އެއާޕޯޓަށް ފުރަން ގޮސް ހުރި ކަމަށް ބުނެ ވެލެންސިއާ އަށް އޯލުވާލައިގެން ނައިޖީރިއާގެ ދެ ކުޅުންތެރިން ވަނީ ފިލާފަ
ގޮޑްފްރީ އޮބާއޮބޯނޯ
18 ސެޕްޓެމްބަރ 2025 - 00:13
ވެލެންސިއާގެ ޓްރެއަލް އަކަށް އައި ނައިޖީރިއާގެ ދެ ކުޅުންތެރިން ފިލި މައްސަލަ އެ ކްލަބުން އިމިގްރޭޝަނަށް ހުށަހަޅައިފި އެވެ.
"އަސްލު ޓީވީ" އިން މިއަދު އާންމު ކުރި ވީޑިއޯއެއްގައި އޭގެތެރެއިން އެއް ކުޅުންތެރިޔަކު ވަނީ ވާހަކަ ދައްކައިފަ އެވެ.
ގޮޑްފްރީ އޮބާއޮބޯނޯ، އަސްލު ޓީވީގެ ވީޑިއާގައި ބުނީ ވެލެންސިއާގެ ޓްރެއަލް އަށް އައީ އެ ކްލަބުން ދައުވަތު ދީގެން ކަމަށެވެ. އެކަމަކު ބޭއްވި ޓްރެއަލްގައި އޭނާގެ ފެންވަރު ނެތުމުން ވެލެންސިއާއިން އޭނާ ފުރަން އެންގި ކަމަށެވެ.
އެކަމަކު އޭނާ ބުނީ އޭނާގެ ވިސާގައި މުއްދަތު އޮތުމުން މަގުމަތިން މަސައްކަތެއް ހޯދައިގެން ފައިސާ ހޯދަން ނުކުތީ ކަމަށެވެ.
ވެލެންސިއާގެ އޮފިޝަލް ބުނީ ނައިޖީރިއާގެ ކުޅުންތެރިން ރާއްޖެ އައީ އެ ކުޅުންތެރިންގެ އަމިއްލަ ހަރަދުގައި ޓްރެއަލް އަށް ކަމަށެވެ. ކުޅުންތެރިންނަށް ދިން އިންވިޓޭޝަނަކީ ޓްރެއަލް އަށް ރާއްޖެ އަންނަން ވިސާ ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔުން ކަމަށް، އޭނާ ބުންޏެވެ.
އެކަމަކު ކުޅުންތެރިންގެ އެޖެންޓުންނާ އެކު އެއްބަސްވެފައި ވާނީ ކުޅުންތެރިޔާގެ ފެންވަރު ރަނގަޅު ނަމަ، ރާއްޖެ އަންނަން ކުރި ހަރަދު ވެސް ދިނުށް ކަމަށް އޮފިޝަލް ބުންޏެވެ.
އެއް ހަފުތާގެ ޓްރެއަލް އަށް ފަހު އެ ދެ ކުޅުންތެރިންގެ ކިބައިގައި އެކަށީގެންވާ ފެންވަރެއް ނެތުމުން ފުރަން ތައްޔާރުވުމަށް އެނގި ކަމަށް ވެސް ވެލެންސިއާއިން ބުންޏެވެ.
"އެ ދެ ކުޅުންތެރިން ތިބީ ވެސް އަޅުގަނޑުމެން ހަމަޖެއްސި އެޕާޓްމެންޓްގައި ރާއްޖެއިން އަނބުރާ ފުރަން ޓިކެޓް ވެސް ހަމަޖައްސާފަ، އަޅުގަނޑުމެންގެ އޮފިޝަލެއް އެ ކުޅުންތެރިން ފުރުވާލަން އެއާޕޯޓަށް ދާ ގޮތަށް ހަމަޖެހިފައި އޮތީ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިން އެއާޕޯޓަށް ގެންދަން، ކްލަބްގެ އޮފިޝަލް، އެޕާޓްމެންޓަށް ދިޔަ އިރު ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ލަގެޖް ވެސް އެތަނުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އޮފިޝަލް ދެން އެ ކުޅުންތެރިންނަށް ގުޅީމަ އެ މީހުން ބުނީ ތިމަންނަމެން މިތިބީ އެއާޕޯޓަށް ފުރަން އައިހޭ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުރަން އޮތް ގަޑީގައި ފުރަން އެއާޕޯޓަށް ގޮސް ހުރިކަން އެންގުމުން، ފުރައިގެން ދިޔައީކަމަށް ގަބޫލު ކުރި ކަމަށެވެ.
"އެކަމަކު މިއަދު މި ޚަބަރު ލިބުނީ އެ ކުޅުންތެރިން ރާއްޖެއިން ފުރައިގެން ނުދާކަން. އަދި ފުރަން ގޮސް ހުރި ކަމަށް ބުނެ ކްލަބަށް ވެސް އޮޅުވާލިކަން. އެކަން އެނގުނު ހިސާބުން އަޅުގަނޑުމެން ވާނެ. އެ ކުޅުންތެރިންގެ މައްސަލަ އިމިގްރޭޝަނަށް ވެސް ހުށަހަޅާފަ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަހޫދީ ބޯޑަރުސިސްޓަމް އިންސާނިއްޔަތަށްވުރެ މަތި ދެއްތޮ؟
18 September 2025
މުއްސަނދި ޔަހޫދީ މަހްޖަނެއް އައިއްސިއްޔާ ދެފައިގަ ދޫލާއުޅުމުގެ، ބަދަލުގަ އިންސާނަކަށްވީތީ އޭނައަށް ދޭ އިހްތިރާމް ދޭންވީނު.
އަބޫ
18 September 2025
އެމީހުން އަމިއްލަ ޚަރަދުގަ އައިސް އަމިއްލަ ޚަރަދުގަ ދާއިރު ވިސާގަ މުއްދަތު ހަމަވްނދެން ރާއްޖޭގައި އަމިއްލަ މަސައްކަތެއް ކޮންގެން ރުފިޔާކޮޅެއް ހޯދަން ފުރުސަތު ދިނުމަކީ އިނަސާނިއްޔަތުކަމެއް ހުރި ބަޔަކު ހުރަސްއަޅާނެ ކަމެއްނޫން
ޔަސް
21 September 2025
ބަލަ މިގައުމުގަ ވެސް ގާނޫނު ތަކާ ގަވާއިދު ތައް އެބަހުއްޓޭ.
އެޑްމުންޑޯ
18 September 2025
ތިތަނުން އެކަކު އުތުރުގެ ބޯޓެއްގައި މަސައްކަތްކުރަން ގޮސްހުރީ ، އަސްލު ފިލާމީހުންނަށް ބޯޓްފަހަރާއި މަސްދޯނިފަހަރުން ވަޒީފާ ދޭ މަސްއަލަވެސް ބަލާގެން އެފަރާތްތަކައި މެދު ހަރުކަށި ފިޔަވަޅު ވެސް އަޅާގެން މިފަދަ ކަންތައް ހުއްޓުވޭނީ
ޙައްޕު
18 September 2025
ދިވެހީންވެސް އެބަ އުޅެ ޑިސިޕުލިންގ ރެޑްބުލް އާ ސިގިރޭޓް ނުބޯ މޮޅެތި ކުޅުންތެރިން އެކަމް ތީ ހަމަޔައް މުސާރަ ނުދެވޭ ލެވެލް ޓީމް ތައް
ވިސްނާ މީހާ
18 September 2025
އެއީ ދިވެއްސަކަށްވީމާ ކަލޯ
ކްލަބުން ފަރުވާ ކުޑައީ
18 September 2025
ކްލަބުން ތިއަށްވުރެ ޒިންމާދާރު ވެވުނީސް. ވަކިގޮތަކަށް ހަމަޖައްސާފަ އެމީހުންގޮވައިގެން އެއަރޕޯރޓަށް ދާން އޮއްވާ އެޕާރޓްމެންޓުން އެގޮތަށް ފިލައިގެން ދިޔައިމަ އިތުބާރުކޮށްގެން ނުވާނެ ތިމަންނަމެން މިތިބީ އެއަރޕޯރޓްގައޭ ބުނީމަ. ފްލައިޓް ގެ ގަޑިއަށްފަހު އެއަރލައިން އަށް ގުޅިއަސް އިމިގްރޭޝަންއަށް ގުޅިއަސް އެނގޭނެ ފުރިއްޔާ. މާ އީޒީ ކޮށް ތި ދުއްވާލީ. އެގޮތަށް ބެލިނަމަ ދުވަހުން ދުވަހަށް ރިޕޯރޓް ކުރެވުނީސް
ކޮރަލް
18 September 2025
ރާއްޖޭގަ ފިލައިގެން އުޅެވޭނީ ހަމައެކަނި ބަންގްލަދޭޝް މީޙުންނަށެވެ.
ޓުރައި
18 September 2025
ޓުރައިލަކައް ވެސް ދިވެއްސަކައް ނުދޭތި ފުރުސަތެއް.. އަޅުގަނޑު މީ ވެލެންސިއާ އޮފިސިއަލް އެފްބީ ޕޭޖައް މެސެޖް ކުރި މީހެއ އަޅާ ކަހާވެސް ނުލާ
އަޒްމީން ބާއީ
18 September 2025
ސާޅީސް ރެޑްބުލްއާ ވިހި ފޮށި ސިނގިރެޓް ބޮއެގެން ކަލޭމެންނަށް ކޮން ކުޅުމެއް ކުޅެވޭނީ. އަނގަ ނުތަޅާ ހުރޭ