އެޗްޑީސީ: އެޗްޑީސީން ކުއްޔަށް ދޫކުރާ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދޭތޯ ބަލާނެ ކަމަށް އެ ކުންފުނިން ބުނޭ --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2025 - 13:57
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދޭތޯ ބަލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއުލާން ކޮށްފައި ވަނިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް އެ ކުންފުނިން ވެސް މިއަދު ބުނެފި އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ ސޯޝަލް ހައުސިން މަޝްރޫއުން ދޫކުރި ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކުންފުނިން ބަލަމުންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައިވެ އެވެ.
ސޯޝަލް ހައުސިން މަޝްރޫއުން ދޫކުރާ ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އަބަދުވެސް ބޮޑެވެ. މިފަހަރު އެކަން ބޮޑުވީ، ހުޅުމާލޭގައި އެފްޑީސީން ތަރައްގީކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކޮށް ނުނިމެނީސް، އޭގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާން ކުރުމުންނެވެ.
އެކަމާ ގުޅިގެން އެފްޑީސީ އަދި ހައުސިން މިނިސްޓްރީން ވަނީ ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދޭ ފަރާތްތައް ބަލާނެ ކަމަށާއި އަދި އެކަން ކޮށްފައިވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ އެވެ.
އެހެންވެ، ހިޔާފްލެޓާއި އެފްޑީސީގެ ފްލެޓުތަކަށް އެގްރިމެންޓް ހަދާފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިން ފްލެޓްގެ އެއްބަސްވުމާ ހިލާފްވެގެން އެއްވެސް ފްލެޓެއް އަތުލާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމަލ
14 October 2025
އަތޮޅުތެރޭ ރަށްތަކުގަ ކުއްޔަށް ދޫކޮއްފަވާ ފުލެޓްތައް އަދި އެއްވެސް ވަރަކަށް ކުލި ނުދައްކާ ތަންތަނާމެދު އަމަލުކުރާ އުސޫލަކީ ކޮބާ؟ އަހަރަމެން މިތިބީ ކުލި ދައްކައިގެން ފުލެޓްތަކުގަ އުޅެން . އެކަމަކު ފުލެޓްދިނީ ކުއްޔަށްދޭ ކުލި ނުދައްކާ މީހުނަށް. ސަރުކާރަށް ދައްކަންޖެހޭ މަހުކުލި ނުދައްކާތާ ތަން ބޮޑުއަގުގަ ކުއްޔަށްދީގެން މިތިބެނީ. މިވެސް ކޮރަޕްޝަން ..މިއީ ބެލެންޖެހޭނެ ކަންކަން. ހައްގުތައް ގެއްލޭ މިހެންވީމަ.
ބޮޑުސިއްރު ބާއީ
14 October 2025
އެޗް.ޑީ.ސީ ގަ އުޅޭ ފްލެޓް ލިބިފައި ތިބި އެންމެން ހެން ތިބީ އެމީހުންނަށް ލިބުނު ފުލެޓް ތަށް ކުއްޔަށް ދީގެން. ބަލާބަލަ.އެހެންވެ ތިކަން ނުހުއްތވިގެން ތި އުޅެނީ....އަލާނުލާ ތިބެނީ.
ދެރަ
13 October 2025
މިދެން ޖޯކެއް، ބެލިޔަސް ފިޔަވަޅެއް ނޭޅޭނެ ކަމް ޔަގީނެއްނު
raajje
13 October 2025
ފުލެޓު ކުށްޔަށްދޭމީހުންގެ ފަހަތުންދުވުމަކީ ކަނޑުކޮސްކަމެއް، އޭގެބަދަލުގައި ފުލެޓުދިނުމުގާ ރަނގަޅަށްވެރިފައިކޮށް ހައްގުވާމީހުނަށްދިނީމާ ތިމައްސަލައިގެ ބޮޑުބައެއް ހައްލުވާނެ، މީގެއިތުރުން ޑިމާންޑާއެވަރަށް ބޯހިޔާވަހިކަން އުފެއްދީމަޔާ ބޮޑެތިރައްތަކުން ހިދުމަތްތައް ހާއްސަކޮށް ރަނގަޅުއެޑިއުކޭޝަން ލިބޭގޮތަށް ތަރަށްގީކުރީމާ މައްސަލަ އެކީހައްލުވާނެ، ފުލެޓުދޭއިރު ގެދޮރު ނުވަތަ ދިރިއުޅޭނެތަން ހުރިމީހުނަށް ދިނީމާ ދެން ފުލެޓު ކުށްޔަށްނުދީ ކުރާނީކީއް؟؟
އިހްސާސް
13 October 2025
އަހަރުން މާލެއަށް ހިޖުރަ ނުކުރަނީސް ހުޅުމާލޭގައި މީހުން އާބާދުވާން ފަށައިފި. އޭގެ މާފަހުން ފޭސް 2 ހެދީ. މިހުރިހާ ދުވަހު އެޗްޑީސީ އަށް ފުލެޓު ކުއްޔަށްދޭ މީހުން ނޭގެނީތޯ؟
އަދާލަތު
12 October 2025
ތިޔަ ނާޖާއިޒު ފައިދާތިޔަނެގެނީ އިސްކަންތައް ފަސްކޮށްފައި ފަސްކަންތައްއިސްކުރެވޭތީ. ފުރަތަމަ ބަލަންވީ މާލެފިޔަވައި ދާނެއެހެންތަނެއްނެތް މާލޭގޯތިގެދޮޜުނެތް މާލޭރަށްވެހީން. ބަލާފައި އެމީހުންނަށްވީ. ކޮންމެހެން ދަފްތަރުކިޔާއެއްޗެއްގެ ރަޖިސްޓަރީއަށްދޭކަށްނުޖެހޭ. އޮޅުވާލައިގެން ލިއުންތައްއުފައްދައިގެން ބަޔަކުފްލެޓްތަކުންމުއްސަނދިވަނީ. މިއީ ޤަސްތުގައި ސަރުކާރުތަކުންކުރުވާކަމެއް.
މުސްލިމުން
12 October 2025
ޢަޅެ އެންމެ ފަހަރަކުވެސް ނުޙައްގުން ސަރުކާރުގެވެސް، މީހެއްގެ ވެސް، މުދަލަކަށް، ބިމަކަށް، އަރައިގަތުމަކީ ޤިޔާމަތް ދުވަހުން ތިމާ ޖަވާބުދާރީވާން ޖެހޭނެކަން ވިސްނާލަމާތޯ؟ އަހަރުމެންނަކީ މުސްލިމުން.
ކުދުބެއްޔާ
12 October 2025
އެޗްޑީސީ އިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބެލިދާނެއެވެ. އެކަމަކު އެމީހުންގެއަތުން ފުލެޓެއް ނުނެގޭނެކަން ޔަގީނެވެ. ބެއްޔާގެ މިބަސް އެއްޗެއްގަ ނޯޓްކޮށްލާށެވެ.
ޓިނު
12 October 2025
އެއްކަމެއްވެސްނުވާނެ. ސަރުތުހަމަނުވާ މީހުންނަށް ގިނައިން ތިހުރިހާ ފުލެޓް ދީފަހުރީ އެކަން ނުބެލިނު ބަޔަކަށް ތިކަން ބެލޭނެތަ
ދަގަތްފާނު
12 October 2025
ކުއްޔަށްދޭނަމަ ޕޮއިންޓު ހަމަކުރިގޮތް ތަހުގީގުކުރަންވީ. ދޮގުމައުލޫމާތުދީގެން ޕޮއިންޓު ހަމަކޮށްފައިވާނަމަ ވިސާ ބާތިލުކޮށްފަ ޑިޕޯޓުކުރަންވީ ވަގުތުން.