(ވ-ކ) އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން: އެމެރިކާ އާއި ޔޫރަޕްގެ ފިއްތުން މި ތިން ލީޑަރުންނަށް ވަނީ ކުރިމަތިވެފައި. -- ފޮޓޯ: އޭއެފްޕީ
18 ސެޕްޓެމްބަރ 2025 - 06:27
އިންޑިއާއާ އެކު ގުޅުން ބަދަހިކުރުމަށް ޔޫރަޕްގެ އިއްތިހާދުން ކުރާ މަސައްކަތަށް، އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަތުމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އެ އިއްތިހާދުގެ އިސް ޑިޕްލޮމެޓް ވިދާޅުވެއްޖެ އެވެ.
އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށާއި ދިފާއީ ދާއިރާ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް، 27 ގައުމު ހިމެނޭ އީޔޫ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
"އެކަމަކު މި ގުޅުން ހަމައެކަނި ބިނާވާނީ ވިޔަފާރީގެ މައްޗަކަށް ނޫން. އެކަމަކު ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތައް ދިފާއުކުރުމުގެ މައްޗަށް،" ގުޅުންތައް ބަދަހިކުރުމާ ބެހޭ އާ ޕޮލިސީއެއް ތައާރަފްކުރުމަށް ބްރަސަލްސްގައި ބޭއްވި އިވެންޓެއްގައި އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކަލަސް ވިދާޅުވި އެވެ.
"އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމާއި ތެޔޮ ގަތުން ފަދަ ހުރިހާ ކަމަކީ ގުޅުން ބަދަހި ކުރުމަށް އޮތް ހުރަހެއް."
އެކަމަކު އޭނާ ވިދާޅުވީ އިންޑިއާ އާއި ރަޝިޔާގެ ގުޅުން އެއްކޮށް ކަނޑާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މައްސަލަތައް ހައްލުކުރަން ޖެހޭނީ ވާހަކަ ދައްކައިގެން ކަމަށެވެ.
މި މަހު ބެލަރޫސްއާ އެކު ރަޝިއާ އިން ކުރިއަށް ގެންދިޔަ ޒަޕާޑް (ވެސްޓް) ޖޮއިންޓް ޑްރިލްތަކުގައި އިންޑިއާ އިން ވަނީ ރަޝިޔާގެ އެކުވެރި ރަޝިޔާއާ އެކު ބައިވެރިވެފަ އެވެ.
ރަޝިޔާއިން ޔުކްރެއިނާ ހަނގުރާމަ ފެށުމާ އެކު ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިޔާއަށް ދަތިކުރުމުގެ ގޮތުން އެ ގައުމުގެ ތެޔޮ ގަތުން ހުއްޓާލައިފަ އެވެ. އެކަމަކު އިންޑިއާ މިހާރު ވެފައިވަނީ ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަށެވެ.
ހަނގުރާމަ ހުއްޓުވަން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއަށް ބާރު އެޅުމުގެ ގޮތުން ޗައިނާ އާއި އިންޑިއާގެ މުދަލުން ޓެރިފް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީޔޫއަށް ގޮވާލައްވައިފަ އެވެ.
ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން ވެސް ވަނީ އިންޑިއާގެ މުދަލުން 25 ޕަސެންޓުގެ ޓެރިފެއް ނަގަން ނިންމައި އިންޑިއާގެ މުދަލުން ޖުމްލަ 50 ޕަސެންޓް ޓެރިފް ނަގަން ނިންމައިފަ އެވެ. އެއާ އެކު ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުކޮށްފައި ވާއިރު ހައްލެއް ހޯދުމަށް މިހާރު ވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިގު
18 September 2025
މި ފަހުގެ ތާރީހުގައިވެސް ބަޔަކު ނުހިންގާހާ ލާއިންސާނީ އަނިޔާތައް ބަޔަކަށް ދެމުންގެންދާ އިޒްރާއީލޭ ކިޔައިގެން އުޅޭ ބައިގަނޑާ ދެކޮޅަށް ތިޔަ ޔޫރަޕަށާ އެމެރިކާ ކުރި ކަމެއް ނެތްތާނގައި، އެމީހުންގެ ޖަރީމާތައް ހިންގަން ހުރިހާ ގޮތަކުން ސަޕޯރޓް ދެމުން، އެެހެން މީހުންނަށް ކޮން ބިރެއް ދައްކާކަށް. މުނާފިގުކަން ބޮޑުވިޔަސް ދެން ތީ ފުކެއް ބޮޑުވަރު.