16 ސެޕްޓެމްބަރ 2025 - 21:12
ރައްޔިތުންގެ މަޖިލީހުން މިރޭ މީޑިއާ ބިލް ފާސްކުރުމާ އެކު ނޫސްވެރިން މަގުތަކަށް އެއްވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް، ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
އެ ބިލް މަޖިލީހުން ބޭރުކޮށްދިނުމަށް އެދި ނޫސްވެރިން ގެންދިޔައީ ހެނދުން ފެށިގެން މަޖިލިސް ހިމެނޭ ސަރަހަައްދުގައި މުޒާހަރާކުރަމުންނެވެ. މަޖިލީހުގެ ޖަލްސާގައި، ބިލް ފާސްކުރުމާއެކު، ނޫސްވެރިން ވަނީ މަގުތަކަށް ނުކުމެ، ޖުމްހޫރީ މައިދާން ކައިރިއަށް އެއްވެފަ އެވެ.
ނޫސްވެރިންގެ އެއްވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވެ ބިލާ ދެކޮޅަށް ގެންދަނީ އަޑުއުފުލަމުންނެވެ.
ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް އެއް މާއްދާއަކީ މީޑިއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ބިލުގައި ދީފައި އޮތުމެވެ. އެ މާއްދާ މިހާރު އުނިކޮށް، ބިލުގެ ދަށުން އުފައްދާ ހަތް މެމްބަރުންގެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، ކޮމިޝަނަށް މެމްބަރުން އައްޔަންކުރަނީ މަޖިލީހުން ކަމަށްވާތީ، އެކަމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ވެސް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް ވެސް މިހާރު ވަނީ އުނިކޮށްފަ އެވެ. އެ މާއްދާތައް އުނިކުރީ، ނޫސްވެރިންގެ ކަންބޮޑުވުންތަކާ އެކު ބިލަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ހުށަހަޅައިގެންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
17 September 2025
ނޫސްވެރިންނަކީ މުޒާހަރާ ކުރާ ބައެއްތަ! ސިޔާސީ އެކްޓިވިސްޓުން އުޅޭގޮތަށް ނޫސްވެރިން ނޫޅޭނެ. ނޫސްވެރިން ވާންޖެހޭނީ ތަހުޒީބު ބަޔަކަަށް. ޑިސިޕްލިން ބަޔަކަށް. ކިޔަމަންތެެރި ބަޔަކަަށް. މިގައުމުގެ ގިނަ ނޫސްވެރިންގެ މި ސިފަތަކެއް ނުހުރޭ. އުޅެނީ ޖާހިލުންގެ ގޮތްތައް ކުރިއަަށް ނެރެގެން. ބަހުރުވަ އެހާ ހުތުރުވާނެ. އަދަބެއްސަދަބެއް ނުހުންނާނެ. މިފަދަ ބަޔަކު ހިފަހައްޓަންޖެހޭނީ އޮބި އަޅައިގެން. މި ގާނޫނާށް ތާއީދު.
މުލޭ ލުހޭ
17 September 2025
މުޒާހަރާ ކުރުމަކީ ވަކި ބައެއްގެ ހައްގެއް ނޫން. ޑިމޮކްރަސީގަ ހުރިހާ އެންމެނަށް މުޒާހަރާ ކުރެވޭނެ. މަސްވެރިންނާ ދަނޑުވެރިންނާ ވިޔަފާރި ވެރިން ވެސް މަގު މައްޗަށް ނުކުންނަށް އެބަޖެހޭ. ސައްދާމް ހުސެއިންގެ ދުވަސްވަރު އިރާގުގަ އޮތީ ބާތު ޕާޓީ ކިޔާ ބައެއް.. ޢޭރު އެމީހުން އެގައުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކޮށް އެހެން އެންމެނަށް އަނިޔާ ދިން. މިހާރު މިރާއްޖޭގަ މިފެންނަނީ އެކަހަލަ ޕާޓި އަކުން ހުރިހާ އެންމެންގެ މައްޗަށް ގަދަވެގެން އުޅޭތަން. ހުއްޓުވަންޖެހޭ!
ޒައިކް25
17 September 2025
ހަމަ ކޮންމެ ކޮންމެ މީހަކަށް ތިމަނަނާއަކީ ނޫސް ވެރިއެކޭ ކިޔާފަ އައިސް ބޭނުންހާ ސަކަރާތެއް ޖެހިގެން ނުވާނެ.. އޮންލައިން ނޫހެއް ރަޖިސްޓަރކޮށްލާފަ.. އެނޫހުގަ މަސައްކަތްކުރާކަަށް ހެދިލީމަ އެ ވީ މި ރާއްޖޭގަ ނޫސްވެރިއަކަށް.. ދާއިރާއިން ތަޢުލީމާ ތަޖުރިބާ ވަކި މިންވަރަކަށް ލިބުނީމަ ނޫނީ ރެޖޮސްޓަރޑް ނޫސްވެރިއަކަށް ވެވިގެން ނުވާނެ.
ބސވސވ
17 September 2025
ޑެމޮކުސީއަކީ ގިނަމީހުން އެދޭގޮތޭ ބުނީ ކޮންބައެއް. މިއަދު ކަމަކުނުދޭތަ ؟ ގިނަމީހުން ބުނީމައި ކޮންމެކަމެއްވެސް ވަރިހަމަކަމަށް އޮންނީ. ބަހާއި އަމަލާއި ދިމާނުވޭނު
ދިވެހިޤައުމު ކުރިއަށް
17 September 2025
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް… މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ބިލު ވީ އެންމެ އަވަހަކަށް ދިވެހި ރައްޔިތުންގެ ޙައްޤުގާ ތަސްދީޤުކޮށްދެއްވާ…
އަބުދުލްކަރީމްސިދުގީ
16 September 2025
ނޫސްވެރިން މިގައުމުގައި އުޅޭކަމެއް އަހަރުމެނަކަށްނޭގެ. އެކަހަލަ ބަޔަކާއި ދިމަލެއްނުވޭ. ސިޔާއީ ކޯޅުމަކު އުޅޭ ގުރޫޕެއް، ކުރާނެ މަސައްކަތެނެތި އުޅޭ ބަޔަކު މަގުމަތިން ފެނޭ.
ހުތރެ
16 September 2025
ނޫސްވެރިންނަށްވެސް ހަމަ ފައިސާކޮޅެއް ދިނީމަ ހައްލުވާލެވޭނެ
ހޯހޯޯ
16 September 2025
ތީ ނޫސްވެެރިންނެއް ނޫން. ސިޔާސީ އެކްޓިވިސްޓްން. ތިޔަކު ނެތް ބަޔަކު ނިދިނައިސްގެން އުޅެންޖެހޭ ވަރުގެ އެކައްޗެއްވެސް. ދެންވެސް ތިޔަ އުޅެނީ ނޫސްވެެރިންނަށް ހެެދިގެން ތިބެ ކުޅެމުންދިޔަ ސިޔާސީ އެކްޓިވިސްޓް ގޭމު ޖައްސައިގެން ރައްޔިތުންނަށް އޮޅުވާލަން. އާދައިގެ މަތިން ފިތުނަ އުފައްދައި، ހަލަބޮލި ކުރުވަން. ތި ބިލުން ބޭޒާރުވީ ތިޔަ އެކްޓިވިސްޓްން. މިހާރުު ތި އުޅެނީ ރާޑިވީމާ އަނެއްކާވެސް ރައްޔިތުންނަށް އިތުރަށް އޮޅުވާލަން.