ފެލިދޫ ހޮސްޕިޓަލުގެ ބިންގާ އެޅުން: މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ
20 ސެޕްޓެމްބަރ 2025 - 09:14
ވ. އަތޮޅުގެ ވެރިކަން ކުރާ ފެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއްގެ ބިންގާ އަޅައިފި އެވެ.
އެ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގައި، ހޮސްޕިޓަލުގެ ބިންގާ އަޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ފައްޓަވަ އެވެ. މިދިޔަ ދެ މަހު ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި ރަށްތަކުގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފެލިދޫގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ޕްރޮޖެކްތައް ހިންގުމާއި އޭޓީއެމް ފަދަ ހިދުމަތްތައް ސަރުކާރުން ފަށަނީ މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރަން މާލެއަށް ދާންޖެހޭ ސިޔާސަތު ބަދަލުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރަށްރަށުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ރަށުގައި ހުރެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ ގޮތެއް ހެދުމެވެ. އޭގެ ސަބަބުން ރައްޔިތުންގެ ޖީބުން ވަރަށް ބޮޑެތި ހަރަދުތަކެއް ސަލާމަތްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓިނު
20 September 2025
ތިވަރު މާކުޑަ ؟
މިނިވަން ނޫސްވެރިޔާ
20 September 2025
ބިންގަލަކީ އޮޅުވާލުމެއް. ދިރާސާއެއްކޮށް ރިފޯއްޓެއް ނެރެދެއްވުން އެދެން. ވޭތުވެ ދިޔަ 50 ވަރަކަށް އަހަރު ވެރިންގެ ފަރާތުން އެޅި ބިންގަލާއި އޭގެ ތަފާތު ހިސާބު ހިމަނައި ދެއްވުން އެދެން. ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައި ލިޔާ ވާހަކަތަކަށް ފިޔަވަޅު އަޅާފާނެ.
މފއއ
20 September 2025
ބިންގާ އެޅުމަކީ އިންތިޚާބާ ދިމާކޮށް ކޮންމެހެން ކުރަން ޖެހޭ ކަމަކށްވާތީ ހުރިހާ ސަރުކާރުންވެސް ވަރަށް ހީވާގި ކަމާއެކު ކުރައްވަމުންދާ ކަމެއް. މި ސަރުކާރުންވެސް އެބީދައިން ކުރަނީ. އެއީ ކޮންމެހެން ތަނެއް އަޅަންވެގެން ކުރާކަމެއް ނޫން. ދެންއަނެއްހެން 300 ވަރަކަށް މީހުން އުޅޭ ރަށެއްގައި 30 އެނދުގެ ތަނެއް އެޅިޔަސް އެނދުމަތި ކުރާނެ މީހަކު ނުހުންނާނެ. އެންމެ ކުޑަމިނުން މާބނޑު މީހަކު ނުވިއްސާތާވެސް ވިއްސަކަށް އަހަރުވަނީ