ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ
20 ސެޕްޓެމްބަރ 2025 - 10:43
ވ. ކެޔޮދޫ ސްކޫލުގައި ހަތަރު ބުރީގެ އާ އިމާރާތެއް އެޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރީ އެމްޓީސީސީއާއެކު އެވެ.
މިނިސްޓްރީގެ ފަރާތުން ސޮއި ކުރެެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީ އެވެ.
އާބާދީގައި 650 އެއްހާ މީހުން ދިރިއުޅޭ އެ ރަށު ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވަ އެވެ. އެ ރަށުގައި ގްރޭޑް 10 ނިންމާ ދަރިވަރުން އޯ ލެވެލްގައި ރަނގަޅު ނަތީޖާ ވެސް ހޯދަ އެވެ.
އާބާދީ މަދު އެ ރަށުގެ ކަންބޮޑުވުމަކީ އޭ ލެވެލްއަށް ކިޔަވަން، ދަރިވަރުން އެ ރަށުގައި މަޑުނުކުރުމެވެ. އާ އިމާރާތަކީ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް ސްކޫލުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޒއ
20 September 2025
އާބާދީ ގައި 650 މީހުން އުޅޭ ރަށަކައް 4 ބުރީގެ ސްކޫލެއް. ބޯހަލާކު