ތައިރަނޯމް ބޭސް.
22 ސެޕްޓެމްބަރ 2025 - 20:59
"ތައިރަނޯމް 25 މައިކްރޯގްރާމް" އަކީ އާސަންދަ ސްކީމުން ދޫކުރާ ބޭހެއް ކަމަށާއި އެ ބޭސް އާސަންދައިގެ ދަށުން ނުލިބޭ ނަމަ، "ޝިކާވަތި" ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން އެ ކުންފުނިން އެދިއްޖެ އެވެ.
އާސަންދައިން މިހެން ބުނެފައި މިވަނީ ހަ އަހަރުގެ ކުއްޖަކަށް ގަވާއިދުން ދޭ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމުން، އޭޑީކޭ ހޮސްޕިޓަލު ކައިރިން ދެތިން ތަނެއް ބެލިއިރު އެތަންތަނުގެ އަގު ދިމާނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޑރ. އަބްދުލް އަޒީޒް ހަމީދު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެ ބޭހަކީ ޑައުންސިންޑްރޯމާއި އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުދިން ގަވާއިދުން ކާ ބޭހެކެވެ.
ޑރ. އަޒީޒް ވިދާޅުވީ ފުރަތަމަ ބެލި ފާމަސީގައި އެ ބޭސް ހުރީ 90ރ. އަށް ކަމަށާއި އެ ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް އެ ފާމަސީން ބުނި ކަމަށެވެ. އަދި އެންމެ ފުޅިއަކުން ނުވާތީ އިތުރު ދެ ފާމަސީއެއް ބެލި ކަމަށާއި 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އެހުމުން އެއް ތަނުން ބުނެފައި ވަނީ 195ރ. އަށް އަދި އަނެއް ތަނުން ބުނެފައި ވަނީ 240ރ.އަށް ކަމަށެވެ. އެކަަމަކު އެއިން އެއްވެސް ތަނެއްގައި ވެސް މި ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް އެމީހުންނާ ހަވާލާދީ ޑރ. އަޒީޒް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އާސަންދައިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. ގިނަ ބޭސް ފިހާރަތަކަކުން އެ ބޭސް މިއަދު ވެސް އާސަންދައިގެ ދަށުން ދޫކޮށްފައިވާ ކަމަށާއި އާސަންދައިގެ ދަށުން ލިބޭ ބޭސްތައް އެގޮތަށް ނުލިބޭ ކަމަށް ބުނާ ނަމަ ބޭސް ފިހާރައިގެ މައުލޫމާތާ އެއްކޮށް ރިޕޯޓުކޮށްދޭން އެ ކުންފުނިން ބުންޏެެވެ.
"އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭ މިފަދަ ބޭސް ސްކީމްގެ ތެރެއިން ބޭސް ފިހާރައިން ފޯރުކޮށްނުދޭނަމަ، އެކަން "ޝިކާވަތި" އަށް ބޭސްފިހާރައިގެ މައުލޫމާތާއި އެއްކޮށް ރިޕޯޓްކޮށްދެއްވުން އެދެމެވެ." އާސަންދައިން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެތް ނެތް
23 September 2025
ގައުމުގެ ކޮންމެ ކަމެއް ޝަކުވާކޮށްގެންނޫނީ ބަލައި ފިޔަވަޅު ނޭޅެންޏާ ވަރުވަރުން މުއައްސަސާތަކާއި އިދާރާތައް ހުރުމުގެ ބޭނުމެއްނެތެވެ.
އަފްރާސިޔާބު
23 September 2025
ބަލަ ޝަކުވާ ކުރުމަކީ ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެކޭ. އެއްވެސް ޙާލެއްގައި އެއީ ޝަކުވާކުރާމީހާގެ ވަނަވަރު ބަލައި އޭނާއަށް ފިޔަވަޅު އަޅަންވެގެން ކުރާކަމެއްނޫނޭ. ކިހިނެއް މިހާގިނަ މީހުން އުޅޭ ތަނެއްގައި ހުންނަ އެންމެ މީހެއްގެ ޝަކުވާއަކީ ކޮބައިތޯބަލަން ދާނީ. ކަންކަން ކުރަނީ ސަރުކާރުން ކޮށްދޭން ކަމެއްތޯ ޢާންމުން ކުރެން އަހަންދިއުމަކީ ވަކިވަކި ރަށްރަށް ހުންނަ ގައުމަކަށް ކުރެވޭނެ ކަމެއްނޫން.
އެނގެންޖެހޭ
23 September 2025
ގަންނަންދާ މީހާއަށް ކިހިނެތް އެނގޭނީ ލިބެންހުރި ބޭހާއި ލިބެންނެތް ބޭސް. އޮންލައިންކޮށް ނަމަވެސް ގަންނަންދާ މީހާއަށް އެކަން ބެލޭނެގޮތެއް ހަމަޖައްސަންޖެހޭ. އޭރުންތާ މަކަރުހަދާ ތަންތަން ރިޕޯޓުކުރަންވެސް އެނގޭނީ.
އަދުނާންސާމީ
23 September 2025
ބައެއް ބޭސްފިހާރަތަކުން އެސްޓީއޯއިން ބޭސްގަނެގެން ބޮޑުއަގުގައި ވިއްކާ. މިހެންހެދުމުން އެސްޓީއޯ ބޭސްފިހާރައިގެ ސްޓޮކްއަވަހަށް ހުސްވޭ.
އެޑްމުންޑޯ
23 September 2025
ތިބޭސް އާސަންދައިން ކަވަރ ކުރިއަސް ، ބޭސްފިހާރަތަކުން އާސަންދަ މެދުވެރިކޮށް ނުދޭވާހަކަތާ އެބުނަނީ ، ގެންނަ ބަދަލުތަކަކީ ރައްޔިތުންނަށް ލުއިފަސޭހަ ޖީބަށް ލުއިބަދަލުތަކަކަށް ނުވާނަމަ އޭގެ ބޭނުމަކީ ކޮބާ ؟ އާސަންދަ އަށް ގެނާ ބަދަލުން ރައްޔިތުންނަށް އެތެއް ތަކްލީފެއް އުފަލަންޖެހި ، އާސަންދާގެ ޚަރަދުތަށް އިންތިހާ އަށް އަހަރުން އަހަރަށް ބޮޑުވަމުންދަނީ ، ޚަރަދު ކުޑަވެ ދައުލަތަށް ފައިދާ އެއްވީނަމަތާ ރަގަޅޭ ބުނެވޭނީވެސް.
ގެދޮރޭ
23 September 2025
ތައިރޮނޯމް އަޅިުގަނޑުމެންވެސް ވަރަށްގިނައިން ނަގަން. އަދި ދުވަހަކުވެސް ތިފަދަ މައްސަލައެއް ދިމާއެއްނުވޭ. އާސަންދަ ޚިދުމަތްދޭ ކޮންމެ ފާމަސީއަކުންވެސް ލިބެމުންދިޔައީ.
ނަންނު
23 September 2025
އަޅުގަނޑު ތި ބޭސް އާސަަންދައިން ނުލިބިގެން ގަންނަތާ އެއް އަހަރު ވެއްޖެ.
ކައުންސެލަރު.....
23 September 2025
ތިހިރީ މިގައުމުގެ ވިޔަފާރިވެރިންގެ ކުޅިސަމާ ފެންނަން. 90، 195 240 އެކަތި ގަތީ އެމެރިކާއިން. އަނެކަތި ގަތީ ހަނދުން. އަނެކަތި ގަތީ މާސްއަށްގޮސް އެތަނުން.
ދެރަވަރުކަންތައް
23 September 2025
ރިޕޯޓުކުރިއެކޭ ކިޔާފަ ވާ ކަމެއް އޮންނަ ކަމަކަށް ފާހަގައެއްނުވޭ. ދާދިފަހުން ވެސް ގުލޮކޯމާގެ ބަލިމީހުން ދާއިމީކޮށް ލޮލަށް އަޅަންޖެހޭ ބޭހެއް ލިބެންނެތިގެން އެންގީމާ ޖަވާބުދިނީ އެ ބޭސް އާސަންދައިގެދަށުން ލިބެންނެތްކަމަށް. މެދުކެޑުމެއްނެތި ގިނަބަޔަކު ބޭނުންކުރަންޖެހޭ އަދިއަމުދުން ލޮލަށްއަޅަންޖެހޭ ބޭހެއްލިބެންނެތި ދިޔުމަކީ އާދައިގެ ކަމެއްނޫން. އެތައްބަޔަކުގެ ލޮލުގެ ފެނުންގެއްލިދިޔުމުގެބިރުއޮތްކަމެއް. އާސަންދަ ހަމަ ހެޕީ. ދެންކޮން ޝިކާވައްޗެކޭ މިކިޔަނީ؟
ބުރަތޭރީ
22 September 2025
ތައިރޯނޯމަކީ ޑައުންސިންޑްރޯމަށް އޯޓިޒަމަށް ބޭނުންކުރާބޭހެއްނޫން. އެބޭސް ބޭސްފިހާރަތަކުން ގަނެފައިވާ އަގަށްވުރެ ކުޑައަގެއް އާސަންދައިން ބިލްކުރާނަމަ، ގެއްލުންވާގޮތަށް ބޭސްފިހާރަތަކުން ނުދީފާނެ.
ސަމްސިއްޔާ
23 September 2025
ކަލޭ ހީކުރާ ބޭހަކީ ހަމައެކަނި އެއްކަމަކަށް ބޭނުން ކުރާ އެއްޗެއް ކަމައްތަ؟؟ ކޮމެންޓް ކުރުމުގެ ކުރިން ރަނގަޅަށް ރިސާޗް ކޮށްބަލަ.
ނަންނު
23 September 2025
ތީ ބޭސް ފިހާރަތަކުން ބުނާ ވާހަކަ. އެމީހުން ގަނެގެން ފިހާރަޔާ ހަމަޔަށް ޖެހެނީ 90ރުފިޔާ އަށް ، އާސަންދަ އިން ވިއްކަން ބުނަނީ 90 ރުފިޔާ އަށް. ފައިދާ ނުވާ ގޮތަށް ކިހިނެއް ވިއްކާނީ؟