމަކު އެ މުބާރާތުގައި ވެސް ލޯންގޭ ބޭނުންކުރި މެޗުތަކުގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ލޯންގޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. މިހާރު ކުރިއަށްދާ އޭވީސީ މުބާރާތުގައި ރާއްޖެ އިއްޔެ ތުރުކުމަނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލޯންގޭ ވަނީ ގިނަ ވަގުތު ކުޅެފަ އެވެ.
އިންޓަ ސްކޫލް މުބާރާތްތަކުން ވިދާލި ބަޓިސް އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސެޓަރެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ވޮލީ ޓީމު ވަނީ ބޮޑުކުރިއެރުމެއް ހޯދައިފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޓިސް އަކީ ޓީމު ލީޑުކުރުމުގައި ފަހަކަށް އައިސް ފެނުނު އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. އެކަން ވޮލީބޯޅައިގެ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.
ފާއިތުވި 13 އަހަރު ގައުމީ ޓީމަށް ކުޅުނު ބަޓިސްގެ މަގާމަށް އޭނާ އަށް އެއް ފެންވަރަށް ކުޅެވޭ ގިނަ ކުޅުންތެރިންތަކެއް އުފެދިފައިނުވެ އެވެ. އެހެން ނަމަވެސް ހުސެއިން ވިޝާމް (ބުޅިކޭ) ވަނީ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ގިނަ މުބާރާތްތަކުގައި ބަޓިސްގެ ބަދަލުގައި އަރައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
28 March 2017
ތި ބަޓިސްގެ ކުޅުމެއް މަށަކަށް ނުފެނުނު އެންމެ ފަހުން ގައުމީޓީމު ކުޅުނު މެޗުތަކަކުން ގައިމު..މާ ފޮނި ބޮޑުކޮށް ހުންނަނީވެސް ކޯޓްމަތީގަ....ދެން މިހާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވެސް ވެއްޖެ...،މާ ސްލޯވެގެން މިކަމެއް ނުވާނެ
ސިމްފަނީ
27 March 2017
އައްކަޅޭ ލޯންގޭ ބަޓިސް ގައުމީ ޓީމުން ރިޓަޔާ ކުރަން މާ ލަސްވެސް ވެއްޖެ އުމުރުން 30 އަހަރަށް ވުރެ ދޮށީ ވެއްޖެ މާ ލަސްވެސްވެއްޖެ އަވަހަށް ދޭ އެކަމަކު އިނގޭ ނުދާނެކަން ތީ ހަމަ ވިސްނަނީ އޭ ކިޔާފަ ހުސް ފޮނި ކަނޑަނީ
ރަން މެޑަލް
27 March 2017
މާލަސް ވެސް ވެއްޖެ. ޒުވާނުން ކުޅުންތެރިންނަށް ޖާގަ ދޭން ޖެހޭ. ފާހަނގަ ކުރެވުނު ކޯޗަށް ސީނިޔާ ކުޅުން ތެރިން ބާލަން ވެސް ބިރުން ހުރިހެން. ކޯޗް ވެސް އިސްތިއުފާ ދީ.
އަލީ
27 March 2017
ގޮނޑު ހޮވާ ސާފުކުރަންވީ..ކޮންމެ ދިމާލަކުންވެސް
ހަސަން
27 March 2017
ވަރަށް ރަނގަޅު ނިންމުމެއް. ތިލިސްޓަށް އައްކަޅޭވެސް އިތުރުކޮށްލާ.
އެހެނިހެން
27 March 2017
ވިސްނާނެ ކަމެއް ނެތް މިހާރުން މިހާރަށް ހަމަ ހުއްޓާލަންވީ. ތި ތަރިތައް އޮއްސިއްޖެ މިހާރު.
ބަޓަން
27 March 2017
ބަޓިސް ވިސްނާނެ ކަމެއްވެސް ނެތް ހަމަ މިހާރުން މިހާރަށް ވެސް އިސްތިއުފާ ދީ. ދެން ލޯންގޭ ތީ ބަހުގެ އިތުބާރު އޮތް މީހެއްނޫން މިރިސޯޓަށް ވަޒީފާއަށް އަންނާނަމޭކިޔާފަ ވެސް ދޮގު ހެދީ.
ބަޓަން ބޭބެ
28 March 2017
ބަޓަން ކޮން ރިސޯރޓެއް
ނގ
27 March 2017
މިހާރުމާލަސްވެއްޖެ ތިކަނަކުރަން ވ ސަލާން
ބާބީގާލް
27 March 2017
ވިސްނަނީ އޭ؟ މަވެސް އެބަ ވިސްނަން އެމެރިކާގެ ރައީސް އަށް ވާން. ކެކެކެކެކެ
ވާނުވާ
27 March 2017
މީޑިޔާގެ ސަމަލުކަން ހޯދަން ޖައްސާ ގޭމް. ތިހެން ކިތައް ފަހަރު ލޯންގޭ ސިފައިންގެ އިން ވެސް ކެނޑެންކިޔަފި! ހުވާ ކޮއްފަ މިބުނީ ތިމީހުން އަދިވެސް ގައުމީ ޓީމުގަ ތިބޭނެ
ކަރީމް
27 March 2017
އޮބި ކޮމެންޓް އެއް. ލޯންގޭ ވެސް ދެން އުޅޭ ގޮތް ދޯ! ވާވަރުގެ ކަންތައްތަކުގެ ވާހަގަކަ ދައްކަބަލަ. ކަލޭމެން ވިސްނަނީ އޭ ނުކިޔާ އަހަރެމެންނަށް އިނގޭ ކަލޭމެން އަދިވެސް ބޮޑާ ހާކާފަ ތިބޭނެ ތި ޓީމުގަ.