26 ސެޕްޓެމްބަރ 2025 - 22:30
ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި އިޝްތިހާރު ޕޯސްޓަރުތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ޕޯސްޓަރާއި ބެނާ ހަރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އެހެންކަމުން، ހުއްދަ ނުނަގައި ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުގަނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަދި ހުޅުމާލޭގައި ޕޯސްޓަރާއި ބެނާ ހަރުކުރަން ބޭނުންވާ ފަރާތްތަކުން އޮންނަ އުސޫލުގެ ތެރެއިން ހުއްދައަށް އެދިގެން އެ ކަން ކުރުމުގައި އެޗްޑީސީން ފުރުސަތު ދޭނެކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލޭގައި ހުއްދަ ނެތި ހަރުކޮށްފައިވާ ޕޯސްޓަރުތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ފަށާފައިމިވަނީ، އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިޝްތިހާރު ކުރުމަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން ނަގާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލި
27 September 2025
ހުޅުމާލޭގައި ހުއްދަނެތް ވަރަށް ގިނަ ކަންކަން ކޮށްފައި އެބަހުރި. ކީއްވެތޯ ހައްލު ނުކުރަނީ.
ގަވާއިދު
27 September 2025
ކުންފުނީގެ އަސްލު މަސައްކަތްތައް ބަރާބަރަށް ކުރެވޭތޯ ބަލަންވީނު ސިޔާސީ ނުވެ. ޢެޗްޑީސީން އަށް ނުފެނޭތޯ. ޢާންމު ތަންތަމުގައި ހުރި ކުނި؟ ނުފެނޭތޯ ފިހާރަތަކުން ދުވާރުމަތި ހިސޯރުކޮށްފަ އޮންނަތަން؟ ނުފެނޭތޯ މަދިރިއާލާވާގޮތައް ސައިޓުތަކުގައި ހެދިފަހުރިފެން؟
ބޭކާރު
27 September 2025
ހުޅުމާލޭގެ މަގުމަތީގައި ހުއްދަނެތި ގަރާޖު ހަދައިގެން ބާއްވާފައި އޮންނަ ވެހިކަލް ނަގާނީ ކޮން އިރަކުންބާ
ދެކޮޅުންއެއްކޮޅު
27 September 2025
އިތުރަށް އިޝްތިހާރު ކޮށްދެނީ. މިއީ އެބުނާ 6 ކުޅި ކުރިޔަށް ކުޅޭ ގޮތަކީ. މާލެ އާއި ހުޅުމާލެ ގައި ދަމާފައި ހުރި ބެނާތައް ނަގައި ކެނޑީމަ ސަރުކާރު ދެކެ ރައްޔިތުން "ލޯބި" ވާނެކަމަށްތޯ ހީކުރީ. ނޫނީ އަންނާނީ "އަމަށަކު ހިންޏެއް" ނޫންބާ؟ ދެރައީ އިދިކޮޅު މީހުން ދެމި "ގުއިރޯނުގައި" އެއްކޮޅުމީޙުން ޖެހުނީމަ. ހައް!ހައް!
ޛޖޖޖޖ
27 September 2025
އިތުރައްކުރާނެ އިޝްތިހާރެއްނެތް. 3 ވަނަ ދުވަހުގެ އެއްވުމުގައި ފެނަކަައިގެ 2.2 ބިލިއަން ކައްވާލިހޮތުގެ ހުލާސާއެއް ކިޔާލީމަ ކުރިއަށް 10 ކުޅި ކުޅެވުނީ.
ޢާރީ
26 September 2025
ތި ވެސް ހިޔާލުފާޅުކުރުމަށް ހުރަސް އެޅުން
ޖޖޖޖޖ
27 September 2025
ހިޔާލު ފާލު ކުރުމުގެ މިނިވަންކަން ދެމެހެއްޓުން، ފެނަކައިން ކޭ ފައިސާއާ ހުޅުމާލޭން ހިލޭ ނެގި ބިންތަކުގެ ބަދަލުގެ ގޮތުގައި މިލްކިއްޔާތު، މޑޕ ކޮރަޕްޓް އަތުން ނަގަން ގާނޫނު ފާސް ކުރީމަ ފެނިގެން ދާނެ.