ރަސްމާލެ. އެތަނުގެ މަސްޓަ ޕްލޭން ހަދަން ކޮންސަލްޓެންޓެއް ހޯދަނީ -- ފޮޓޯ: އެޗްޑީސީ
05 އޮކްޓޯބަރ 2025 - 10:05
ރަސްމާލެ ޑިޒައިންކޮށް، ޑީޓެއިލް މާސްޓަ ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައިވާ ގޮތުން، މާސްޓަ ޕްލޭންގެ ދަށުން އެ ސަރަހައްދުގެ އިކޮލޮޖިކަލް ސަސްޓެއިނަބިލިޓީ އާއި އިގްތިސާދީ މުހިއްމުކަމާއި ސޯޝަލް އިންކްލޫސިވިޓީއަށް އިސްކަން ދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި މޮޑެލްއެއްގެ ދަށުން ތަރައްގީގެ ޕްލޭން ރޭވުމަށް ހާއްސަކަމެއް ދިނުމަށް ވެސް ބުނެފައިވެ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޮވާނީ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިއުލާނުގައިވެ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންސްޓްރެސްޓް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ސަރަހައްދެއް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެ އެވެ.
ރަސްމާލެއިން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފްލެޓު ދޫކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފަ އެވެ. އެއީ 240،000 އަށްވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް އެތަނުގައި ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިހާމު
07 October 2025
އިބޫ އައް ވެރިކައް ލިބިއްޖެއްޔާ ތި ޑިޒައިން ހަލާކުކޮއްލާނެ.. ހުޅުމާލެ ވެސް އެހެދީ އެހެން
ޖނިނޖި
07 October 2025
ދެން ނަގާނީ މަގުމަތީ ހަޅޭ ލަވަން އުޅުނު ކޮންމެވެސް ސިޔާސީ މީހެއް ތޯއްޗެ
ނިޝާލްނނނނނނނ
06 October 2025
މާލެއަށްވުރެ ބޮޑު މާލެތައް މާލެކައިރީގައި ބިން ހިއްކައިގެން ހެދުމުގެ ބަދަލުގައި މާލެއާއި ދުރު ހިސާބުން ރާއްޖޭގެ 6 ސަރަޙައްދަކުންް 6 ރަށް ނަމަވެސް މާލެ ފެންވަރަށް ތަރައްޤީ ކުރުމަށް ފެނޭ. މިހާރު މިދާގޮތަށް ދާނަމަ މިރާއްޖޭގެ ވަރަށްގިނަ މީހުން ދިރިއުޅޭ ރަށްތަކާއި މަސް ކަނޑުތައް ފަޅުވެދާނެ ކަމަށް ބެލެވޭ.
ވޯލް
06 October 2025
ނަސީބެންނު ރައްހިއްކާ ގޯތިދީ މީހުން އެތާ އެލެން ފެށިމަ މާސްޓަރް ޕްލޭން ހަދަން ނޫޅުނުކަން. ކޮންމެ ވެރިޔަކުވެސް އުލެނީ މުލި އުމުރު ވެރިކަމުގައި އުޅެން. އެކަމަކު ޤާނުނު އަސާސީ ދީފައޮތް ތަރަހާގެ ތެރޭގައި ފުރިހަމައަށް 1 ދައުރު އަދާކޮށްލެވޭ ވަރުގެ ޤާބިލް 1 ރައީސްއެއްވެސް އަދި ނާދޭ.
ށަނާ
07 October 2025
ޢިބޫ ފިޔަވައި
ކޮމޮޑަސް
05 October 2025
ތިޔަ ގައުމީ ތަރައްގީއެއްގެ ޕްލޭނެއް ނިމެންދެން މައިތިރިވެބަލަ. އެ ނުނިމެނީސް ދެން ކޮން އެހެން ޕްލޭނެއް ހަދާކަށް؟ އެ ނުނިމެނީސް އުސޫލެއްގެ ގޮތުން އާ ވައުދުވުންވެސް ހުއްޓާލަން ފެނޭ. ބޭކާރު 5 އަހަރު. މިސަރުކާރުން ބަރާބަރަށް ރައްޔިތުންގެ އަތުން ޓެކުހާއި އޭތިމީތި ނަގައިގެން ކުރާހާވެސް ކަމަކީ މުސާރަ ދިނުން. އޭގެންވެސް އާދައިގެ މީހަކަށް ފައިދާއެއް ނެތް. ސިޔާސީންގެ އަދަދު ހައްދުން ނައްޓާލައިފިވިއްޔާ.
ކަނބޯލި
07 October 2025
ދަރާވިކިފަ އޮތް ރާއްޖެއެއްގަ މީހުންނަށް މުސާރަދީފަ ލޯނު ބައިބައިކޮށްގެން ބަނގުރޫޓް ނުކޮށް ހިފަހައްޓާލެވޭތީ ޝުކުރުކުރަންޖެހޭ. މިސަރުކާރު އައިއިރު މާލެ ވަށައިގެން ހިކިހުރިހާތަންތަނާ ފަޅުތަކުން މާލޭގެ ބޭފުޅުންނަށް އިންކަނޑާފަ ރަޖިސްޓްރީ އޮތީ ދީފަ. އެތަން ހިއްކާ ހަވާލުކުރުން ކޮމޮޑަސްއަކަށް ކަމަށްނުވޭ. މަސްވެރިންނަށް 1 ބިލިޔަން ދަރާފަ އޮތީމަ އެފައިސާ ދައްކާފަ ވަގުތުން ލާރިދޭ. ހުރިހާ ކުންފުނިތަކުން ބިލިޔަނުން ދެރި ބައިއަދާކުރަންޖެހޭ.ކިހިނެއްކަމެއްވާނީ.
ބޮޑުބެގެ ބެއްޔާ
05 October 2025
ތިވަރުގެ ބޮޑު މަސައްކަތަކަށް، ދިން މުއްދަތު މާ ކުރު. ރަނގަޅަށް ޓީއޯއާރ ވެސް ކިޔާނުލެވޭނެ. ހީވަނީ މީހަކު ނުވަތަ ބަޔަކު ހަމަޖައްސާފަ، ކޮންމެހެން ކުރަންޖެހޭތީ އިއުލާނު ކުރީހެން.
މިސަރުކާރު އެޅި އެންމެ ޅަ އެތި
05 October 2025
މިސަރުކާރު އެޅި އެންމެ ޅަ އެތި މީ. މީ މުއިއްޒު އަމިއްލަ ކަމެއް
ޢިބޫ
05 October 2025
ކޮންދުވަހަކުންތޯ މިހާރު ގޯތި ދީފަ ހުރިތަންތަނުގެ މަސައްކަތް ފަށަނީ؟
ސަރުކާރުގެ ސްޓޭޓް މިނިސްޓަރއެއް
05 October 2025
ބަލަ ތިޔަކަމެއްފެށީ ޕްލޭނެއް ނެތި ދޯ؟؟ ދެން ކޮންހާ ދޮގެއް އެއިރު ބިއްލޫރި ޓަނެލޭ ކިޔުއްވައިގެން ހެއްދެވީ؟؟ މިހެން ހަދާނަމަ ދޮގު ހަދާ ސަރުކާރޭ ރައްޔިތުން ގޮވާނެއެވެ.
ނާނާ
05 October 2025
އޮނަރަބްލް އަފީފު ދީދީ އައް ގޮވާލަމެވެ މަލޭސަރުކާރު ދޫކޮއްލައްވާފަ ކުރީގާވެސް އޮތް މަގޫދަނޑި ސަރުކާރާ ގުޅިވަޑައިގެން ތިހުރިހާ ޕްރޮޖެކްޓްތައް ކުރިއައް ގެންދެވުން މާރަނގަޅުވެފަ ބޭބޭފުޅުންގެ ޖީބުތައްފުރާލެވޭނެކަމުގައި ދަންނަވަމެވެ. ތިވިދާޅުވާ މާލޭސަރުކާރު މާލެއައް ދޫކޮއްލައްވާށެވެ.