ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް "ކޮވެލި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެމްއޭސީއެލް
19 ސެޕްޓެމްބަރ 2025 - 10:22
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު "ކޮވެލި" އިއްޔެ ހުޅުވައިފި އެވެ.
އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލައުންޖު ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށްވާ މުޖުތަބާ ލަތީފާއި މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Introducing Koveli Lounge. Terminal 1’s new retreat for elegance and world-class comfort. ✨ pic.twitter.com/USUWn8Y0aH
— Velana Airport (@VelanaAirport) September 18, 2025
އެމްއޭސީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށް ވާއިރު، ވީއައިއޭއަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށް، އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ކަމަށެވެ.
އެއާޕޯޓު ތަރައްގީކޮށް، ޒީނަތްތެރިކޮށް، އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރަމުން އަންނަނީ ވަރަށް ގައުމީ، ވަރަށް ބޮޑު ޖިހާދެއް އަދި ބުރަ މަސައްކަތެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ އެ ލައުންޖަކީ 1,230 އަކަމީޓަރުގެ ބޮޑު ތަނެއް ކަމަށެވެ. އަދި އެ ލައުންޖުގައި އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Moments from the unveiling of the Koveli Lounge, our new haven of comfort and style. ✨ pic.twitter.com/E44ZLwdOXH
— Velana Airport (@VelanaAirport) September 18, 2025
ޒަމާނީ ވަސީލަތްތަކާ އެކު، ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވެރޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ލައުންޖުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޑާދަނު
19 September 2025
ވަގުތީގޮތުން ތިހެދި ޕާކިންވެސް ރިބަންކަޑާފަ ހުޅުވުމަކީ ވަރަށް ރަގަޅު ކަމެއް. ސަތޭކަމިލިޔަންރުފިޔާގެ ސައިކަލް ޕާކް ކުރެވޭވަރުގެ އަގުބޮޑުތަނެއްވީމާ ހަމަ ބުނެލީ
ކަމަނަ
19 September 2025
ކިތަށް އެއަރލައިން އަށް މިހާރު ފުރުސަތު ދީފިތޡޯ
ޑރ ވާންޗޯ
19 September 2025
ތިޔަތަން ފުލްކޮން ހުޅުވާނިމޭއިރު ގައުމުން ރިބަން ހުސްވާނެތާ!!!. ތިޔަތަނަށް ވަންނަންހުންނަ ކޮންމެދޮރަކާ ނިކުންނަ ކޮންމެ ދޮރަކަށް ރިބަންކެނޑުމެެއްނެތްތަ؟.
ްއަސް
19 September 2025
2 މަސްކުރިން ހުޅުވި ޓާމިނަލްގެ ލައުންޖް އަދި ކިރިޔާ، ފަހަރަކު ތަންކޮޅެއް ހުޅުވަން ޖެހޭތަ، ތިވަރުން ދަންޏާ ކޮންމެ ޗެކިން ކައުންޓަަރެއް ވެސް ވަކިން ހުޅުވާނެ އަދި.
އިބޫ
19 September 2025
ޕްރެއަރ ރޫމް ހުރޭބާ
ޢުއްމު
19 September 2025
ސިޔާސީ މީހުނއނަށް ރަނގަޅު ހިދުމަރެއް ތިތަނުން ލިބޭނެ ކަމަށް އުންމީދު ކުރަން.