ބެއިޖިން ކެޕިޓަލް އިން އައި ފަސިންޖަރުން -- ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2025 - 17:23
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސް ވަނަ އެއާލައިނެވެ.
އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިނަށް ހިދުމަތް ދިނުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އަދި އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއޭސީއެލް
މިއަދުގެ ރަސްމިއްޔާތުގައި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާ ބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޮސްޓް އެއާލައިނެކެވެ.
އާ ޓާމިނަލުން ހިދުމަތް ހޯދަން ދިޔަ ބައެއް ފަސިންޖަރުން -- ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް 1 އިން މިހާރު އަންނަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޮސްޓް އެއާލައިން, އެއާ އަރަބިއާ އާއި ލަގްޒަރީ އެއާލައިން, ބިއޯންޑް އާއި ސްރީ ލަންކާގެ ލޯ-ކޮސްޓް އެއާލައިން, ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލް އިން ބުނީ މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
21 September 2025
ތިޔަ އާޓާމިނަލް ގެ ކަންތައް މިހާރު އަރަތަކަށް ވެއްޖެއެވެ. ހުޅެވިތާ ތިން މަސް ވީއިރުވެސް ރާއްޖެއަށް އެންމެ ގިނައިންދަތުރުކުރާ އެއްވެސް އެއާލައިނަކަށް ޚިދުމަތެއް ނުދެއެވެ. ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް، ގަތަރު އެއާވޭސް، އިއްތިހާދު އެޢާވެސް، ސްރީލަންކަން އެޢަލައިންސް، ރައޝިޔާގެ އޭރޯ ފުލޮޓް ފަދަ އެއްވެސް އެޢާލައިނަށް މިއަދާއި ހަމައަށް އައިރު ތިޔަ ޓާމިނަލްގެ އެއްވެސް ޚިދުމަތެއް ނުލިބެއެވެ. އެމްއޭސީއެލް އިން ތިޔަ ކުރަނީ ކީއްހެއްޔެވެ؟
އަފްރާސިޔާބު
21 September 2025
ރަސްމީ ކޮށް ޚިދުމަތްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަސްލު މުޅި އެއާޕޯޓްގެ ޚިދުމަތް ހުޅުވާލުމަކީ މުހިންމު ކަމެއް.
ޑރ ވާންޗޯ
21 September 2025
ކަލޯގެޔާ!!!! އަނެއްކާވެސް ރިބަން... އަޅުގަނޑު ދެންހުންނާނީ ހަނު.
އާދަނު33
21 September 2025
ކޮންމެ ފުލައިޓަކަށް ރިބަންކަނޑާންޖެހޭދޯ؟ ހާދަހާވާ ރިބަންކަނޑާހިތްވާސަރުކާރެކޭމީ...
މިވަރެއްނެތް
21 September 2025
ރާއްޖޭގެ ހުރިހާ ވެރިންނާއި ވެރިކަމަކާއި އަދި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ހާދަހާ ރިބަންކަނޑާހިތްވޭ! ކަންކަން ނުކުރެވޭނަމަ ރިބަން ކެނޑުމާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަން ގިނަކުރަންޖެހޭނެ