މޭޖާ ޖެނަރަލް ރިޓަޔަޑް އަދި އެންސީޓީސީގެ ޑިރެކްޓަ ޖެނަރަލް ވައިސް ވަހީދު: އޭނާ އަށް ލިބުނު ފްލެޓެއް އަތުލީ ދޮގު މައުލޫމާތު ދީފައި އޮތުމުން، ރަނގަޅަށް ކަމަށް ވަނީ ހުކުމްކޮށްފައި.
17 ސެޕްޓެމްބަރ 2025 - 10:33
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ސިފައިންގެ ވަޒީފާގައި ހުންނެވި އިރު ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ސިފްކޯގެ ފްލެޓެއް ހޯދުމުން އެތަން ހަވާލުނުކުރަން ސިފްކޯއިން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވައިސް ވަހީދުގެ ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމުން އެ ބަލައިގަނެ ފްލެޓަށް ފުރަތަމަ ޕޭމަންޓް ބަލައިގަނެ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
އެކަމަކު ވައިސް ވަހީދު ފްލެޓަށް ފޯމު ހުށަހެޅި އިރު ވެސް އޭނާގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ނިންމީ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ އަގުދެއް އުފެދިފައިވާ ކަމަށާއި ފްލެޓް އަތުލުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
ހުކުމުގައިވާ ގޮތުން، ފްލެޓް ގަންނަ ފަރާތަކީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރު ފަޅު ހިމެނޭހެން، މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާ މީހެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަނެއް ދޫކޮށްލާނެ ކަމަށް އެއްބަސްވުމުގައި އޮވެ އެވެ. ހަމަ އެ އެއްބަސްވުމުގައި، ބިމާއި ގޯތިގެދޮރާއި ފްލެޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
ޝަރީއަތުން އިތުރަށް ބެލި އިރު 3،800 އަކަފޫޓުގެ ހ. ސޯސަންވިލާ، ވައިސް ވަހީދު ހިމެނޭހެން ހަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމަށް ފަހު އޮކްޓޫބަރު 1، 2014 ގައި އެ ގޯތި ދެ ބަޔަކަށް ބަހާލި އެވެ. އަދި އޭގެ ތެރެއިން 1،900 އަކަފޫޓުގެ އެއްބައި ވައިސް ވަހީދާއި އިތުރު ދެ މީހަކަށް ހަމަހަމައަށް ލިބޭ ގޮތަށް ރަޖިސްޓްރީ ހަދާފައިވެ އެވެ. ހުކުމުގައިވާ ގޮތުން ވައިސް ވަހީދު ވެސް އޭނާއަށް މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް ކަމަކަށް އިންކާރެއް ނުކުރެ އެވެ. އަދި އޭނާ އަކީ މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް މީހެއްކަން އޮޅުމެއް ނެތި އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންވެ ހުކުމުގައިވަނީ ވައިސް ވަހީދު އެއްބަސްވުމާ އެއްގޮތަށް، ގޯތި ދޫކޮށްލާފައި ނުވާކަން އެނގޭ ކަމަށެވެ. މި ހާލަތުގައި، "އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް" ޝަރީއަތުން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
"... ދައުވާކުރާ ފަރާތުން ބުނެވުނު އެއްބަސްވުމުގެ 14 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ދައުވާކުރާ ދައުވާ ލިބޭ ފަރާތުގެ ބަހުންނާއި، ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާ އެކު، ސިފްކޯގެ ފަރާތުން ދައުވާކުރާ ވައިސް ވަހީދަށް ފްލެޓް ހަވާލުކޮށްފައިނުވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި މިގޮތުގެ މައްޗަށް މި ގަޒިއްޔާ ނިންމަންޖެހެ އެވެ." ގާޒީ އަބްދުއްނާސިރު ޝަފީގުގެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ިއިއްޒުއްދީން ރަދުން
18 September 2025
ސިފައިންގެ މެޖަރ ޖެނެރަލް ރޭންކްއަށް މީނާއަށް ދެވުނު ގޮތެއްވެސް ބެލުން މުހިއްމު. އަދި ވެސް މިހާރުވެސް ބޮޑު މަގާމެއް އަތުލެވޭތޯ އެބަލަނީ. އަމިއްލައަށް ތިމާގެ ތެދު މައުލޫމާތު ދޭން ނޭގުނު މީހެއްމީނައަކީ. ވިސްނާލަން ޖެހޭ ކަމެއްމީ. ދެންތިބި އޮފިސަރުންވެސް މިހެންބާ ތިބީ.؟ ކީކޭ ބުނާނީ؟
ދަނޭ
18 September 2025
އެގްރިމެންޓެއް ވާއިރު އެގްރިމެންޓުގެ ޓާމްސްތަކަށް ވިސްނަންވާނެ. އެގްރިމެންޓުގެ ޓާމްސްތަކާއި ޚިލާފަށް އެގްރިމެންޓުގެ ތެރެއިން ވާންޖެހޭ ކަންކަން ނުވާނެ
ރަނގަޅު އިބްރާ
17 September 2025
ކޮންމެ މީހަކީވެސް މަރުވާނެ މީހެއް، މަހުޝަރު ދުވަހު މުދާހޯދި ގޮތާ ބޭގޮތުން ސުވާލު ކުރާނެކަން ޔަގީން. އެދުވަހުން ދޮގުހަދައިގެން ފްލެޓް ހޯދި މީހުންނަށް އެކަމުގެ ސަޒާ ލިބޭނެ.
raajje
17 September 2025
ކުރީގެގޮތަށްކިޔާނަމަ ސިފައިންގޭގެ އިސްމަގާމުތަކުގައި އުޅޭ ނުވަތަ އުޅުނުމީހުންގެވެސް ތެދުވެރިކަންހުރިވަރަކީމީދޯ! ފުލެޓުއަތުލުމުން ފުދުނީކީނޫންދޯ، ދޮގުމައުލޫމާތުދިން މައްސަލައިގެ ދައުވާހިންގާ އަދަބުނުދޭނަމަ ތިފަދަކަންކަން މުޖުތަމަޢުގާދާނީ އިތުރުވަމުން، ރާއްޖޭގައި ފުލެޓުލިބުމަކީ އެތައްއާއިލާއަކަށްނުހަނު ބޭނުންޖެހިފައިވާކަމަކަށްވާއިރު ފުލެޓުފޯމުތަކުގައި ދޮގުމައުލޫމާތުހުށަހަޅާމައްސަލަ ސީރިއަސްކަމެއްގެގޮތުގައި ބަލާ ޝަރީއަތްހިންގަންޖެހޭނެކަމަށްދެކެން،
މުލޭ
17 September 2025
ވައިސް ވަޙީދަށް "ހެޔޮއެދުނު އެކުވެެރިއެއް" ގެ ބަހަށް ދީލާލުމުގެ ނަތީޖާ މިއަދު މިފެނުނީ ވަރަށް ހިތިކޮށް. ކިތަންމެ ވަރަކަށް އުޅުނަސް ތަގުދީރުގައި ވާންނެތްކަމެއް ނުވާނެ. މި މައްސަލައިގައި ކޯޓަށް ދިއުމަކީ ވައިސް ވަހީދު ކުރި ވަރަށް ހަމަނުޖެހޭ ކަމެއް. މިކަމުގެ ސަބަބުން ވަރަަށް ބޮޑަށް އަގު ވެއްޓިއްޖެ. މީހުންނަށް ކުރިން ނޭނގޭ ކަމެއް ހާމަވެއްޖެ. ތެދުވެެރިކަމެއް ނެތް މީހެއްގެ ލައްގަނޑު ޖެހިއްޖެ. މީހުންގެ ކޮމެންޓްތަކުން އެކަން ސާފުވޭ.
ސީ އެން އެން
17 September 2025
ސިފްކޯ ހިޔާ ފްލެޓް ތައް ހޯދާފަ އެބަތިބި އިއުލާނުގަ ބުނާ ޝަރުތު ހަމަނުވާ ކިތަންމެ ބަޔަކު ހަމަ ހިޔާލެއް ފިކުރެއްނެތި އެތިބަ އުޅެމުންދަނީ.
ބަޑޭއާދަންރަމީޒު
17 September 2025
ފުލެޓް އެކަންޔެއްނޫން އަތުލަންވީ ދޮގުމައުލޫމާތުދިން މައްސަލައިގައި މީނާއަށް ޖިނާއީ ދައުވާކުރަންޖެހޭ އަދި މީގެ އިތުރުން މީނާ ހުރި ނެސަނަލް ކައުންޓަރ ޓެރަރިޒަމުގެ މަގާމުންވެސް ވަކިކުރަންޖެހޭ.
އަލަމާރި
17 September 2025
އެންމެ ތިލަކޮށް ބުނާނަމަ ކޮރަޕްޝަން އާއި މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން މަންފާއެއް ހޯދުން.
ވަކީލްް
17 September 2025
މާލޭގެ ގެދޮރު ހުރި އެތައް ބަޔަކު ހިޔާފުލެޓުން ފުލެޓު ހޯދިއެވެ. އަދި ރަށްރަށުގައި ދިރިއުޅެމުންދިޔަ އެތައް ބަޔަކުވެސް ފުލެޓު ހޯދިއެވެ. އެމީހުން އަތުންވެސް ފުލެޓް އަތުލަން ޖެހެއެވެ.
ދަނޭ
17 September 2025
މިހާ ސާފުކޮށް އޮތް މައްސަލައެއްގައި ވައިސް ވަހީދުގެ ފަރާތުން ކޯޓަށް ދިޔައީ، މީސްތަކުންގެ ނަފުރަތާއި އިތުރަށް ބޭޒާރުވުން ހޯދަންތޯ އެވެ. ؟ މިފެންވަރުގެ މަޤާމު އަދާކޮށްފައިވާ މީހުންނަށް ޤާނޫނީ އބ ވެސް ނޭނގޭތީ މިހެން މިވަނީ. ހުކުމް ވަރަށް ރަނގަޅު
ނުދަނޭ
17 September 2025
ތިމާގެ ގައްޑާކަން ދައްކަން.