އައިޖީއެމްއެޗްގެ ނިއުރޯސާޖަރީ ޓީމުން މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކުރަނީ.-- ފޮޓޯ: އައިޖީއެމްއެޗް
01 އޮކްޓޯބަރ 2025 - 14:55
ކުޑަކުޑަ ތަންކޮޅެއް ކަފާލައި ކެމެރާ ލައްވައިގެން ބަލަމުން ކުރާ މައިބަދައިގެ އޮޕަރޭޝަނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށް، އައިޖީއެމްއެޗަށް ބޮޑު ޝަރަފެއް ލިބިއްޖެ އެވެ.
މާ ބޮޑު ތަފްސީލެއް ނުދީ އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މައިބަދައިގެ ނާރުގެ ރޫޓު ނުކުންނަ ހިސާބުން ދެ ބަދަ ދޭތެރެއިން، ކެމެރާގެ އެހީގައި ބަލައި އެޕްރޯޗްކޮށްގެން ދިން ފަރުވާއަކީ، ރާއްޖޭގެ ނާރުގެ އޮޕަރޭޝަނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ އޮޕަރޭޝަން ކުރި ޓީމުގައި އިސްކޮށް ހުންނެވީ، ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަން، ޑރ. އަލީ ނިޔާފެވެ.
First in many to come — Our Neurosurgery Department successfully performed its first Occipito-Cervical Fusion surgery. A proud moment for the team and the hospital. pic.twitter.com/W9PCU7Xay0
— IGMH (@igmhmv) October 1, 2025
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރާ އެކު، ބޮޑެތި އޮޕަރޭޝަންތައް ކުރަން ވަނީ ފަށައިފަ އެވެ.
އެ މަސައްކަތްތަކުގެ ތެރެއިން މި ފަހުން ވަނީ އޮކްސިޕިޓޯ-ސާވިކަލް ފިއުޝަން ސާޖަރީ ވެސް ހަދައިފަ އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް މީގެ ކުރިން ވިދާޅުވީ އެންޑޮވެސްކިއުލާ ނިއުރޯ ސާޖަރީ އަދި ކާޑިއޯތޮރެސިކް ސާޖަރީ ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުލައިމާނު
01 October 2025
ޑޮކްޓަރު މޮޅެވެ. ހިތްހެޔޮއެވެ. އޯގާޔެރިއެވެ. ނަމަވެސް ރާއްޖޭގައި ފަރުވާ ހޯދުމަށްފަހު ދެން ފޮލޯ އަޕް އަކަށް ވެސް އެޕޮއިންޓްމަންޓެއް ނުލިބެއެވެ. އޮޕަރޭޝަނެއް ކުރިއްޔާ އެތަން ގޯސް ވިޔަސް ރަގަޅުވިޔަސް ދެން ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިގެން ތެޅެންވީއެވެ. ރާއްޖޭން ކުރެވޭ ފަރުވާއެކޭ އެހެންތާކުން ފަރުވާއެއް ހޯދާކަށް އާސަންދަ އެއް ނުލިބެއެވެ.
އުފާކުރަން
01 October 2025
މަރުހަބާ ޑޮކްޓަރ އަދި ޓީމު. މުޅި ހަޔާތުގަ ދިމާވި އެންމެ ރަނގަޅު ޑރ.
އަހަންމަދާ
01 October 2025
ހުޅުމާލޭގައި ބަންޕަރުތައް އެޅުމަށް ފަހު މި ފަދަ އޮޕަރޭޝަން ތައް ކުރަން ފެށުމުން ކޮންމެސް އެއްޗެއް އެބަ ހީވޭ. އާމްދަނީ އިތުރުވާނެ އަހަރެއްވަރު ތެރޭގަ
އިބޫސާލިހް
01 October 2025
ތިވެސް ޔާމިން ސަރުކާރުގަ ގާއިމުކުރި ހައިބުރިޑް ތިއޭޓަރެއްދޯ؟
މާސްމަ
01 October 2025
މެޝިނަރީ ހަމަކޮށް އޮޕަރޭޝަނަށް ތަން ޣެނައީ ރައީސް ޑރ މުއިއްޒު
ރާވެރިބެ
01 October 2025
މަރުހަބާ އައިޖީއެމްއެޗްގެ މެޑިކަލް ޓީމް! މިއީ މިރާއްޖޭގެ ދިވެހިންނަށް ކުރެވިދާނެ ވަރުގެ އޮޕަރޭޝަނެއް ކަމަށް މީގެ 40 ވަރަކަށް އަހަރު ކުރިން ހުވަފެނުގަ ވެސް ނުފެންނާނެ. ދިވެހިންގެ ތެރޭ މަދުން ނަމަވެސް ދުނިޔޭގެ ފެންވަރުގެ މޮޅު މީހުން އެބައުޅޭ. ޢޭގެތެރޭ ބައެއް ޑޮކްޓަރުން ހިމެނޭ.